އަތުގެ ނުފުށުން އެއް ފަހަރާ 18 ބިސް އުފުލައިގެން އީރާނުގެ މީހަކު ދުނިޔޭގެ ރިކޯޑެއް ހަދައި، ގިނިސް ވޯލްޑް ރިކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.
އަތުގެ ނުފުށުން އެއް ފަހަރާ 18 ބިސް އުފުލައިގެން އީރާނުގެ މީހަކު ދުނިޔޭގެ ރިކޯޑެއް ހަދައި، ގިނިސް ވޯލްޑް ރިކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.
އެ ރިކޯޑް ހަދާފައި ވަނީ އިރާގުގައި ދިރިއުޅޭ އީރާނުގެ މީހެއް ކަމަށްވާ އިބްރާހިމް ސަދީގެވެ. އޭނާ ބުނި ގޮތުގައި އެ ރިކޯޑް ހަދަން ހަތަރު ހަފުތާ ވަންދެން ޕްރެކްޓިސް ކުރަން ޖެހުނެވެ.
"މި ކަހަލަ އުނދަގޫ ރިކޯޑެއް ހެދޭނީ ވަރަށް ބޮޑަށް ފޯކަސްކޮށްގެން،" ސަދީގު ބުންޏެވެ.
"އަތުގެ ނުފުށުގައި އެ ބިސްތައް ބެލެންސް ކުރި ގޮތުގެ ސިއްރެއް ބުނެދޭކަށް ނޭނގެ. އެކަމަކު، ވަރަށް ކެތްތެރިވެގެން، މަޑުމަޑުން އުޅެގެންވީ. ނޭވާލެވޭ ގޮތަށް ވެސް ވަރަށް ފަރުވާތެރިވާން ޖެހުނު."
ގިނިސް ވޯލްޑް ރިކޯޑްސްގައި އެ ރިކޯޑްގެ ގައިޑްލައިންގައި ބުނެފައި އޮންނަނީ އަތުގެ ނުފުށުން އެ ބިސްތައް މަދުވެގެން ފަސް ސިކުންތު ވަންދެން ވެއްޓުނަ ނުދީ ހިފަހައްޓަން ޖެހޭނެ ކަމަށެވެ.
ރިކޯޑް ފޮތުގައިވާ ގޮތުން، އަތުގެ ނުފުށުން އެއް ފަހަރާ 18 ބިސް އުފުލައިގެން ކުރިން އެ ރިކޯޑް ދެމެހެއްޓީ އިނގިރޭސިވިލާތުގެ މީހެއް ކަމަށްވާ ޖެކް ހެރިސް އެވެ. އޭނާ އެ ރިކޯޑް ހެދީ މެއި 2020 ގަ އެވެ.
ގައިގައި ސަމުސާތަކެއް ބެލެންސްކޮށްގެން ރިކޯޑެއް
ދުރަށް ބޯޅަ އެއްލައިގެން ކީޕަރަކަށް ރެކޯޑެއް
އެމެރިކާއިން 22 ބިލިއަން ޑޮލަރުދޭން އީރާނުން ހުކުމެއް
ޚާމަނާއީ އަވަހާރަކޮށްލަން ނޫޅުމަށް އީރާނުން އިންޒާރެއް
ސިއްރު ނިއުކްލިއާ ފެސިލިޓީއެއް ނުހުންނާނެ: އީރާން
ހިތުގެ 3،900 ސާޖަރީއަކަށް ފަންޑު ހޯދައި ރެކޯޑެއް
ނިއުކްލިއާ ސައިޓްތައް ވަރުގަދަޔަށް ހަދާނަން: އީރާން
ޣައްޒާގެ ސަމިޓުގައި އީރާނުން ބައިވެރިނުވާން ނިންމައިފި
ފިޔަވަޅުތަކާ ރާއްޖޭން ދެކޮޅުހަދަން އީރާނުން އެދިއްޖެ
އެންމެ އަގުބޮޑު ސައިފަތް އުފެއްދުމުގެ ރެކޯޑް ލަންކާއަށް