Roadha Mihaaru
ބޯޅައިން ޖަހައި ސީލިންގު ފަޅާލި ކޮބީ ސަސްޕެންޑްކޮށްފި

ބޯޅައިން ޖަހައި ސޯޝަލް ސެންޓަރުގެ ސީލިންގު ފަޅާލި ކުޅުންތެރިޔާ ހަ މަހަށް ސަސްޕެންޑް

07 މާޗް 2022

މިހާރު ކުރިއަށްދާ ގައުމީ ބާސްކެޓްބޯޅަ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ދަ ބައުސް އާއި ރެޕްޓޯސް ކުޅުނު މެޗުގައި، ރެފްރީގެ ނިންމުމާމެދު ހިތްހަމަނުޖެހި ރެޕްޓޯސްގެ އެމެރިކާގެ ޕަވާ ފޯވާޑް ޖެފްރީ ކޮބީ ބޯޅައިން ޖަހައި ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގެ ސީލިންގު ފަޅައިލި މައްސަލައާ ގުޅިގެން އޭނާ ހަ މަހަށް ސަސްޕެންޑް ކޮށްފި އެވެ.

ރެފްރީގެ ނިންމުމާމެދު ކޮބީ ހިތްހަމަނުޖެހުނީ ދަ ބައުސްގެ ކުޅުންތެރިޔަކަށް ކޮބީ ފައުލު ކުރިކަމަށް ބަލައި ފްރީ ތުރޯއެއް ދަ ބައުސް އަށް ދޭން ރެފްރީ ނިންމުމުންނެވެ. ރެފްރީ އެގޮތަށް ނިންމުމުން ކޮބީ ވަނީ ރެފްރީ ކައިރީގައި ހުރެފައި ފައިން ބާރަށް ބޯޅައިގައި ޖަހައި ސީލިންގު ފަޅާލައިފަ އެވެ.

ކޮބީ ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ

ކޮބީ ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ

ދަ ބައުސްގެ ކުޅުންތެރިން ވަނީ ސީލިންގުގައި ބާގަނޑު ހެދިފައި ހުރިތަން ރެފްރީ އަށް ދައްކައިފަ އެވެ. ވީޑިއޯ ރިޕްލައިން ފެންނަ ގޮތުގައި އޭނާ ބޯޅަ ޖެހި ވަގުތު ރެފްރީގެ މޫނުގައި ނުޖެހުނީ ކިރިޔާ އެވެ. އެ ފައުލާ ގުޅިގެން އޭނާގެ ފަސްވަނަ ފައުލް ހަމަވުމުން އެ މެޗުގެ ބާކީ ބައި އޭނާ އަށް ކުރިއަކަށް ނުގެންދެވުނެވެ.

އެމްބީއޭ އިން ބުނީ ޑިސިޕްލިނަރީ ކޮމިޓީން މައްސަލަ ބެލުމަށް ފަހު ކޮބީ އަށް ފިޔަވަޅު އަޅައިފައިވާކަން ރެޕްޓޯސް އަށާއި އޭނާ އަށް އަންގައިފައި ވާނެ ކަމަށެވެ. ރެޕްޓާސް މިރޭ ނުކުންނާނީ ޓީރެކްސްއާ ދެކޮޅަށެވެ.

ކޮބީ ފޮނުވައިލި ބޯޅައިން ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގެ ސީލިން ފަޅައިގެން ގޮސްފައިވާތަން

ކޮބީ ފޮނުވައިލި ބޯޅައިން ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގެ ސީލިން ފަޅައިގެން ގޮސްފައިވާތަން

"ފުރަތަމަ ފަހަރު ކަމަށްވާތީ ހަ މަހަށް ސަސްޕެންޑް ކުރުމަށް ޑިސިޕްލިނަރީ ކޮމިޓީން ނިންމީ،" އެމްބީއޭގެ އޮފިޝަލް ވިދާޅުވި އެވެ.

"ރެފްރީސް ޑިވިޝަނުން ވެސް ވަނީ އިސްވެ އެ މައްސަލަ ފާހަގަ ކޮށްފައި. އެގޮތަށް ފާހަގަ ކުރުމުން ޑިސިޕްލިނަރީ ކޮމިޓީ އަށް މައްސަލަ ފޮނުވީ."