"ހެރީ ޕޮޓާ" ސީރީޒްގެ ފުރަތަމަ ފިލްމު ނެރުނުތާ 20 އަހަރު ފުރުމާ ދިމާކޮށް، ވަން ޕްލަސް އިން ހެރީ ޕޮޓާ ތީމަށް ތައްޔާރު ކޮށްފައިވާ ސްމާޓް ގަޑި އެންމެ ފުރަތަމަ އެކްސްކްލޫސިވްކޮށް އިންޑިއާގައި ނެރެން ނިންމައި، އެ ދައްކާލައިފި އެވެ.
19 އޮކްޓޯބަރ 2021
"ހެރީ ޕޮޓާ" ސީރީޒްގެ ފުރަތަމަ ފިލްމު ނެރުނުތާ 20 އަހަރު ފުރުމާ ދިމާކޮށް، ވަން ޕްލަސް އިން ހެރީ ޕޮޓާ ތީމަށް ތައްޔާރު ކޮށްފައިވާ ސްމާޓް ގަޑި އެންމެ ފުރަތަމަ އެކްސްކްލޫސިވްކޮށް އިންޑިއާގައި ނެރެން ނިންމައި، އެ ދައްކާލައިފި އެވެ.
މި ގަޑި ތައްޔާރުކޮށްފައި ވަނީ ވަން ޕްލަސް އިން ކުރިން ނެރެފައިވާ ސްމާޓް ގަޑީގައި ހިމެނޭ މައިގަނޑު ހުރިހާ ފީޗާތަތަކެއް ވެސް ހިމަނައިގެންނެވެ. ތަފާތަކީ ގަޑީގެ ޑިސްޕްލޭގެ އެތެރެ އާއި ކަމަރަށް ހެރީ ޕޮޓާގެ އެކި ކުލަވަރުތައް ގެނެސްފައިވުމެވެ.
No letters or wands needed to enter the Wizarding World. Now, discover magic with the OnePlus Watch Harry Potter Limited Edition.
— OnePlus India (@OnePlus_IN) October 18, 2021
Get notified at: https://t.co/kjAZEtnr6N or visit OnePlus Store App#SmartEverywear pic.twitter.com/CgCJUXpuIN
ބަލާލަން ވެސް އެހާމެ ހިތްގައިމުކޮށް ތައްޔާރު ކޮށްފައިވާ ލިމިޓެޑް އެޑިޝަންގެ ގަޑީގެ ޑިސްޕްލޭ އަކީ 1.39 އިންޗީގެ އެމޯލެޑް އެއްޗެކެވެ.
މާދަމާ އިން ފެށިގެން ގަޑި އިންޑިއާގައި ވިއްކަން ފަށާ އިރު އަގަކީ 225 ޑޮލަރެވެ. ވަން ޕްލަސްގެ ސްމާޓް ގަޑި ނެރުނު އިރު އޭގެ އަގަކީ 200 ޑޮލަރެވެ.
ވާޕް ޗާޖަރާ އެކު ވެސް ވިއްކާ ގަޑި އޮންނާނީ ހެރީ ޕޮޓާ ތީމަށް ތައްޔާރު ކޮށްފައިވާ ވަރަށް ޗާލު ފޮއްޓެއްގެ ތެރޭގަ އެވެ.
އިނގިރޭސި ލިޔުންތެރިޔާ ޖޭކޭ ރޯލިންގެ ފެންޓަސީ ވާހަކަ ސީރީޒަށް ބިނާކޮށްގެން ހެދި "ހެރީ ޕޮޓާ" ސީރީޒްގެ ފުރަތަމަ ފިލްމު "ހެރީ ޕޮޓާ އެންޑް ދަ ފިލޯސަފާސް ސްޓޯން" ރިލީޒްކުރީ ނޮވެމްބަރު 4، 2001 އެވެ. މި ފިލްމާ އެކު ޑެނިއަލް ރެޑްކްލިފް ޓައިޓްލް ރޯލު ކުޅުނު "ހެރީ ޕޮޓާ" ގެ ޖުމްލަ 8 ފިލްމު ގެނެސްދިނެވެ. މީގެ ފަހު ފިލްމަކީ 2011 ގެ "ހެރީ ޕޮޓާ އެންޑް ދަ ޑެތުލީ ހެލޯސް ޕާޓް 2" އެވެ.
ޕްރޮފެސާ މެގޯނިގަލްގެ ރޯލު ކުޅުނު މެގީ މަރުވެއްޖެ
މި އަހަރުގެ ބާފްޓާގައި ވިދާލީ "އޮޕެންހައިމާ"
ފެންޓާސްޓިކް ބީސްޓްސް އަށް ތަރުހީބެއް ނުލިބުނު
ހެރި ޕޮޓާގެ ރޯލު ކުޅެން ރެޑްކްލިފް ބޭނުމެއް ނުވޭ
ފަލަސްތީނަށް އެމާ ތާއީދުކުރާތީ އިޒުރޭލަށް ހަޖަމެއްނުވި
ސަމަންތާ އަށް އިނގިރޭސި ޑައިރެކްޓަރެއްގެ ފިލްމެއް
ނުފޫޒު ގަދަ 100 ގެ ތެރޭގައި ހެރީގެ ދެކަނބަލުން
މި މީހާގެ ކަމަކީ ވީއެޗްއެސް ޓޭޕް އެއްކުރުން
ޗައިނާ އިން އޮސްކާ އަށް "ލީޕް"
އިޒުރޭލު ސިފައިންނާ ދެކޮޅު ޑޮކިއުމެންޓްރީއަކަށް އޮސްކާ