Roadha Mihaaru
ގްރީން ބަލިކޮށް ސަސްއިން ލީގުގެ ފުރަތަމަ މޮޅު ހޯދައިފި

ގްރީން ބަލިކޮށް ސަސްއިން ލީގުގެ ފުރަތަމަ މޮޅު ހޯދައިފި

05 މާޗް 2022

ކްލަބް ގްރީން ސްޓްރީޓްސްގެ މައްޗަށް 1-0 ން ކާމިޔާބު ހޯދައި، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ދިވެހި ޕްރިމިއާ ލީގުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.

ކްލަބް ގްރީން ސްޓްރީޓްސްގެ މައްޗަށް 1-0 ން ކާމިޔާބު ހޯދައި، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ދިވެހި ޕްރިމިއާ ލީގުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.

ކުރިން ކުޅުނު ތިން މެޗުން ވެސް ބަލިވެ ސަސް އޮތީ ތާވަލުގެ އެންމެ ފުލުގަ އެވެ. މިރޭގެ މެޗާ ހަމައަށްޕޮއިންޓެއް ވެސް ނުލިބި އޮތް ޓީމަކީ އެޓީމު އެކަންޏެވެ.

ސަސްގެ ލަނޑު މެޗުގެ 20 ވަނަ މިނެޓްގައި ޖެހީ އިބްރާހިމް އަތީގް ހަސަން (އިއްބެ) އެވެ. އެޓީމަށް ލިބުނު ކޯނަރު މުހައްމަދު ޝަހާއު (ބޭލް) ނެގުމުން ގްރީންގެ ކުޅުންތެރިނން ބޯޅަ ދިފާއު ކުރުމުން ރީބައުންސްވި ބޯޅަ ލިބުނީ ސަސްގެ ޔަޝްފާދު ހަބީބު (މުލަކޭ) އަށެވެ. މުލަކޭ އޭރިއާ ބޭރުގައި ހުރެފައި ފޮނުވައިލި ބޯޅަ ލިބުނީ އިތީގް އަށެވެ. އޭނާ ވަނީ އެއްފަހަރުން ޖަހައި ގޯލްގެ މަތީދާގަނޑަށް ބޯޅަ ފޮނުވައިލައިފަ އެވެ.

ލީގުގައި މިރޭ ގްރީން އާއި ސަސް ކުޅުނު މެޗުގެ ތެރެއިން: މިއީ ސަސްއިން ލީގުގައި ހޯދި ފުރަތަމަ މޮޅު --- ފޮޓޯ: އެފްއޭއެމް

ލީގުގައި މިރޭ ގްރީން އާއި ސަސް ކުޅުނު މެޗުގެ ތެރެއިން: މިއީ ސަސްއިން ލީގުގައި ހޯދި ފުރަތަމަ މޮޅު --- ފޮޓޯ: އެފްއޭއެމް

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލާ ވަރަށް ކައިރިއަށް ދިޔަ ގްރީން ލީގުގައި މީގެ ކުރިން ކުޅުނު މެޗުން ވެސް ބަލިވި އެވެ. އެޓީމު ބަލިވީ ޔުނައިޓެޑް ވިކްޓަރީ އަތުންނެވެ. ޕްރެޒިޑެންޓްސް ކަޕްގައި ސަސްއިން ވެސް ވަނީ ގަދަ ހަތަރެއްގެ ތެރޭގައު ނިންމައިލައިފަ އެވެ. ލީގުގައި އަދި އެޓީމަށް އެކުޅުމާ ގާތް ކުރެވޭ ވަރުގެ ކުޅުމެއް އަދި ނުދެއްކެ އެވެ.

މިހާރު ލީގުގައި މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމަކީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. އެޓީމަށް ހަތަރު މެޗުން ހޯދުނީ އެންމެ ޕޮއިންޓެކެވެ.