Roadha Mihaaru
ހައި ކޯޓުގެ އަމުރު ސަސްޕެންޑްކުރި މައްސަލަ ބަލަނީ

ހައި ކޯޓުގެ އަމުރު ސަސްޕެންޑްކުރި މެޖިސްޓްރޭޓްގެ މައްސަލަ ބަލަނީ

03 މާޗް 2022

ހައި ކޯޓުގެ އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ހައި ކޯޓުގެ އަމުރު ސަސްޕެންޑް ކުރުމަށްފަހު އެ މީހާ ދޫކޮށްލަން އަމުރު ނެރުއްވި މެޖިސްޓްރޭޓްގެ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހައި ކޯޓުގެ އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ހައި ކޯޓުގެ އަމުރު ސަސްޕެންޑް ކުރުމަށްފަހު އެ މީހާ ދޫކޮށްލަން އަމުރު ނެރުއްވި މެޖިސްޓްރޭޓްގެ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ނިންމައިފި އެވެ.

ކަނޑުމަގުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރުމުގެ ދައުވާލިބޭ މީހަކު ހައި ކޯޓުގެ އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ސ. ހިތަދޫ ކޯޓުން އެ އަމުރު ސަސްޕެންޑްކޮށް، އެ މީހާ ދޫކޮށްލަން އަމުރު ނެރުއްވީ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދެވެ. އަދި އެ ނިންމުން ދިފާއުކޮށް، އެ ކޯޓުން ނޫސް ބަޔާނެއް ވެސް ނެރުނެވެ.

ޖޭއެސްސީން ބުނީ ރަފީއުއްދީންގެ މައްސަލަ ބަލަން ނިންމީ ބަންދާ މެދު ގޮތެއް ނިންމުމާއި ނޫސް ބަޔާން ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް އަމަލު ކޮށްފައިވާ ކަމަށް ބެލެވޭތީ ކަމަށެވެ. އެ މައްސަލަ ބެލުމަށް ތަހުގީގު ކޮމެޓީއެއް މިހާރު ވަނީ އެކުލަވާލައިފަ އެވެ.

އެ މައްސަލަ ފެންމަތިވި ފަހުން ހައި ކޯޓުން މިދިޔަ އަންގާރަ ދުވަހު އެފަދަ އެހެން މައްސަލައެއްގައި ނިންމާފައިވަނީ މަތީ ކޯޓުގެ އަމުރެއްގެ ދަށުން މީހަކު ބަންދު ކުރިޔަސް، ހާލަތަށް އަންނަ ބަދަލާ ގުޅިގެން ދަށު ކޯޓަށް އެ މީހަކު ދޫކޮށްލެވިދާނެ ކަމަށެވެ.