Roadha Mihaaru
ނުލިބޭ ފައިސާ ހޯދާނެ 5 އުސޫލެއް މީރާއިން އާންމުކޮށްފި

ނުލިބޭ ފައިސާ ހޯދާނެ ފަސް އުސޫލެއް މީރާއިން އާންމުކޮށްފި

18 މާޗް 2022

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަލައިގަންނަ ޓެކްސް އަދި އެހެނިހެން ފައިސާތަކުގެ ތެރެއިން ނުލިބިވާ ފައިސާ ހޯދުމުގެ ގޮތުން މީރާއިން އަމަލު ކުރާނެ ގޮތް ބަޔާންކުރާ ފަސް އުސޫލެއް އާއްމުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަލައިގަންނަ ޓެކްސް އަދި އެހެނިހެން ފައިސާތަކުގެ ތެރެއިން ނުލިބިވާ ފައިސާ ހޯދުމުގެ ގޮތުން މީރާއިން އަމަލު ކުރާނެ ގޮތް ބަޔާންކުރާ ފަސް އުސޫލެއް އާއްމުކޮށްފި އެވެ.

އެ އުސޫލްތަކުގެ ތެރޭގައި ހިމެނެނީ ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާ މެދު ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އާންމު އުސޫލާއި ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލާއި އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ އުސޫލާއި ބޭންކް އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމާއި، ބޭންކް އެކައުންޓް ބެލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެކެވެ. އަދި ޖޫރިމަނާ ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު ވެސް އާންމުކޮށްފައިވެ އެވެ.

ކޮވިޑް-19ގެ ސަބަބުން ޓެކްސް ދައްކާ ފަރާތްތަކާއި އާންމު ފަރުދުންގެ ވިޔަފާރިތަކަށް ދިމާވި ހީނަރުކަމަށް ބެލުމަށްފަހު އެ ފަރާތްތަކަށް ދެވުނު ލުޔެއްގެ ގޮތުން، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެންފޯސްމަންޓް ފިޔަވަޅު އެޅުން ވަނީ ހުއްޓާލައިފަ އެވެ. އެހެންވެ އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޓެކުހުގެ ޒިންމާތައް އަދާނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ފަށާނެ ކަމަށް މީރާއިން ބުންޏެވެ. ޓެކްސް ދައްކާ ފަރާތްތައް އެ ފަރާތްތަކުގެ ޓެކުހުގެ އިންތިޒާމުތައް ފުރިހަމައަށް އަދާ ކުރުމަށް މީރާއިން އެދިފައިވެ އެވެ.

މީރާއިން އާންމުކޮށްފައިވާ އެ ފަސް އުސޫލަށް އަމަލުކުރަން ފެށުމާ އެކު މިހާރު ތަންފީޒުކުރަމުންދާ "މީރާގެ އެންފޯސްމަންޓް ޕޮލިސީ" އުވިގެންދާނެކަމަށް އެ އިދާރާ އިން ބުންޏެވެ.