އިސްލާމީ މަރުކަޒުގެ އިމާމް ޗުއްޓީ ނެންގެވުމުން ޑިއުޓީ ޓޭބަލް އޮޅިގެން ރޭ ފަތިސް ނަމާދު ބަންގި ގޮވާނެ މީހަކު ނެތި އާންމުންގެ މީހަކު އިމާމްވެ ނަމާދުކޮށްފި އެވެ.
20 މާޗް 2022
އިސްލާމީ މަރުކަޒުގެ އިމާމް ޗުއްޓީ ނެންގެވުމުން ޑިއުޓީ ޓޭބަލް އޮޅިގެން ރޭ ފަތިސް ނަމާދު ބަންގި ގޮވާނެ މީހަކު ނެތި އާންމުންގެ މީހަކު އިމާމްވެ ނަމާދުކޮށްފި އެވެ.
މިއީ އިސްލާމިކް މިނިސްޓްރީ ވެސް ހިމެނޭ އިސްލާމީ މަރުކަޒުގައި ފަހުގެ ތާރީހެއްގައި މިފަދަ ކަމެއް ހިނގި ފުރަތަމަ ފަހަރެވެ.
ރޭ ފަތިސް ނަމާދަށް މިސްކިތަށް ދިޔަ މީހަކު "މިހާރު" އަށް ބުނީ 4:58 ގައި ބަންގި ގޮވާ ވަގުތު ޖެހުނު އިރު ވެސް އިމާމަކު ނާންނަ ކަމަށާއި އޭގެ ފަހުން ވެސް އިމާމަކު ނައުމުން އިމާމްވެ ނަމާދު ކުރަން ފެށީ އާންމުންގެ ތެރެއިން މީހަކު ކަމަށެވެ.
"އެހެން މިސްކިތްތަކުން ބަންގި ގޮވަން ފެށިއިރު ވެސް އެންމެ ބޮޑު އިސްލާމީ މަރުކަޒުން ބަންގިއެއް ނުގޮވާ. އެންމެ ފަހުން އާންމުންގެ މީހަކު މައިކު ވެސް ނާޅާ ނަމާދު ކުރީ. ދެ ސަފު ފުރާ މީހުން ތިބި. މުދިމެއް ނެތް،" އޭނާ ބުންޏެވެ.
އެނގިފައިވާ ގޮތުގައި ފަތިސް ނަމާދަށް ބަންގި ގޮވާނެ އިމާމަކު މިސްކިތައް ނައިީ އެއް އިމާމެއް ޗުއްޓީ ނެންގެވުމުން ޑިއުޓީ އަށް އެރި އޮޅުމެއްގެ ސަބަބުންނެވެ.
މިކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.
40 އަހަރުވިޔަސް ހާޖީދާރުގެ ހިތުގައި އެ ހަނދާންތައް
ހއ. ދިއްދޫ އިސްލާމީ މަރުކަޒު ރަސްމީކޮށް ހުޅުވައިފި
ދެ މިސްކިތަކަށް ގެއްލުން ދީފި، އެކަކު ހައްޔަރަށް
ބޮޑުގެ މިސްކިތް އެޅުމުގެ މަސައްކަތް ފަށައިފި
"ބާ މިސްކިތްތަކުގެ ބަދަލުގައި އާ މިސްކިތްތައް އަޅާނެ"
"އިސްލާމީ މަރުކަޒަކީ ގެންނެވި ބޮޑު ބަދަލުގެ ރަމްޒެއް"
އިސްލާމީ މަރުކަޒުގެ ޑިޒައިނަރު 40 އަހަރު ފަހުން އެ މިސްކިތަށް
އަމިއްލަ މިސްކިތްތައް ދެ އަހަރުން ނިންމަން ލާޒިމުކޮށްފި
ރާއްޖޭގެ ހުރިހާ ރަށެއްގައި މާދަމާ ރޭ ކޭތަ ނަމާދުކުރާނެ
ހުޅުމާލެ2 ގައި ދެ މިސްކިތް އަޅަން ބިން ހަވާލުކޮށްފި