"ހެރި ޕޮޓާ"ގެ ރޯލު ކުޅެގެން މަޝްހޫރުވި އިނގިރޭސިވިލާތުގެ އެކްޓަރު ޑެނިއަލް ރެޑްކްލިފް ދެން އެ ރޯލު ކުޅެން ބޭނުންނުވާ ކަމަށް ބުނެފި އެވެ.
"ހެރި ޕޮޓާ"ގެ ރޯލު ކުޅެގެން މަޝްހޫރުވި އިނގިރޭސިވިލާތުގެ އެކްޓަރު ޑެނިއަލް ރެޑްކްލިފް ދެން އެ ރޯލު ކުޅެން ބޭނުންނުވާ ކަމަށް ބުނެފި އެވެ.
އެ ރޯލު އަލުން ކުޅެން ބޭނުންނުވާ ކަމަށް ރެޑްކްލިފް ބުނީ ނިއު ޔޯކް ޓައިމްސް އަށް ދިން އިންޓަވިއުއެއްގަ އެވެ.
"އެއީ މިވަގުތު އަހަރެން ކުރަން އެހާ ޝައުގުވެރިކަން ހުރި ކަމެއް ނޫން،" އޭނާ ބުންޏެވެ.
އެހެން ބުނުމުން، ބައެއް މީހުންނަށް އުނދަގޫވާނެ ކަން ވެސް އެނގޭ ކަމަށާއި އެކަމަކު ހެރި ޕޮޓާގެ ދުނިޔެ އަށް އޭނާ އަލްވަދާއު ކިޔާ ހިސާބަށް މިހާރު ގޮސްފި ކަމަށެވެ. ދާއިރާގައި މިހާރު އޭނާ ހުރި ހިސާބާ މެދު މާ ބޮޑަށް ވެސް ހިތްހަމަޖެހޭ ކަމަށާއި އަނެއްކާ އެނބުރި ހެރި ޕޮޓާގެ ދުނިޔެ އަށް ގޮސްފި ނަމަ، ހުރިހާ ކަމެއް ބަދަލުވާނެ ކަމަށް ބުންޏެވެ.
"އެކަމަކު އެ ރޯލުން ދެން ދުވަހަކު ވެސް ނުކުޅޭނަމެކޭ ނުބުނާނަން. ސްޓާ ވޯސްގެ ބައެއް އެކްޓަރުން ވެސް 30، 40 އަހަރު ފަހުން އެމީހުން ކުޅުނު ރޯލު އަނެއްކާ ވެސް އެ ކުޅެނީތާ ދޯ،" އޭނާ ބުންޏެވެ.
ރެޑްކްލިފް އެހެން ބުނި އިރު، "ހެރި ޕޮޓާ" ގެ ފުރަތަމަ ދެ ފިލްމު ޑައިރެކްޓުކުރި ކްރިސް ކޮލަމްބަސް މިދިޔަ އަހަރު ވަނީ އެ ފިލްމު ސީރީޒްގެ އިތުރު ފިލްމެއް ހަދަން ޝައުގުވެރިވާ ކަމަށް ބުނެފަ އެވެ. "ހެރި ޕޮޓާ" ވާހަކަ ސީރީޒްގެ އެންމެ ފަހު ފޮތް ކަމަށްވާ "ހެރި ޕޮޓާ އެންޑް ދަ ކާސްޑް ޗައިލްޑް" އަށް އަދި ފިލްމެއް ނަހަދަ އެވެ. އޭނާ އެ ބުނީ އެ ވާހަކަ އަށް ފިލްމު ހަދަން ޝައުގުވެރިވާ ވާހަކަ ކަމަށް ބެލެވެ އެވެ.
ޕްރޮފެސާ މެގޯނިގަލްގެ ރޯލު ކުޅުނު މެގީ މަރުވެއްޖެ
ފެންޓާސްޓިކް ބީސްޓްސް އަށް ތަރުހީބެއް ނުލިބުނު
ވަން ޕްލަސްގެ "ހެރީ ޕޮޓާ" ތީމް ގަޑި އިންޑިއާ އަށް
"ހަންގާ ގޭމްސް"ގެ އާ ފިލްމު އަންނަ އަހަރު ގެނެސްދެނީ
ލައިވް އެކްޝަން "މޮއާނާ"ގެ ޓީޒާއެއް އާންމުކޮށްފި
ނޯލަންގެ "އޮޑެސީ"ގެ ފުރަތަމަ ފެނިލުން
އެޑެލް ހޮލީވުޑް ފިލްމެއް ކުޅެނީ
ފައިސާގެ ދަތިކަމާ ހެދި މޭގަން އެނބުރި އެކްޓިންއަށް
މައިކަލް ޖެކްސަންގެ ބަޔޮޕިކް ފިލްމަށް ރެކޯޑެއް
ޓައިގާ ޝްރޮފް ހޮލީވުޑް ފިލްމެއް ކުޅެނީ