Roadha Mihaaru
ކުއްޖަކު މަރާލުން:ދައުވާލިބޭ ކުއްޖާ ޖަލަށް ބަދަލުނުކުރި

ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލަ: ދައުވާލިބޭ ކުއްޖާ ގެއަށް ބަދަލުކުރަން ހައި ކޯޓުން ވެސް ތާއީދު

23 ފެބުރުއަރީ 2022

ހުޅުމާލޭގައި ކުޑަކުއްޖަކު ރަހީނުކޮށް މަރާލި މައްސަލާގައި ދައުވާލިބޭ 17 އަހަރުގެ ކުއްޖާ ޖަލު ބަންދުން ގޭ ބަންދަށް ބަދަލުކުރި ކުރުން ހައި ކޯޓުން ވެސް މިއަދު ދަމަހައްޓައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހުޅުމާލޭގައި ކުޑަކުއްޖަކު ރަހީނުކޮށް މަރާލި މައްސަލާގައި ދައުވާލިބޭ 17 އަހަރުގެ ކުއްޖާ ޖަލު ބަންދުން ގޭ ބަންދަށް ބަދަލުކުރި ކުރުން ހައި ކޯޓުން ވެސް މިއަދު ދަމަހައްޓައިފި އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް، މަރާލުމަށްފަހު ފޮށްޓަކަށް ލާފައި އެއްލާލާފައި އޮއްވާ ފެނުނު މައްސަލާގައި 17 އަހަރުގެ ކުއްޖާގެ މައްޗަށް ޖުވެނައިލް ކޯޓުގައި ދައުވާ ކޮށްފައި ވަނިކޮށް އެ ކޯޓުން އެ ކުއްޖާ ގޭ ބަންދަށް ބަދަލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެ ނިންމުން މުރާޖާކުރަން ދައުލަތުން އެދުމުން މިމަހު ކުރީކޮޅު ވެސް ޖުވެނައިލް ކޯޓުން ނިންމީ ކުރީގެ ނިންމުން ދެމެހެއްޓުމަށެވެ.

އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ ކުއްޖާގެ މައްޗަށް ކުރެވެނީ މީހަކު މަރުގެ ތުހުމަތެއް ކަމަށް ވިޔަސް، އަދި އޭނާގެ ފަރާތުން މުޖްތަމައުއަށް ނުރައްކަލެއް ވުމުގެ ފުރުސަތު އޮތަސް، ކުއްޖާގެ ހާލަތަށް ނުވަތަ ވަށައިގެންވާ ކަންކަމަށް ބެލުމަށްފަހު ކުއްޖާގެ ގޭ ބަންދަށް ބަދަލު ކުރެވިދާނެ ކަމަށެވެ. އަދި ކުޑަކުދިންގެ އަދުލުގެ ގާނޫނުން ވެސް އެކަމަށް ހުރަހެއް ނެތް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

"އިސްވެ ބުނެވިދިޔަ ހާލަތްތައް ނުވަތަ ހާލަތެއް އޮތުމަކީ ކުޑަކުއްޖަކު ބަންދު ކުރުން ލާޒިމްކުރާ ކަމެއް ނޫނެވެ. އެ ހާލަތްތަކުގައި ވެސް ކުޑަކުއްޖަކު ބަންދު ކުރަންވާނީ މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިއާޔަތްކޮށް، ބަންދު ކުރުން ނޫން ގޮތެއް ނެތިގެން.." ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން އެ ކުއްޖާއަކީ މިހާރު ކޯހެއްގައި ބައިވެރިވެގެން ކިޔަވާ ކުއްޖެކެވެ. އަދި ގޭ ބަންދުގައި މިހާތަނަށް ހޭދަކުރި މުއްދަތުގައި ވެސް ގޯސްކަމެއް އޭނާގެ ފަރާތުން ފެނިފައިނުވާތީ އޭނާ ޖަލު ބަންދަށް ގެންދަންޖެހޭ ސަބަބެއް ނެތް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.