މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ އެންމެ މަގުބޫލު އެއް ލަވަ ކަމަށްވާ "ޝޭޕް އޮފް ޔޫ" އަކީ ލަވަތަކެއްގެ ކޮޕީއެއް ކަމަށް ބުނެ އަނެއްކާ ވެސް އެ މައްސަލަ ކޯޓަކަށް ހުށަހަޅައިފި އެވެ.
05 މާޗް 2022
މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ އެންމެ މަގުބޫލު އެއް ލަވަ ކަމަށްވާ "ޝޭޕް އޮފް ޔޫ" އަކީ ލަވަތަކެއްގެ ކޮޕީއެއް ކަމަށް ބުނެ އަނެއްކާ ވެސް އެ މައްސަލަ ކޯޓަކަށް ހުށަހަޅައިފި އެވެ.
ސޭމީ ޗޯކްރީ އާއި ރޮސް އޮޑޯނައިޔޫ ކިޔާ ދެ މީހަކު ހުށަހެޅި އެ މައްސަލައިގައި ބުނެފައިވަނީ އެޑް 2017 ވަނަ އަހަރު ނެރުނު "ޝޭޕް އޮފް ޔޫ" އަކީ އެ ދެ މީހުން ލިޔުނު ލަވައެއް ކޮޕީކޮށްގެން ހަދާފައިވާ ލަވައެއް ކަމަށެވެ. "އޯ ވައި" ނަމަކަށް ކިޔާ ލަވައިގެ އެކި ކަޑިތައް އެޑް ކޮޕީކޮށްފައި ކަމަށް އެމީހުން ބުނެ އެވެ.
އެ މައްސަލައަކީ 2018 ވަނަ އަހަރު ވެސް ކޯޓަށް ހުށަހެޅުމުން އެކި ސަބަބުތަކާ ހުރެ ކުރިއަށް ނުގޮސް އޮތް މައްސަލައެކެވެ. އެ މައްސަލަ އިއްޔެ އަލުން ކޯޓުގައި ބަލަން ފަށާއިރު އަޑުއެހުންތައް ކުރިއަށް އޮތް ތިން ހަފުތާ އަށް ކުރިއަށްދާނެ އެވެ.
"ޝޭޕް އޮފް ޔޫ" އަކީ މުޅި ދުނިޔޭގައި ބޮޑު ހިޓަކަށް ވެފައިވާއިރު، އެ ލަވަ އަކީ 2017 ވަނަ އަހަރުގެ ވެސް އެންމެ ހިޓު ލަވަ އެވެ. އަދި އެ ލަވައަކީ ސްޕޮޓިފައިގެ ތާރީހުގައި ވެސް މިހާތަނަށް އެންމެ ގިނަ މީހުން ސްޓްރީމް ކޮށްފައިވާ ލަވަ އެވެ.
އެޑް ޝީރަންއަށް އަންހެން ކުއްޖަކު ލިބިއްޖެ
ޝީރަން ލަވަ ކޮޕީ ނުކުރާ ކަމަށް ނިންމައިފި
ރިލީޒްނުކުރާ ލަވައެއް އޮޅިގެން ޝަރީއަތުގައި ޖެހިއްޖެ
"މޮޑަން ލަވް" ގެ އިންޑިއާ ވާޝަނެއް ގެނެސްދެނީ
ހެރީގެ ކައިވެނީގައި "ސްޕައިސް ގާލްސް" ނުކުޅޭނެ
ނެޓްފްލިކްސް އިން ވޯނާ ބްރަދާޒް އާއި އެޗްބީއޯ ގަންނަނީ
ސްކުއިޑް ގޭމް އެމެރިކާ ޑައިރެކްޓްކުރަނީ ޑޭވިޑް ފިންޗާ
ތަރިންނާއެކު އިންޑިއާގައި އަނެއްކާވެސް ބޮޑު ކައިވެންޏެއް
"ހަންގާ ގޭމްސް"ގެ އާ ފިލްމު އަންނަ އަހަރު ގެނެސްދެނީ
ލައިވް އެކްޝަން "މޮއާނާ"ގެ ޓީޒާއެއް އާންމުކޮށްފި