Roadha Mihaaru
އެމްޕީއެލުން ޑޭކެއާ ސެންޓަރެއް ހަދަނީ

އެމްޕީއެލުން ޑޭކެއާ ސެންޓަރެއް ހަދަނީ

09 މާޗް 2022

އެމްޕީއެލްގެ މުވައްޒަފުން ވަޒީފާ އަދާކުރާ ވަގުތު ރައްކާތެރިކަމާ އެކު ކުދިން ބައިތިއްބަން އެތަނުގައި ޑޭކެއާ ސެންޓަރެއް ހަދަން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެމްޕީއެލްގެ މުވައްޒަފުން ވަޒީފާ އަދާކުރާ ވަގުތު ރައްކާތެރިކަމާ އެކު ކުދިން ބައިތިއްބަން އެތަނުގައި ޑޭކެއާ ސެންޓަރެއް ހަދަން ނިންމައިފި އެވެ.

ކުންފުނީގެ މެނޭޖްމަންޓުގެ އިސް ނެގުމަކަށް ހަދާ މި ސެންޓަރުގެ ސަބަބުން ދަރިންގެ އެކި ކަންކަމުގައި މުވައްޒަފުން މިހާރު އުފުލަމުންދާ ބުރަޔަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަަމަށް ކުންފުނިން ބުނެ އެވެ.

އެ ޑޭކެއާ ސެންޓަރުގައި މަސައްކަތް ކުރާނީ ދާއިރާގެ ތަޖުރިބާ ލިބިފައިވާ މީހުން ކަމަށް ވެސް އެމްޕީއެލުން ބުންޏެވެ. އާއްމު ޑޭ ކެއާ ސެންޓަރުތަކުގައި މަސައްކަތް ކުރާނީ އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން ފުރިހަމަ ކޮށްފައި ތިބޭ މުވައްޒަފުންނެވެ.

ޑޭކެއާ ސެންޓަރުތަކުގައި ކުޑަ ކުދިންނަށް ކިޔެވުމާއި ކުޅިވަރު ކުޅުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. އާއްމުކޮށް މިފަދަ ސެންޓަރުތައް ހަދަނީ ވެސް ވަޒީފާ އަދާ ކުރާ މީހުންނަށް ހާއްސަ ކޮށްގެންނެވެ.