Roadha Mihaaru
އެކްސިޑެންޓެއްގައި އިންޑިއާގެ ތަރިއަކު މަރުވެއްޖެ

ކާރު އެކްސިޑެންޓެއްގައި އިންޑިއާގެ ތަރިއަކާއި އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ މަރުވެއްޖެ

22 މާޗް 2022

އިންޑިއާގެ ތެލުގޫ ފިލްމުތަކުގައި ވަރަށް މަޝްހޫރު އެކްޓްރެސްއެއް ކަމަށްވާ ގަޔަތުރީ އާއި އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.

އިންޑިއާގެ ތެލުގޫ ފިލްމުތަކުގައި ވަރަށް މަޝްހޫރު އެކްޓްރެސްއެއް ކަމަށްވާ ގަޔަތުރީ އާއި އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.

ޑޮލީ ޑި ކްރޫޒްގެ ނަމުން މަޝްހޫރު ގަޔަތުރީ އަކީ ތެލުގޫ ވެބް ސީރީޒެއް ކަމަށްވާ "މެޑަމް ސާ މެޑަމް އަންތޭ" އިން ބެލުންތެރިންގެ މެދުގައި ވިދާލި ތަރިއެކެވެ.

އުމުރުން 26 އަހަރުގެ ގަޔަތުރީ މަރުވީ ހައިދަރްއާބާދުގެ ގަޗިބޯލީ ސަރަހައްދުގައި ހިނގި އެ ނުރައްކާތެރި އެކްސިޑެންޓެއްގަ އެވެ. އެ އެކްސިޑެންޓް ހިނގީ މިދިޔަ ހުކުރު ދުވަހުގެ ރޭ ހިންދޫން ފާހަގަކުރާ ހޮލީގެ ހަރަކާތެއްގައި ބައިވެރިވެފައި އެނބުރި ގެއަށް ދިޔަ މަގުމަތީގަ އެވެ.

އެ އެކްސިޑެންޓް ހިނގިއިރު ކާރު ދުއްވަން އިނީ އޭނާގެ އެކުވެރިޔާ ރާތޯޑެވެ. ކާރުގެ ކޮންޓްރޯލް ނެއްޓި މަގުގެ މެދު ފާހަގަކުރާ ޑިވައިޑަރުގައި ޖެހިގެން އެކްސިޑެންޓްވިއިރު، ހަމަ އެތަނުގައި ގަޔަތުރީ މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު އޭނާގެ އެކުވެރިޔާ މަރުވީ ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށްވެ އެވެ.

މީގެ 10 ވަރަކަށް އަހަރު ކުރިން ފިލްމީ ދާއިރާ އަށް ނިކުތް ގަޔަތުރީ ވަނީ 30 ފިލްމުގައި މަސައްކަތްކޮށްފަ އެވެ. އޭނާގެ ކުރިއަށް އޮތް މަސައްކަތަކީ ޝޫޓިންތައް އެކީ ނިމި، މިއަ ހަރު ސިނަމާތަކުގައި އަޅުވާ ގޮތަށް ހަމަޖެހިފައިވާ އެކްޝަން ތުރިލާއެއް ކަމަށްވާ "ވިކްރަމް" އެެވެ.