Roadha Mihaaru
ލެގޯ އެޑިއުކޭޝަނަށް ހާއްސަ ތަނެއް ހުޅުވައިފި

ލެގޯ އެޑިއުކޭޝަނަށް ހާއްސަ ތަނެއް ހުޅުވައިފި

19 އޮކްޓޯބަރ 2017

ލެގޯ އެޑިއުކޭޝަން އަދި ކުޑަކުދިންނަށް ހާއްސަ އިންޖިނިއަރިން އާއި އިލެކްޓްރޯނިކްސް ކިޔަވައިދޭ ތަނެއް ޑޭކެއާގެ ހިދުމަތާ އެކު މާލޭގައި ހުޅުވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ލެގޯ އެޑިއުކޭޝަން އަދި ކުޑަކުދިންނަށް ހާއްސަ އިންޖިނިއަރިން އާއި އިލެކްޓްރޯނިކްސް ކިޔަވައިދޭ ތަނެއް ޑޭކެއާގެ ހިދުމަތާ އެކު މާލޭގައި ހުޅުވައިފި އެވެ.

އާފްޓާ ސްކޫލު ލާނިން ފެސިލިޓީ ނުވަތަ ސްކޫލުގެ ބޭރުން، ދަރިވަރުންގެ ހުނަރުވެރިކަން އިތުރުކުރުމަށްޓަކައި "ސުޕަކިޑް ކާސަލް"ގެ ނަމުގައި ހުޅުވި މި ތަނުގައި ލެގޯ ރޮބެޓިކްސް އާއި ކޮމްޕިއުޓާ ކޯޑިން ފަދަ ބައިތައް ކިޔަވައިދެ އެވެ.

ޕްރީ ސްކޫލުން ފެށިގެން އުމުރުން 15 އަހަރުގެ ދަރިވަރުންނަށް މި ތަނުގައި ކިޔަވައިދެނީ ސައިންސާއި ޓެކްނޮލޮޖީ އާއި އިންޖިނިއަރިން އަދި މެތެމެޓިކްސް (ސްޓެމް)ގެ ކަރިކިއުލަމަށެވެ. މީގެ ތެރެއިން އެއް ކޮމްޕޮނެންޓްގެ ގޮތުގައި ހިމެނޭ "މައިންޑް ބްރިކްސް"ގެ ދަށުން ލެގޯ އެޑިއުކޭޝަން ކިޔަވައިދޭއިރު، ބޭސިކް އިލެކްޓޯރިނިކްސް އާއި ކޮމްޕިއުޓާ ކޯޑިން އަކީ ވެސް މި އުމުރުގެ ކުދިންނަށް މުޅިން އަލަށް ރާއްޖޭގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ލެގޯ ބޭނުންކޮށްގެން ކުއްޖަކު ދަސްކުރަނީ: މި ތަނުގެ ކިޔަވައިދިނުމުގެ ބޮޑު ބައެއް ހާއްސަ ކޮށްފައިވަނީ ލެގޯ އެޑިއުކޭޝަނަށް

ލެގޯ ބޭނުންކޮށްގެން ކުއްޖަކު ދަސްކުރަނީ: މި ތަނުގެ ކިޔަވައިދިނުމުގެ ބޮޑު ބައެއް ހާއްސަ ކޮށްފައިވަނީ ލެގޯ އެޑިއުކޭޝަނަށް

ހުރިހާ އުމުރެއްގެ ކުދިންނަށް ވެސް އެކުގައި (މަލްޓި ގްރޭޓް ލާނިންކޮށް) ކިޔަވައިދޭ މިތަނުގައި ތިބެނީ ކޮންމެ ދާއިރާއަކުން ވެސް ކޮލިފައިޑް ޓީޗަރުންނެވެ.

ކަލާފާނު ސްކޫލު ކައިރީ ހުންނަ ހ. ފިއެސްގައި ހުންނަ މި ތަނުގައި ކުޑަކުދިންގެ ހަރަކާތްތެރިކަން އިތުރު ކޮށްދޭ ގޮތަށް އެކަމަށް ހާއްސަ "ސޮފްޓް ޖިމް"އެއް ވެސް ހުރެ އެވެ. އަދި ކުދިން ބެލެހެއްޓުމަށް ހާއްސަ ބަޔަކު އެތަނުގައި ތިބޭއިރު ވަގުތުތައް ވެސް ބަހާލާފައި ހުންނަނީ ބެލެނިވެރިންނަށް ފަސޭހަ ގޮތަކަށެވެ.

ސުޕަކިޑް ކާސަލްގައި ކުޑަކުދިންތަކެއް މަޑުކޮށްލައިގެން: މިއީ ތަފާތުގޮތަކަށް ހިންގާ ޑޭކެއާ ސެންޓަރެއް

ސުޕަކިޑް ކާސަލްގައި ކުޑަކުދިންތަކެއް މަޑުކޮށްލައިގެން: މިއީ ތަފާތުގޮތަކަށް ހިންގާ ޑޭކެއާ ސެންޓަރެއް

ސުޕަކިޑް ކާސަލް އިން ބުނިގޮތުގައި ބެލެނިވެރިންނަށް ފަސޭހަ ދުވަހަކު، ފަސޭހަ ވަގުތަކު ދަރިވަރުން ގެނެސް ގެންދެވޭނެ އެވެ. އެކަމަކު އަގުތައް ކަނޑައަޅާފައި ހުންނަނީ ވަކި ޕެކޭޖެއްގެ ދަށުން، ދަރިވަރަކު އެތަނުގައި ކިޔަވައި ދުވަހަށް ބަލައިގެންނެވެ. އަދި ޖިމްއަށް އަގު ކަނޑައަޅާފައިވަނީ ގަޑިއިރަކަށް ވަކި އަދަދަކަށެވެ.