މަތީ ސާނަވީ އަށް ވޮކޭޝަނަލް ތައުލީމު ދިނުމަށް ހާއްސަކުރި ފުރަތަމަ ސްކޫލު، 60 ދަރިވަރުންނާ އެކު މިއަދު ހުޅުވައިފި އެވެ.
27 ނޮވެމްބަރ 2025
މަތީ ސާނަވީ އަށް ވޮކޭޝަނަލް ތައުލީމު ދިނުމަށް ހާއްސަކުރި ފުރަތަމަ ސްކޫލު، 60 ދަރިވަރުންނާ އެކު މިއަދު ހުޅުވައިފި އެވެ.
ޕޮލިޓެކްނިކްގައި ގާއިމްކުރި ސްކޫލު ހުޅުއްވައި ދެއްވީ، އެ ތަނުގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.
އެ ސްކޫލުން ޖާގަ ދީފައިވަނީ މިދިޔަ އަހަރު ނުވަތަ މި އަހަރުގެ ދިރާސީ އަހަރު ގްރޭޑް 10 ފުރިހަމަކޮށް، މިދިޔަ އަހަރުގެ ޑިސެމްބަރު 31 އަށް އުމުރުން 18 އަހަރު ނުފުރޭ ކުދިންނަށެވެ.
ވޮކޭޝަނަލް ތަމްރީނަށް ހާއްސަކޮށްފައިވާ ސްކޫލު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ހުޅުވައިދެއްވަނީ-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ވޮކޭޝަނަލް ހައި ސްކޫލުން ކިޔަވުން ނިންމާ ދަރިވަރުންނަށް، ޔުނިވާސިޓީތަކުގައި ޑިޕްލޮމާ އަދި ޑިގްރީ ފެންވަރުގެ ކޯސްތަކުގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި ކޯސް ނިންމުމަށް ފަހު ވަޒީފާ އަށް ދިއުމަށް އިހުތިޔާރުކުރާ ދަރިވަރުންނަށް، އެ ފުރުސަތު ވެސް ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ ސްކޫލުގައި ފުރަތަމަ ކިޔަވައިދޭނީ ފަސް ޕްރޮގްރާމެވެ. އެއް ދަންފަޅިއަށް ކުރިއަށް ގެންދާ ވޮކޭޝަނަލް ހައި ސްކޫލުގައި އިސްލާމް އަދި ދިވެހި މާއްދާ ވެސް ކިޔަވައިދޭނެ އެވެ. އެ ޕްރޮގްރާމްތަކާއި މާއްދާތަކުން އޭ ސްޓާ ހޯދައިގެން ރައީސްގެ ސްކޮލަޝިޕް ހޯދުމުގެ ފުރުސަތު ފަހިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިސްމާއިލް ވިދާޅުވީ ދަރިވަރުންނަށް މީގެ ކުރިން ފަހިކޮށްދީފައި އޮތީ އެކަޑެމިކް ޕާތުވޭ އެކަނި ކަމަށެވެ. އޭގެ ސަބަބުން، ނަތީޖާ ދަށް ކުދިންނަށް ސްކޫލު މާހައުލެއްގައި ކުރިއަށް ދިއުމަށް ދަތިވާކަން ފާހަގަކުރެއްވި އެވެ.
ވޮކޭޝަނަލް ތަމްރީނަށް ހާއްސަކޮށްފައިވާ ސްކޫލު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލުގެ ދަރިވަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
އެއާ ހިލާފަށް، ވޮކޭޝަނަލް ވާތުވޭ ފަހިކޮށްދިނުމުން، އެ ދަރިވަރަކު ބޭނުންވާ ރޮނގަކުން މަތީ ތައުލީމް ހާސިލްކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
މާލޭގައި ހުޅުވި ވޮކޭޝަނަލް ސްކޫލަށް ފަހު، ރަށްރަށަށް އެ ތައުލީމް ފުޅާކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރެއިން، ތައުލީމް ފުޅާކުރުމުގެ ފުރަތަމަ މަރުހަލާގައި ރ. އަލިފުށީގައި އެ ތަމްރީނަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށާއި އޭރުން އެ ތަނުން ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން ހިފައިގެން ކިޔައިދޭނެ ކަމަށް ވިދާޅުވި އެވެ.
ޔުނިފޯމު 2027ގައި ބަދަލުވާ ގޮތުގެ ނަމޫނާ ފޮނުވައިފި
ވޮކޭޝަނަލް ތަމްރީނަށް މަތީ ސާނަވީ ސްކޫލެއް ހުޅުވަނީ
"އެޗްއެސްސީ ޕޭޕަރުގެ ދޭހަ އެއްގޮތްވީ އިއްތިފާގަކުން"
"އެކްޓިވިޓީ ކަލަންޑަރު" ހެދުމުގެ ކުރިން ހިޔާލު ހޯދަނީ
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ
އާ އުސޫލުގައި ގްރޭޑް 9އިން ފެށިގެން ތުނބުޅި ބެހެއްޓޭ
ސްކޫލު ރަސްމީ ޔުނީފޯމް 2027އިން ފެށިގެން ބަދަލުވަނީ
15 އަހަރަށް ފަހު ދަރިވަރުން ކޭމްޕަށް ދާނެ ތަނެއް
އޭއައިއިން ކިޔަވައިދޭން ޓީޗަރުން ތަމްރީނުކުރަނީ
ދިރާސީ އަހަރު ދަރިވަރުން ނުކުންނާނީ އޭސީ ކްލާސްތަކަށް