އިންޑިއާގެ ކޮޗިންގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި ތިން އަންހެނަކަށް ވަރަށް ބޮޑަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
10 ފެބުރުއަރީ 2024
އިންޑިއާގެ ކޮޗިންގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި ތިން އަންހެނަކަށް ވަރަށް ބޮޑަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
އެއީ އުމުރުން 25 އަހަރުގެ ދަރިފުޅާއި އޭނާގެ 50 އަހަރުގެ މަންމަ އާއި 54 އަހަރުގެ ބޮޑުދައިތަ އެވެ. އެއީ ރ. އަލިފުއްޓަށް އުފަން އާއިލާއެއްގެ ބައެކެވެ.
ކިމްސް ހޮސްޕިޓަލާ 40 ވަރަކަށް ކިލޯމީޓަރު ދުރުގައި އެކްސިޑެންޓުގައި އަނިޔާވި، އެކެއްގެ ފިރިމީހާ "މިހާރު" އަށް ބުނީ އެކްސިޑެންޓު ހިނގީ ކޮޗިން ކައިރީގައި ހުރި ހޮސްޕިޓަލަކަށް ޑޮކްޓަރަށް ދައްކަން ދިއުމަށް ފަހު، އަނބުރާ ޓްރިވެންޑްރަމަށް ދިޔަ މަގުމަތީގައި ކަމަށެވެ.
ރޭ 11:30 ގައި ފެށި ދަތުރުގައި އެކްސިޑެންޓު ހިނގަން މެދުވެރިވީ ހައިވޭ މަތިން ކާރު ޑްރައިވަރު އެއް ފަޅީގައި މަޑުކޮށްލި ވަގުތު އަނެއް ފަޅިން އައި ކާރެއްގައި ޖެހިގެން ކަމަށެވެ.
މި އެކްސިޑެންޓުގައި ތިން މީހުންނަށް ވެސް އެކި ވަރުގެ އަނިޔާތައް ވަނީ ވެފަ އެވެ. އުމުރުން 25 އަހަރުގެ އަންހެން މީހާގެ މޫނުމަތިން ދެ ތަނެއް ފަޅައިގެން އޭނާގެ މަންމަގެ ފައި ބިނދި މޫނަށް ވެސް އަނިޔާ ވެފައިވާ ކަމަށް އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ. އޭނާ ބުނީ، އެކްސިޑެންޓު ހިނގި ވަގުތު ބޮޑުދައިތަގެ މޫނަ މަތި ފަޅައިގެން ގޮސް ހޭނެތުނު ކަމަށާއި އޭނާ މިހާރު ހޭ އަރާފައިވާ ކަމަށެވެ.
އެ ތިން މީހުން ވަގުތުން ހޮސްޕިޓަލަށް ގެންގޮސް، އަނިޔާވި ދެ މައިންގެ ސާޖަރީ މިހާރު ވަނީ ފަށައިފަ އެވެ. ހޭ ނެތުނު މީހާއާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް އޭނާ ބުންޏެވެ. ތިން މީހުން ވެސް މިވަގުތު އޮތީ ކްރިޓިކަލް ހާލަތުގަ އެވެ.
ކޮޗިންގައި ހިނގި އެކްސިޑެންޓުގައި ދިވެއްސަކަށް އަނިޔާ
ކޮޗިންގެ އެކްސިޑެންޓެއްގައި ދިވެއްސަކު މަރުވެއްޖެ
އެކްސިޑެންޓުގައި އަނިޔާވި އެކަކު ރާއްޖެއިން ބޭރަށް
އިންޑިއާގައި މާރިޔާ ދަތުރުކުރި މޮޓޯކޭޑް އެކްސިޑެންޓުވި
އެއާބަސް އޭ330 ގައި ކޮޗިން އާއި ޓްރިވަންޑްރަމަށް
ކޮޗިން/ޓްރިވެންޑްރަމް ޓިކެޓުން ބޮޑު ޑިސްކައުންޓެއް
ރާއްޖެ-ކޮޗިން ކާގޯ ދަތުރުތައް ފަށައިފި
ކަރަންޓީނަށް ފަހު ފަރުވާ ފެށުމަކީ އަމްރިތާގެ ނިންމުމެއް
ރާއްޖެ-ކޮޗިން ފެރީ ދަތުރުތައް 3 މަސްތެރޭގައި ފަށަނީ
ޔޫންގެ އޮޕަރޭޝަން އަމްރިތާ އިން ކުރެވޭ: އާސަންދަ