އެފްއޭއެމްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އަންހެން ފުޓްބޯޅައިގެ ބައިނަލްއަގުވާމީ މެޗްތަކުގެ ސީރީޒްގެ ފަހު މެޗުގައި މިރޭ ސައުދީ އަރަބިއާއިން ރާއްޖޭގެ މައްޗަށް 2-0 ން ކާމިޔާބު ހޯދައިފި އެވެ.
އެފްއޭއެމްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އަންހެން ފުޓްބޯޅައިގެ ބައިނަލްއަގުވާމީ މެޗްތަކުގެ ސީރީޒްގެ ފަހު މެޗުގައި މިރޭ ސައުދީ އަރަބިއާއިން ރާއްޖޭގެ މައްޗަށް 2-0 ން ކާމިޔާބު ހޯދައިފި އެވެ.
މި ސީރީޒްގެ ފުރަތަމަ ދެ މެޗުގެ ގޮތުގައި ސީޝެލްސް އާއި ރާއްޖެ ދެފަހަރު ބައްދަލު ކުރިނަމަވެސް، ސައުދީން ކޮންމެ ޓީމަކާ ދެކޮޅަށް ކުޅުނީ އެއް މެޗެވެ. ސައުދީން އަންހެން ފުޓްބޯޅަ ޓީމެއް އެކުލަވައިލައިގެން ފުރަތަމަ ކުޅުނު އިންޓަނޭޝަނަލް މެޗްގައި ރާއްޖޭގެ ދަނޑުގައި ސީޝެލްސްގެ މައްޗަށް ކާމިޔާބު ހޯދީ ވެސް 2-0 ންނެވެ. ސައުދީން ކުޅުނު އެ މެޗަށް ދުނިޔޭގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ ވެސް ތައުރީފް ކުރި އެވެ.
ރާއްޖެ އާއި ސައުދީ މިރޭ ކުޅުނު މެޗުގެ ތެރެއިން: ސައުދީން މެޗް ކާމިޔާބު ކުރީ 2-0 ން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސީޝެލްސް އާއި ސައުދީ ކުޅުނު މެޗްގެ ފޮޓޯ ނެގުމުގެ ހައްދަ ރާއްޖޭގެ މީޑިއާތަކަށް ނުދިން ނަމަވެސް މިރޭ ރާއްޖެ އާއި ސައުދީ ކުޅުނު މެޗްގެ ފޮޓޯ ނެގުމުގެ ހުއްދަ ވަކި ޝަރުތުތަކާ އެކު އެފްއޭއެމުން ވަނީ މީޑީއާތަކަށް ދީފަ އެވެ. އެފްއޭއެމުން މިއަދު ހަވީރު ވަނީ ފޮޓޯ ނުނެގޭނެ ސައުދީ ކުޅުންތެރިންގެ ލިސްޓެއް އާންމުކޮށްފަ އެވެ. ފޮޓޯ ނުނެގޭނެ ކަމަށް ޖަހާފައި ވަނީ ސައުދީގެ ބަދަލު ކީޕަރު މުނާ އަބްދުރަހްމާން އާއި ޑިފެންޑަރު ލީން މުހައްމަދު އެވެ. އެ ޓީމުގެ ފަސް ކުޅުންތެރިޔަކު މާސްކު އަޅައިގެން ހުއްޓާ ފޮޓޯ ނެގުމުގައި އިއުތިރާޒް ނުކުރާ ކަމަށް ވެސް ލިސްޓްގައި ވެއެވެ.
މިރޭ ރާއްޖެކޮޅަށް ސައުދީގެ ދެ ލަނޑު ވެސް ޖެހީ އަލް ބަންދާރީ އެވެ. މުބާރަކް އެވެ. ސީޝެލްސް ކޮޅަށް އޭނާ ޖެހި ލަނޑާއެކު އޭނާ ވެފައި ވަނީ ސައުދީގެ އަންހެން ފުޓްބޯޅައިގެ ތާރީހްގައި އިންޓަނޭޝަނަލް މެޗެއްގައި ގައުމީ ޓީމަށް އެންމެ ފުރަތަމަ ލަނޑު ޖެހި ކުޅުންތެރިޔާ އަށެވެ. މިރޭގެ މެޗުގައި ފުރަތަމަ ލަނޑު އޭނާ ޖެހީ 62 ވަނަ މިނެޓްގަ އެވެ. ދެވަނަ ލަނޑު ޖެހީ 82 ވަނަ މިނެޓްގަ އެވެ.
ސައުދީ އަންހެން ޓީމުގެ މެޗުގެ ފޮޓޯ/ވީޑިއޯ ނެގުން މަނާ
ސައުދީން ރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ދީފި
މިފަހަރު ކުޑަކުދިން ހައްޖަށް ގެންދިއުން މަނާ
އަރަބި ބަހުގެ މައުހަދެއް ސައުދީން ރާއްޖޭގައި އަޅައިދެނީ
ދިވެހި ހައްޖުވެރިންގެ ދަތުރުތައް ގައުމީ އެއާލައިނުން
ޓްރަމްޕުގެ ޣައްޒާ ޕްލޭނާ ގުޅޭ ސަމިޓެއް ސައޫދީގައި
ވޯލްޑްކަޕްގައިވެސް ބަނގުރާ ހުއްދައެއް ނުދޭނަން: ސައުދީ
ޕުޓިން އާއި ޓްރަމްޕު ސައޫދީގައި ބައްދަލުކުރައްވަނީ
"ނަތަންޔާހޫ އަށް ފެންނަނީ އަވާމެންދުރެއް"
އުލިގަމުގައި ކަދުރު ގެންދާނެ ބަޔަކު ނުވި