Roadha Mihaaru
ދެ ކިލޯ ޑްރަގް: ހައްޔަރުކުރި ދެ ދިވެހިން ދޫކޮށްލައިފި

ދެ ކިލޯ ޑްރަގް މައްސަލާގައި ހައްޔަރުކުރި ދެ ދިވެހިން ދޫކޮށްލައިފި

20 އެޕްރީލް 2023

ބިދޭސީއަކު އެތެރެކުރި ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ދެ ދިވެހިން ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބިދޭސީއަކު އެތެރެކުރި ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ދެ ދިވެހިން ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލައިފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބްރެޒިލްގެ މަގުން ސްވިޒަލެންޑް މީހަކު ރާއްޖެ ގެނައި ދެ ކިލޯއަށް ވުރެ ގިނަ ކޮކެއިންގެ މައްސަލާގައި ދެ ދިވެއްސަކު ހައްޔަރުކުރީ އެ ތަކެއްޗާ ހަވާލުވާން ދިޔަކަމުގެ ތުހުމަތުގަ އެވެ. އޭގެ ތެރެއިން އެކަކު ކުރިން ދޫކޮށްލުމުން އޭނާ އަލުން ބަންދުކުރަން ހައި ކޯޓުން ވެސް އަމުރުކުރި އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު އެ ދެ މީހުން ދޫކޮށްލަން އަމުރުކުރީ ތުހުމަތު ކުރެވޭ ވަރުގެ ހެކި ހުއްޓަސް، އެ މީހުންގެ ފަރާތުން މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށް ނިންމުމަށް ފަހު އެވެ. އެ ދެ މީހުން ވެސް ދޫކޮށްލީ ޝަރުތުތަކަކާ އެކު އެވެ.

ކޯޓު އަމުރުގައިވަނީ ކުށެއްގެ ތުހުމަތުގައި މީހަކު ބަންދު ކުރަނީ އަދަބެއް ދިނުމުގެ ގޮތުން ނޫން ކަމަށެވެ. އަދި ތުހުމަތެއްގައި މީހަކު ބަންދު ކުރާއިރު މުޖްތަމައުގެ ހައްގާއި ފަރުދުންގެ ހައްގުތައް އެ މިންގަނޑަކުން ވަޒަން ކުރަން ޖެހޭނެ ކަމަށް އެ އަމުރުގައިވެ އެވެ.

ޝަރުތު ކޮށްފައި ބަންދު ދޫކުރާއިރު، މުޖްތަމައަށް ނުރައްކާ ކުޑަކުރެވޭނެ ގޮތަށް އަމަލު ކުރެވޭނެ ކުރެވޭނެ ކަމަށާއި އެގޮތަށް އެ މައްސަލާގައި ވެސް އެ ދެ މީހުންގެ މައްޗަށް ގިނަ ޝަރުތު ކޮށްފައިވާ ކަމަށް އެ އަމުރުގައިވެ އެވެ. އެކަމަކު ޝަރުތުތަކުގެ ތަފްސީލެއް ސާފެއް ނުވެ އެވެ.