އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (މާޗް 19) - އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ދިޔަ ރަޝިޔާގެ އެސްޓްރޮނޯޓުން ޔުކްރޭނުގެ ގައުމީ ކުލަތައް ހިމެނޭ ޔުނިފޯމާ އެކު ހަނގުރާމައާ އެ މީހުން ދެކޮޅުކަން ހާމަކޮށްފި އެވެ.
19 މާޗް 2022
އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (މާޗް 19) - އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ދިޔަ ރަޝިޔާގެ އެސްޓްރޮނޯޓުން ޔުކްރޭނުގެ ގައުމީ ކުލަތައް ހިމެނޭ ޔުނިފޯމާ އެކު ހަނގުރާމައާ އެ މީހުން ދެކޮޅުކަން ހާމަކޮށްފި އެވެ.
އެންމެ ފަހުން ޖައްވަށް ދިޔަ ރަޝިޔާގެ ތިން އެސްޓްރޮނޯޓުންނަކީ އެ ގައުމުގެ އިރުމަތީގެ އަވަށްޓެރި ޔުކްރޭނަށް މިދިޔަ މަހު ހަމަލާ ދޭން ފެށި ފަހުން އައިއެސްއެސް އަށް ދިޔަ ރަޝިޔާގެ ފުރަތަމަ އެސްޓްރޮނޯޓުންނެވެ. އެ ތިން އެސްޓްރޮނޯޓުންނަށް ވަނީ އައިއެސްއެސްގައި ތިބި އެމެރިކާ، ރަޝިޔާ އަދި ޖަރުމަނުގެ ފަޅުވެރިން ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
އައިއެސްއެސް އަކީ ރަޝިޔާ، އެމެރިކާ، ކެނެޑާ، ޖަޕާން އަދި ޔޫރަޕުގެ ބައެއް ގައުމުތައް ގުޅިގެން ކުރިއަށް ގެންދާ ޖޮއިންޓް ޕްރޮޖެކްޓެކެވެ. މިޝަން ލީޑު ކުރަނީ އެމެރިކާ އާއި ރަޝިޔާ ގުޅިގެންނެވެ.
ކަޒަކްސްތާނުން ނައްޓާލި ރަޝިޔާގެ އުޅަނދެއްގައި ތިން ގަޑިއިރުގެ ފްލައިޓަކަށް ފަހު ރަޝިޔާގެ އެސްޓްރޮނޯޓުން ކަމަށްވާ ޑެނިސް މަޓްވެޔޭވް، އޮލެގް އާޓެމިޔޭވް އަދި ސާގީ ކޯސަކޯވް ވަނީ އައިއެސްއެސްއާ ޑޮކްކޮށްފަ އެވެ. އެ މަންޒަރުތައް ވަނީ ނާސާ އާއި ރަޝިޔާގެ ޖައްވީ އެޖެންސީ ރޮސްކޮސްމޮސް އިން ވަގުތުން ދައްކައިފަ އެވެ.
އެ ތިން މީހުން ކުރިއަށް އޮތް ހަ މަސްދުވަހު އައިއެސްއެސްގައި ސައެންސް މިނިޝަނެއް ކުރިއަށް ގެންދާނެ އެވެ. އައިއެސްއެސްގައި މިހާރު ތިބި ރަޝިޔާގެ ތިން ކްރޫން މި މަހު 30 ގައި ބިމަށް އަންނާނެ އެވެ.
އައިއެސްއެސް އަށް އެއްބާރުލުން ދިނުން ރަޝިޔާ ހުއްޓާލަނީ
ޖައްވީ ސްޓޭޝަން މިހާރު ދަނީ ހަލާކުވަމުން
އައިއެސްއެސް އިން ލީކުވާ ތަން އަދިވެސް ނުހޯދޭ
ރަޝިއާގެ އެހީއާ ނުލައި އެމެރިކާ ޖައްވީ ސްޓޭޝަނަށް
އެމެރިކާއިން ބޭނުންވަނީ ޒެލެންސްކީގެ އިސްތިއުފާ؟
ޔުކްރެއިން ހަނގުރާމަ މެދުކަނޑާލަން ހުށަހަޅައިފި
ޓްރަމްޕާއި ޒެލެންސްކީ މީޑިއާ ކުރިމަތީގައި ޒުވާބުކޮށްފި
ރަޝިޔާއާ ދެކޮޅެއް ނޫން، ބޭނުންވަނީ ހަމަޖެހުން: ނަޝީދު
ޒެލެންސްކީއަކީ ޑިކްޓޭޓަރެއް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ޔުކްރެއިން ހަނގުރާމަ ހުއްޓާލަން މަޝްވަރާ ފަށަނީ