Roadha Mihaaru
61 ކިލޯގެ ޑްރަގް:ހުރުމަތް ކެނޑި ތިން މީހަކު ޖަލަށް

61 ކިލޯގެ ޑްރަގްގެ މައްސަލަ: ކޯޓުގެ ހުރުމަތް ކެނޑުމުން ތިން މީހަކު ޖަލަށް

01 މާޗް 2022

ރާއްޖެ އެތެރެކުރި 61 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ތެރެއިން ތިން މީހަކު ކޯޓުގެ ހުރުމަތް ކެނޑުމުން 15 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެ އެތެރެކުރި 61 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ތެރެއިން ތިން މީހަކު ކޯޓުގެ ހުރުމަތް ކެނޑުމުން 15 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މާޗް 2020 ގައި މަސް ދޯންޏެއްގައި ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން 11 މީހަކަށް ދައުވާ ކުރެ އެވެ.

އެއީ މ. މުލި ހުދުފިނިފެންމާގޭ މުހައްމަދު ނަޝީދާއި މ. ކެޕްރިކޯން ސައުދުﷲ ރަޝީދާއި މއ. ބޯޅަކިންކިރިމާގޭ އަބްދުﷲ ޝާމާއި މއ. ބޮއިލިންފިޝް އަހުމަދު ވިސާމާއި ގދ. ރަތަފަންދޫ ގުލްތަސްދާގޭ މުހައްމަދު ހަމީދު އަދި މއ. ވިރާހް، މުހައްމަދު ޝާމިނާއި ހުޅުމާލޭ ފްލެޓް ނަމްބަރު 06-ޖީ-04 އަހުމަދު ޝިފާޒާއި މ. މުލީ ސޯސަންވިލާ ހުސައިން ސުނާނާއި އެ ރަށު މުޝްތަރީގޭ، މުހައްމަދު ރިލްވާނާއި މ. ކޮޅުފުށީ އޯޝަންވިއު މުހައްމަދު މާއިދެވެ.

އޭގެ ތެރެއިން ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ޖަލަށްލާން ހުކުމްކުރީ ނަޝީދާއި ޝާމް އަދި ސައުދުﷲ ގެ މައްޗަށެވެ. އެ ތިން މީހުން ޖަލަށްލާން ހުކުމްކުރީ އިއްޔެ ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލުންނާ ދިމާއަށް ހުތުރު އެއްޗެހި ގޮވައި، އަޑުގަދަކޮށް، ކޯޓުގެ ހުއްދަ ނެތި ވީޑިއޯ ކޮންފަރެންސް މާލަމުން ނުކުމެގެން ގޮސްފައި ވާތީ ކަމަށް ހުކުމުގައި ވެ އެވެ.

އެ މައްސަލައިގައި 11 މީހުންގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކުރާއިރު، ވިސާމާއި ޝާމިންގެ މައްޗަށް އަދުލު އިންސާފު ގާއިމް ކުރުމުގެ ދައުވާއެއް ކުރެ އެވެ. ނަޝީދުގެ މައްޗަށް ކުރަނީ ކުޑަކަމުދާތަކެތި ދޭން އިންކާރު ކުރުމާއި ކެނަބިސް ބޭނުން ކުރުމުގެ ދައުވާ އެވެ.