ހުޅުމާލޭގައި މިދިޔަ އަހަރު 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލާގައި ދައުވާލިބޭ 17 އަހަރުގެ ކުއްޖާ ގޭ ބަންދަށް ބަދަލުކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
16 މާޗް 2022
ހުޅުމާލޭގައި މިދިޔަ އަހަރު 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލާގައި ދައުވާލިބޭ 17 އަހަރުގެ ކުއްޖާ ގޭ ބަންދަށް ބަދަލުކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މިދިޔަ އަހަރުގެ ޖޫން މަހު 13 އަހަރުގެ ކުއްޖަކު މަރާލުމަށްފަހު ފޮށްޓަކަށް ލާފައި އެއްލާލާފައި އޮއްވާ ފެނުނު މައްސަލާގައި ދައުވާލިބޭ ކުއްޖާ ގޭ ބަންދަށް ބަދަލުކުރަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޖުވެނައިލް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން ވެސް ތާއީދުކުރި އެވެ.
އެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ކުއްޖާގެ ހާލަތަށް ރިއާޔަތް ކުރުމަށްފަހު ގޭ ބަންދު ކުރަން އެންގުމުގެ ބާރު ފަނޑިޔާރަށް އޮތަސް، އެއީ އެއްވެސް ގައިދެއް ނެތި އޮންނަ ބާރެއް ނޫން ކަމަށެވެ. އަދި ކުއްޖާ ބަންދު ކުރާނެ ތަނެއް ނިންމަން ޖެހޭނީ ވަށައިގެންވާ ހުރިހާ ކަމަކަށް ބެލުމަށްފަހު ކަމަށް އެ ހުކުމުގައިވެ އެވެ.
ހައި ކޯޓުން އެ ކުއްޖާ ގޭ ބަންދު ކުރުން ރަނގަޅު ކަމަށް ނިންމި އެއް ސަބަބަކީ އެ ކުއްޖާއަކީ ކޯހެއްގައި ބައިވެރިވެގެން ކިޔަވާ ކުއްޖަކަށް ވާތީ އާއި ޖުވެނައިލް ޖަސްޓިސް ޑިޕާޓްމެންޓްގެ މަސައްކަތްތަކަށް އެއްބާރުން ދޭތީ އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ އެކަންކަމަށް އެކަނި ބެލުމުން ނުފުދޭ ކަމަށެވެ. އެއީ އެ ކުއްޖާ ގޭ ބަންދުގައި ހުރުމުން ޖުވެނައިލް ޖަސްޓިސް ޑިޕާޓްމެންޓުން ކަންބޮޑުވުން ފާޅު ކުރުމާއި އެ ކުއްޖާއަށް އެ ކުށުގެ އިހްސާސް ނުވާ ކަމަށް އެ ޑިޕާޓްމެންޓުން ބުނެފައިވާތީ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ އެ ކުއްޖާ ގެއަށް ބަދަލުކުރި ކުރުން ރަނގަޅު ކަމަށް ހައި ކޯޓުން ނިންމީ އެފަދަ މައްސަލަތަކުގައި ބަލަންޖެހޭ ކަންކަމަށް އެކަށީގެންވާ ގޮތެއްގައި ރިއާޔަތް ކުރުމަށްފަހު ނޫން ކަމަށްވާތީ އެ ނިންމުން ބާތިލްކުރާ ކަމަށެވެ. އެކަަމަކު އެ ކުއްޖާ ގޭ ބަންދަށް ބަދަލު ކުރަން ޖުވެނައިލް ކޯޓުން ނެރުނު އަމުރުގެ މުއްދަތު މިހާރު ހަމަވެފަ އަދި އެ ކުއްޖާ ގޭ ބަންދު ކުރުމުގެ އިިތުރު އަމުރުތަކެއް މިހާރު ނެރެފައިވާތީ ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ޖުވެނައިލް ކޯޓުގެ އަމުރު މިހާރު ބާތިލް ކުރެވެން ނެތް ކަމަށެވެ.
ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އަލީ ރަޝީދެވެ.
އެ ކުއްޖާގެ މަރާ ގުޅިގެން އިތުރު މީހަކަށް ވެސް ކްރިމިނަލް ކޯޓުގައި ދައުލަތުން ދައުވާކުރެ އެވެ.
ފޯނު ބަލަން އަމުރުނުދޭ މައްސަލަ އިސްތިއުނާފެއް ނުކުރާނެ
އަނަސް މަރާލި ކުޑަކުއްޖާ 18 އަހަރަށް ޖަލަށް
މަރުގެ ދައުވާލިބޭ ކުއްޖާ ގޭގައި ހުރުމުގައި ގޯހެއް ނެތް
މަރުގެ ތުހުމަތުވާ ކުއްޖާ ގޭގައި ހުރުމުން ސުޕްރީމްކޯޓަށް
މަރުގެ ދައުވާލިބޭ ކުއްޖާގެ ގޭ ބަންދު ދަމަހައްޓައިފި
ކުއްޖަކު މަރާލުން:ދައުވާލިބޭ ކުއްޖާ ޖަލަށް ބަދަލުނުކުރި
އައްޔުބެގެ މަރުގައި ބައިވެރިވި ކުއްޖަކު އިސްތިއުނާފަށް
ނަޒާހާގެ މައްސަލާގެ ހުކުމް މިމަހު އިއްވަނީ
ލަމްހާ ދޫކޮށްލި މައްސަލަ ނުބެލީ ގޯސްކޮށް:ސުޕްރީމް ކޯޓް
ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓަށް