ރާއްޖެއަށް 2.8 ކިލޯގެ ރަން ފޮރުވައިގެން އެތެރެކުރި އިންޑިއާ މީހަކު 60،000ރ. އިން ޖޫރިމަނާކޮށް، އެ ރަންތައް ދައުލަތަށް ނެގުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
06 މާޗް 2022
ރާއްޖެއަށް 2.8 ކިލޯގެ ރަން ފޮރުވައިގެން އެތެރެކުރި އިންޑިއާ މީހަކު 60،000ރ. އިން ޖޫރިމަނާކޮށް، އެ ރަންތައް ދައުލަތަށް ނެގުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ހެދުމުގެ ތެރެއިންނާއި ހަށިގަނޑުން 2.8 ކިލޯގެ ރަން ފެނުނީ މިދިޔަ ޖެނުއަރީ މަހު ރާއްޖެ އައި އިންޑިއާގެ އަންހެނެއްގެ އަތުންނެވެ. އެ މީހާ ދައުލަތާ އެކު ހެދި އިއުތިރާފް އެއްްބަސްވުމެއްގެ ދަށުން ކޯޓުގައި ކުށަށް އިއުތިރާފްވި އެވެ. އެ އެއްބަސްވުން އޮތްގޮތުން އެ މީހާ ޖަލަށްލުމުގެ ބަދަލުގައި އިއްވާނީ ޖޫރިމަނާގެ ހުކުމެކެވެ.
ކޯޓުގެ ހުކުމުގައި ވަނީ އެ މީހާ 60،000ރ. އިން ޖޫރިމަނާކުރުމާ އެކު، އޭނާ ވަގަށް އެތެރެކުރި ރަންތައް ދައުލަތަށް ނަގަން އަމުރުކުރާ ކަމަށެވެ.
ވަގަށް ރަން އެތެރެކުރުމުގެ މައްސަލަތަކުގައި ދާދިފަހުން ވެސް ގިނަ ބަޔަކު ޖޫރިމަނާކޮށް، ރަންތައް ދައުލަތަށް ނަގާފައިވެ އެވެ. ރާއްޖެއަށް ވަކި މިންވަރަކަށް ވުރެ އިތުރަށް ރަން އެތެރެކުރާ ނަމަ، އެ ތަކެތި ޑިކްލިއާ ކުރަން ޖެހެ އެވެ. އަދި ޑިކްލިއާ ނުކޮށް އެތެރެކުރާ ރަންތައް އަބަދުވެސް ދައުލަތަށް ނަގަ އެވެ.
މަނީ ލޯންޑަރިންގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި
ބޭރުކުރަން އުޅުނު ފައިސާ ދައުލަތަށް ނަގައި ޖޫރިމަނާއެއް
ހައްޔަރުކުރި އިންޑިއާ މީހާ އަތުން 100،000 ޑޮލަރު
ފަސް މިލިއަންގެ ޑްރަގް އަތުލައިގަނެ، ބަޔަކު ހައްޔަރު
ވަގަށް އެތެރެކުރި ރަން ދައުލަތަށް، ދެ މީހަކު ޖޫރިމަނާ
ޖިންސީ ފުރައްސާރަކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފި
ޑްރަގް އެތެރެކުރި އިންޑިއާ މީހާގެ ބަންދަށް ތިން ދުވަސް
80 ބްލެޓް ދިރުވާލި މީހަކު 12 އަހަރަށް ޖަލަށް
ބެނާ ނަގަން އަމުރު ނެރެދިން ގާޒީއަށް އިންޒާރު
ދެ ބިދޭސީއަކަށް ހަމަލާދިން މީހަކު 10 އަހަރަށް ޖަލަށް