މ. މުއިވެޔޮދޮށުގެ (ބޮޑުގެ) ސަރަހައްދުގައި އަލަށް އިމާރާތްކުރާ ޒަމާނީ މިސްކިތާއި ދައުވާ ސެންޓަރުގެ ބިންގާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަޅުއްވައި ދެއްވައިފި އެވެ.
މ. މުއިވެޔޮދޮށުގެ (ބޮޑުގެ) ސަރަހައްދުގައި އަލަށް އިމާރާތްކުރާ ޒަމާނީ މިސްކިތާއި ދައުވާ ސެންޓަރުގެ ބިންގާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަޅުއްވައި ދެއްވައިފި އެވެ.
'މަސްޖިދުއް ދައުވާ' ގެ ނަމުން ނަން ދިނުމަށް ހަމަޖެހިފައިވާ 1،250 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ގޮތަށް އިމާރާތްކުރާ ކުރާ ޒަމާނީ މިސްކިތަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަހިވާ ގޮތަށް އަދި ގިނަ ވަސީލަތްތަކެއް ހިމެނޭ މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މިގޮތުން މިސްކިތުގެ ގްރައުންޑް ފްލޯގައި މައި ނަމާދު ކުރާ ބައި، ވުލޫއު ކުރާ ސަރަޙައްދު އަދި ފާހާނާބަރި، ދެވަނަ ބުރީގައި އަންހެނުން ނަމާދު ކުރާ ބައި އެއްވަނަ ބުރީގައި ނަމާދުކުރާ ބައި، އިއުތިކާފް ސަރަހައްދު ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.
އަދި މިސްކިތުގެ ދެވަނަ ބުރީގައި 150 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި ޒަަމާނީ ކްލާސްރޫމްތަކެއްގެ އިތުރުން ލައިބްރަރީއަކާއި އެޑްމިން އޮފީސް ގާއިމް ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން މިސްކިތުގެ ޓެރަސްއަކީ ވެސް ނަމާދު ކުރެވޭ ގޮތަށް ހަދާ ތަނެކެވެ.
މ. ބޮޑުގެ ސަރަހައްދުގައި މިސްކިތް އެޅުމުގެ މަސައްކަތް ފެށުން. --ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މި މިސްކިތް ބިނާކުރާ މި ބިމަކީ ކުރީގައި ވެސް ތައުލީމީ އެކި ހަރަކާތްތައް ކުރިއަށް ގެންދިޔަ ތަނެއް ކަން އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ފާހަގަކުރެއްވި އެވެ.
"މި މަޝްރޫއު ވެސް ކުރިއަށް ދަނީ މިގޮތުގެ މަތިން އަޅުކަމާއި ތައުލީމާއި އިޖުތިމާއީ އެކި ހަރަކާތްތައް ވެސް މި ސެންޓަރުގައި ކުރެވޭ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ މި މިސްކިތުގެ މި މަޝްރޫއުއަކީ އަމިއްލަ ފަރާތްތަކަކުން ހަރަދުކުރާ މަޝްރޫއެކެވެ. މި މަޝްރޫޢު ނިންމުމަށް ދީފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ.
މާލޭގައި ހުރި ބާ މިސްކިތްތަކުގެ ބަދަލުގައި އާ މިސްކިތްތައް އަޅާނެ ކަމަށް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފަ އެވެ. މިިގޮތުން، މިދިޔަ އަހަރުގެ ފަހުކޮޅު މަސައްކަތް ފެށި ބަރުބަރީ މިސްކިތް ނިންމައި އަންނަ ޑިސެމްބަރު މަހު ހުޅުވުމުގެ އިތުރުން، ޒިކުރާ މިސްކިތް އަޅަން ވެސް އަންނަ ޖެނުއަރީ މަހު ފަށާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ނަގުދު ފައިސާ ވަގުފު ކުރެވޭނެ ނިޒާމެއް ގާއިމްކޮށްފި
އިސްލާމިކް މިިނިސްޓްރީގެ 27މިލިއަންގެ ދަރަނި އަދާކޮށްފި
"ރޯދަމަހުގެ ކުރިން 15 ވަރަކަށް މިސްކިތް ހުޅުވާނެ"
ހުޅުމާލޭ ވަގުފް އިމާރާތުގެ ބިންގާ އަޅައިފި
ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވާ މީހުން ހޮވައިފި
ގުރުއާން މުބާރާތުގެ އެއް ވަނަ އަށް 75،000ރ.
ހާފިޒުންނަށް އިނާމާއި މެޑަލް ދެން ދޭނީ 27 ވިލޭރޭ
ހުޅުމާލެ2 ގައި ދެ މިސްކިތް އަޅަން ބިން ހަވާލުކޮށްފި
މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާހު ކޮށްދެއްވައިފި
ހުޅުމާލެ 2 ގައި މިސްކިތެއް އަޅަން ބިން ހަވާލުކޮށްފި