Roadha Mihaaru
ވޮކޭޝަނަލް ދާއިރާތަކުން 350 ދަރިވަރުން ތަމްރީނުކުރަނީ

ވޮކޭޝަނަލް ދާއިރާތަކުން 350 ދަރިވަރުން ތަމްރީނުކުރަން ބަޔަކާ ހަވާލުކޮށްފި

24 ފެބުރުއަރީ 2022

ކޮވިޑްގެ ހާލަތުން ރާއްޖެ އަރައިގަނެ އިގްތިސާދު އަލުން ކުރިއަރުވަން ޒުވާނުންނަށް ހާއްސަކޮށްގެން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހިންގަމުން އަންނަ "ސްކިލްސް ފޯ އަ ރެޒެލިއެންޓް ވޯކްފޯސް" ޕްރޮގްރާމްގެ ދަށުން ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާއިން 11 ކޯހަކުން 350 ދަރިވަރުން ތަމްރީނުކުރުމަށް އަމިއްލަ ތިން ފަރާތަކާ މިއަދު ހަވާލުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކޯސްތައް ހިންގުން ހަވާލުކޮށްފައި ވަނީ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އަދި މޯލްޑިވްސް މެރިޓައިމް އެކަޑެމީއާ އެވެ.

ވޮކޭޝަނަލް ދާއިރާތަކުން 350 ދަރިވަރުން ތަމްރީނުކުރުމަށް އަމިއްލަ ތިން ފަރާތަކާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ހަޔަ އެޑިއުކޭޝަން

ވޮކޭޝަނަލް ދާއިރާތަކުން 350 ދަރިވަރުން ތަމްރީނުކުރުމަށް އަމިއްލަ ތިން ފަރާތަކާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ހަޔަ އެޑިއުކޭޝަން

ވާދަވެރި ވަޒީފާގެ ބާޒާރެއް އުފައްދައި ބިދޭސީ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ އެ ޕްރޮގްރާމްގެ ދަށުން ކޯސްތައް ހިންގަން ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ދަނޑުވެރިކަމާއި އައިޓީ އާއި ފަތުރުވެރިކަމާއި އަދި އިމާރާތްކުރުމުގެ ދާއިރާއިން ވެސް ގައުމީ ސަނަދު ލެވެލް ތިނެއްގެ ކޯސްތައް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެ ރަސްމިއްޔާތުގައި ވިދާޅުވީ މީހުން ބިނާކުރުމުގެ މަސައްކަތަކީ ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރިއަށް ގެންދާ ކަމެއް ކަމަށާއި ގައުމު ކުރިއަރާނީ ހުނަރުވެރި އަދި ފަންނުވެރި ޖީލެއް ބިނާވެގެން ކަމަށެވެ.

"އަޅުގަނޑު އުއްމީދުކުރަން އަޅުގަނޑުމެންގެ ތާވަލާއި އެއްގޮތަސް ކުރިއަށް ގޮސް 350 ޒުވާނުން ވަޒީފާގެ ބާޒާރަށް ނެރުމުގެ އުފާވެރި ހަފުލާ ތާވަލާ އެކީގައި ކުރިއަށްދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

އެ ޕްރޮގްރާމްގެ ދަށުން އިތުރުން 35 ކޯހެއް ހިންގަން ވެސް ހަޔަ އެޑިއުކޭޝަނުން އިއުލާންކޮށްފައިވެ އެވެ. މިދިޔަ އަހަރު 14 ކޯހެއް ހިންގަން އަމިއްލަ ހަތަރު ފަރާތަކާ ހަވާލުކޮށް 565 ދަރިވަރުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ވެސް އެބަ ކުރެ އެވެ. އޭގެ ތެރެއިން މިހާތަނަށް 83 ދަރިވަރަކު ވަނީ ދަސްވެނިވެފަ އެވެ.