Roadha Mihaaru
ބޯޓިން އެވޯޑްސްގައި އެލިއާ އާއި ޔަމަހާއަށް ދެ އެވޯޑު

ބޯޓިން އެވޯޑްސްގައި އެލިއާ އާއި ޔަމަހާއަށް ދެ އެވޯޑު ލިބިއްޖެ

04 ޑިސެމްބަރ 2023

ނެޝަނަލް ބޯޓިން އެވޯޑްސްގައި އެލިއާ އާއި ޔަމަހާއަށް ދެ އެވޯޑު ލިބިއްޖެ އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ނެޝަނަލް ބޯޓިން އެވޯޑްސްގައި އެލިއާ އާއި ޔަމަހާއަށް ދެ އެވޯޑު ލިބިއްޖެ އެވެ.

އެ ކުންފުންޏަށް ލިބުނީ އެންމެ މަގުބޫލު މެރިން އައުޓްބޯޑު އިންޖީނާއި އެންމެ ރަނގަޅު އާފްޓާ ސޭލްސް ސާވިސް ޕްރޮވައިޑާގެ އެވޯޑެވެ. އެ ކުންފުންޏަށް މި ދިޔަ އަހަރު ވެސް އިތުރު އެވޯޑަކާއި އެކު މި ދެ އެވޯޑު ލިބުނެވެ.

އެލިއާއިން ރާއްޖެއަށް ޔަމަހާ އައުޓްބޯޑު އިންޖީނު ތައާރަފްކޮށް، ފެންވަރު ރަނގަޅު އާފްޓާ ސޭލްސް ސާވިސްއެއް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުން އަންނަތާ ވަނީ 49 އަހަރުވެފަ އެވެ. އެލިއާއިން ވިއްކާ ޔަމަހާ އިންޖީނުގެ މޮޑެލްތަކަކީ ރާއްޖޭގެ ކަނޑުތަކުގައި ޓެސްޓުކޮށް ރާއްޖޭގެ ކަނޑުތަކާއި ގުޅޭ ގޮތަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ވިއްކަމުންދާ އިންޖީނެކެވެ.

ޔަމަހާ އިންޖީނަކީ ބޯޓުފަހަރުގެ ދުވެލި ބާރުކޮށް، ޓޫރިޒަމްގެ ދާއިރާ ފުޅާކުރުމަށް އެހީތެރިވި ބައިވެރިއެއްގެ ގޮތުގައި އެލިއާ އިން ސިފަކުރެ އެވެ.

އެލިއާ އަކީ ޔަމަހާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.

މި ކުންފުނިން ދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން މެކޭނިކުން ތަމްރީން ކުރުމާއި ޔަމަހާ އިންޖީނުތަކަށް ބޭނުންވާ ސްޕެއާ ޕާޓްސްތައް ވިއްކަ އެވެ.

އެލިއާއިން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ވެސް ފެންވަރު ރަނގަޅު އަދި އަވަސް މެރިން އައުޓްބޯޑު އިންޖިނިއަރިން ސާވިސް ފޯރުކޮށްދިނުމެވެ.

ބޯޓިން އެވޯޑަކީ ރާއްޖޭގެ މެރިން ދާއިރާގައި މަސައްކަތްކޮށް ހިދުމަތްދޭ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން 2016 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ބޯޓިން އެސޯސިއޭޝަނުން ދެމުން އަންނަ އެވޯޑެކެވެ.