Roadha Mihaaru

އެމެރިކާއިން ބުނަނީ ހަނގުރާމަ ހުއްޓުވޭނެ ވެރިޔަކު ޔުކްރެއިނަށް ބޭނުންވާ ކަމަށް

ޔުކްރެއިނާއި ރަޝިޔާއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެންނަން ބޭނުންވާ ނަމަ ޔުކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ދޭހަވާ ގޮތަށް އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މައިކް ވޮލްޒް ވާހަކަ ދައްކަވައިފި އެވެ.

އެމެރިކާއިން ބޭނުންވަނީ ޒެލެންސްކީގެ އިސްތިއުފާ؟

ޔުކްރެއިނާއި ރަޝިޔާއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެންނަން ބޭނުންވާ ނަމަ ޔުކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ދޭހަވާ ގޮތަށް އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މައިކް ވޮލްޒް ވާހަކަ ދައްކަވައިފި އެވެ.

"ބޭނުންވަނީ އަހަރެމެންނާއި ރަޝިޔާއާ އެކު ވެސް ވާހަކަ ދައްކައި މި ހަނގުރާ ނިމުމަކަށް ގެނެވޭނެ ވެރިއެއް," ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ވޮލްޒް ވިދާޅުވި އެވެ.

"ހަނގުރާމަ ހުއްޓުމުގެ މަގާ ދުރަށް ދަނީ ރައީސް ޒެލެންސްކީގެ އަމިއްލަ ނުވަތަ ސިޔާސީ މަގުސަދެއްގައި ނަމަ ހަމަ ހަގީގަތުގައި ވެސް މިއީ ވަރަށް ބޮޑު މައްސަލައެއް."

އޭނާ މިހެން ވާހަކަ ދައްކަވާފައި މި ވަނީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގައި ރަޝިޔާއަށް ބައެއް ކަންކަމުގައި ދޫ ދިނުމާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޒެލެންސްކީ ވައިޓް ހައުސްގައި ބޭއްވި މަޝްވަރާތަކަށް ފަހު މީޑިއާ ކުރިމަތީ ހުތުރު ޒުވާބަކުން ނިމި މައްސަލަ ހޫނުވެފައި ވަނިކޮށެވެ.

މި ހިނގި ޒުވާބަށް ފަހު ޔޫރަޕްގެ ގައުމުތަކުގެ ވެރިން ގެންދަނީ ޒެލެންސްކީއަށް ތާއީދުކޮށް ޔުކްރެއިނަށް އެހީވުމުގައި މަސައްކަތް ކުރަމުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ރައީސް, ރިޕަބްލިކަން ޕާޓީގެ މައިކް ޖޯންސަންސް ވެސް ވަނީ ޒެލެންސްކީ ގޮތް ދޫކޮށް އަލުން މަޝްވަރާއަށް އައުމަށް ނުވަތަ އެކަން ކުރެވޭނެ މީހަކަށް ފުރުސަތު ދިނުމަށް ގޮވާލައްވައިފަ އެވެ.

"ގޮތެއް ނިންމުން އޮތީ ޔުކްރެއިން ރައްޔިތުންގެ އަތްމަތީގައި. އެކަމަކު ޒެލެންސްކީ މިކަމުގައި ކުރަން ކޮންމެހެން ޖެހޭ ކަންކަން ކުރަން އެބަ ޖެހޭ," އޭނާ ވިދާޅުވި އެވެ.

ޓްރަމްޕާއި ޒެލެންސްކީގެ ޒުވާބުގައި ޓްރަމްޕް ވަނީ ޒެލެންސްކީ ގޮތް ދޫނުކޮށް ހުންނަން ބޭނުން ނަމަ ހުންނަންވީ ކަމަށާއި އެކަމުން ޔުކްރެއިނަށް ވާނެ މޮޅެއް ނެތް ކަމަށެވެ. ޒެލެންސްކީ އަކީ ޝުކުރުވެރިނުވާ ބޭފުޅެއް ކަމަށާއި މީޑިއާ ކުރިމަތީ އެމެރިކާ ސަރުކާރަށް ކުޑައިމީސްކޮށް މުޅި އެމެރިކާއަށް އިހުތިރާމު ކުޑަކޮށްފި ކަމަށް ވެސް ވިދާޅުވި އެވެ.