Roadha Mihaaru
ފޯނުގެ ނޮޓިފިކޭޝަންތައް މީޓަރު ބޯޑުން ފެންނަ ސައިކަލެއް

ފޯނުގެ ނޮޓިފިކޭޝަންތައް މީޓަރު ބޯޑުން ފެންނަ ޔަމަހާ އެރޮކްސް 155 އެލިއާ އިން ތައާރަފުކޮށްފި

06 މާޗް 2022

ޔަމަހާގެ އެންމެ ފަހުގެ ޓެކްނޮލޮޖީ، "ވައި ކަނެކްޓް" ބޭނުންކުރެވޭ އެރޮކްސް 155 ކަނެކްޓް ސައިކަލް އެލިއާ އިން ރާއްޖެ އަށް ތައާރަފު ކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ޔަމަހާގެ އެންމެ ފަހުގެ ޓެކްނޮލޮޖީ، "ވައި ކަނެކްޓް" ބޭނުންކުރެވޭ އެރޮކްސް 155 ކަނެކްޓް ސައިކަލް އެލިއާ އިން ރާއްޖެ އަށް ތައާރަފު ކޮށްފި އެވެ.

"ވައި ކަނެކްޓް" ޓެކްނޮލޮޖީއަކީ ސައިކަލް، ފޯނާ ގުޅައިލަދޭ ޓެކްނޮލޮޖީއެކެވެ. މިއީ އެ ޓެކްނޮލޮޖީ ހިމެނޭ އެރޮކްސް ސައިކަލް ރާއްޖެ އަށް ތައާރަފުކުރި ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި އެ ޓެކްނޮލޮޖީ ލިބެނީ އެލިއާ އިން ތައާރަފުކުރި ޔަމަހާ އެރޮކްސް 155 ކަނެކްޓް އާއި ޔަމަހާ އެންމެކްސް ކަނެކްޓް 155 ގަ އެވެ. އެ ޓެކްނޮލޮޖީއާއެކު ފޯނަށް އަންނަ މެސެޖުތަކާއި ކޯލުތަކުގެ ނޮޓިފިކޭޝަން ސައިކަލުގެ މީޓަރު ބޯޑުން ފެންނާނެ އެވެ. އަދި އެންމެ ފަހުން ސައިކަލު ޕާކު ކުރި ތަން ފޯނުން ބަލައިލެވޭއިރު، ސައިކަލަށް މައްސަލައެއް ދިމާވެއްޖެ ނަމަ އެ މައުލޫމާތާއި ސާވިސް ކުރަން ޖެހޭ ނަމަ އެކަން ވެސް އަންގައިދޭނެ އެވެ.

ޔަމަހާ އެރޮކްސް 155 ކަނެކްޓްގެ ސްކްރީން: ފޯނަށް އަންނަ މެސެޖާއި ކޯލުތައް ބަލާލެވޭނެ-- ފޮޓޯ: އެލިއާ

ޔަމަހާ އެރޮކްސް 155 ކަނެކްޓްގެ ސްކްރީން: ފޯނަށް އަންނަ މެސެޖާއި ކޯލުތައް ބަލާލެވޭނެ-- ފޮޓޯ: އެލިއާ

އެ ޓެކްނޮލޮޖީގެ ޒަރީއާ އިން ތެޔޮ އަނދާވަރު ބަލާލައި، ސައިކަލުގައި ދިމާވާ މައްސަލަ އެޕް މެދުވެރިކޮށް ސީދާ ސާވިސް ސެންޓަރަށް ފޮނުވައިލެވޭނެ އެވެ.

އެރޮކްސް 155 ކަނެކްޓަކީ އިންޖީނު ވަރުގަދަ 5.5 ލިޓަރުގެ ތެޔޮ އެޅޭވަރުގެ ޓޭންކެއް ހުންނަ ސައިކަލެކެވެ. އެ ސައިކަލުގައި ފުޅާ ޓިއުބް ޓަޔަރު ހުރުމުގެ އިތުރުން ޑިޖިޓަލް ސްޕީޑޯ މީޓަރަކާއި ސްމާޓް ކީ އަދި މަޑި ދަށުގައި 24.5 ލީޓަރުގެ ބޮޑު ޖާގައެއް ހުރެ އެވެ.

ޔަމަހާ އެރޮކްސް 155 ކަނެކްޓް: ސައިކަލު އެންމެ ފަހުން ޕާކު ކުރިތަން ވެސް ފޯނުން ބަލާލެވޭނެ-- ފޮޓޯ:އެލިއާ

ޔަމަހާ އެރޮކްސް 155 ކަނެކްޓް: ސައިކަލު އެންމެ ފަހުން ޕާކު ކުރިތަން ވެސް ފޯނުން ބަލާލެވޭނެ-- ފޮޓޯ:އެލިއާ

އެއީ "ސްޕޯޓީ" ޑިޒައިނަކަށް ހުންނަ ސައިކަލެއް ކަމަށް ވާއިރު، އެ ދުއްވާއިރު އަރާމުކަމާއި ފަސޭހަކަމާއެކު އިށީނދެގެން އިދެވޭނެ އެވެ. އެ ސައިކަލުގެ ތަފާތު ކުލަތައް އެލިއާ އިން ލިބެން ހުންނާނެ އެވެ.

އެލިއާއިން އެއްފަހަރާ ފައިސާ ދައްކައިގެން ނުވަތަ އިންސްޓޯލްމަންޓަށް ވެސް މި ސައިކަލު ނެގޭނެ އެވެ. އިންސްޓޯލްމަންޓަށް ސައިކަލު ނަގާ ކަސްޓަމަރުންނަށް އެލިއާގެ އިސްލާމިކް ޝަރީއާ ފައިނޭންސް ސްކީމުގެ ދަށުން ސައިކަލު ދޫކުރާނީ ޕީ ބޯޑުގަ އެވެ.

އެ ކުންފުނީގެ ހިދުމަތްތަކާއި ސައިކަލާ ބެހޭ މައުލޫމާތު 3009797 އަށް ގުޅައިގެން ލިބޭނެ އެވެ.