ރަޝިއާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު ފުރަތަމަ ފަހަރަށް މަޝްވަރާކޮށްފި އެވެ.
08 މާޗް 2022
ރަޝިއާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު ފުރަތަމަ ފަހަރަށް މަޝްވަރާކޮށްފި އެވެ.
ރަޝިއާ ސިފައިން ޔޫކްރެއިންއަށް އެރުމުން ދެ ގައުމުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ސަބަބުން ރެކޯޑް އަދަދަކަށް ތެލުގެ އަގު އުފުލި އަދި ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ރަޝިއާގެ ގައުމީ އެއާލައިންގެ ދަތުރުތައް ވަނީ ހުއްޓާލައިފަ އެވެ. ރާއްޖޭގައި ވެސް ތެލުގެ އަގު މިހާރު ވަނީ ބޮޑުވެފަ އެވެ.
ރައީސް އޮފީހުން ބުނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އިގްތިސާދީ ގޮތުން ރާއްޖެއަށް ކުރާނެ އަސަރުތަކާ ބެހޭގޮތުން މަޝްވަރާކުރި ކަމަށެވެ. އަދި ޔޫކްރެއިންގެ މައްސަލާގައި ބައިނަލްއަގްވާމީ ގޮތުން ރާއްޖެއިން ގެންގުޅޭ ސިޔާސަތާ ބެހޭގޮތުން ވެސް މަޝްވަރާކުރި އެވެ.
ޔޫކްރެއިން ހަނގުރާމަ ހުއްޓާލަން ގޮވާލައި، އދ. ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރުގައި ރާއްޖެއިން ވޯޓު ދިނީ ރަޝިއާއާ ދެކޮޅަށެވެ. އެ ހަނގުރާމަ ހުއްޓާލަން ރަޝިއާ އާއި ޔޫކްރެއިންއާ ދެމެދު ކުރި މަޝްވަރާތަކުގައި ވެސް މިހާތަނަށް ކުރިއެރުމެއް ނުލިބެ އެވެ.
ރާއްޖެ "ނިއު ނޯމަލް" އަށް ގެނެވިއްޖެ: ރައީސް
ސީޑީއާރުއައިއާ ގުޅެން ލަފާ ހޯދަން ރައީސް ނިންމަވައިފި
އައްޑޫގެ ހަތަރު ސަރަހައްދެއް ހިމާޔަތްކުރަން ނިންމައިފި
ޓޫރިޒަމް މިނިސްޓަރަކަށް ޑރ. މައުސޫމް
ޖެންޑާ މިނިސްޓަރަކަށް އައިޝާ އައްޔަން ކުރައްވައިފި
އަނިޔާލިބޭ ކުދިންނަށް އިންސާފު އަވަސްކުރަންޖެހޭ: ރައީސް
ރައީސް، ނައިބު އަދި ވަޒީރުންގެ މާލީ ބަޔާން ހާމަކުރަނީ
ބިމާ ގުޅޭ ކަންކަމުގެ ބާރު ކައުންސިލްތަކަށް ދެނީ
މަގާމުތަކަށް އައްޔަން ކުރާނީ މާލީ ބަޔާން ބެލުމަށް ފަހު
ރަޝިޔާއާ ދެކޮޅަށް ނަޝީދު ހުންނެވުމުން ސަފީރުގެ ނުރުހުން