24 މާޗް 2022
ބައިނަލްއަގްވާމމީ އެކުވެރިކަމުގެ މެޗުގައި ބަންގްލަދޭޝްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ރާއްޖެއިން ކާމިޔާބު ހޯދައިފި އެވެ.
ބައިނަލްއަގްވާމމީ އެކުވެރިކަމުގެ މެޗުގައި ބަންގްލަދޭޝްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ރާއްޖެއިން ކާމިޔާބު ހޯދައިފި އެވެ.
ނޮވެމްބަރު މަހު ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވެފައިވުމުން، މިރޭގެ މެޗަށް ނުކުތުމުގެ ކުރިން ގައުމީ ކެޕްޓަން އަކުރަމް އަބްދުލް ގަނީ ބުނެފައި ވަނީ، ބަންގްލަދޭޝް އާދެކޮޅަށް ނުކުންނަނީ އެމެޗުން ބަލިވުމުން ބަދަލު ހިފުމުގެ ރޫހެއްގައި ކަމަށެވެ.
ކުޅުން ފަށައިގެން ރާއްޖެއިން ވަނީ ބަންގްލަދޭޝްގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ބޯޅައެއް ފޮނުވައިލައިފަ އެވެ. މެޗުގެ ފުރަތަމަ މިނެޓްގައި ވިންގް ބެކްގެ ރޯލް އަދާކުރަމުން ދިޔަ ހުސައިން ޝިފާއު ޔޫސުފް (ކުރޯ) ނަގައިދިން ބޯޅައިން ނާއިޒު ހަސަން ގޯލްގެ ނިއާޕޯސްޓަށް އަމާޒުކޮށް ފޮނުވައިލި ބޯޅަ ބަންގްލަދޭޝްގެ ކީޕަރު އަނީސުއް ރަހްމާން ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލީ އެވެ.
މެޗުގެ 23 ވަނަ މިނެޓްގައި ބަންގްލަދޭޝްގެ އޭރިއާގެ ބޭރުން ރާއްޖެއަށް ލިބުނު ހިލޭ ޖެހުން މުހައްމަދު އުމައިރު ނަގައިދިނުމުން ސަމޫހް އަލީ (ސަމުއްޓޭ) ޖަހަން އުޅުނު ބޯޅަ ފައި ހޫރާލިނަމަވެސް އޭނާގެ ފައިގައި ބޯޅަ ލައްވައެއް ނުލި އެވެ.
ރާއްޖޭގެ ދެވަނަ ލަނޑު ޖެހުމަށް ފަހު އިބްރާހިމް މަހްދީ ހުސައިން އުފާފާޅު ކުރަނީ --- ފޮޓޯ: އެފްއޭއެމް
މެޗުގެ 24 ވަނަ މިނެޓްގައި ބަންގްލަދޭޝްގެ ޔާސިން އަރަފާތު ރާއްޖޭގެ އޭރިއާގެ ތެރެއަށް ނަގައިދިން ބޯޅަ އަށް ހުސްކޮށް އެރި އެމްޑީ ސުމަން ވަނީ ބޮލުން ޖަހައިފަ އެވެ. އޭނާ ބޮލުން ޖެހި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. ޖެހިގެން އައި މިނެޓްގައި ވެސް ބަންގްލަދޭޝްއިން ރާއްޖޭގެ ގޯލަށް ނުރައްކާ ކުރި އެވެ.
މެޗުގެ 38 ވަނަ މިނެޓްގައި ރާއްޖޭގެ ފުރަތަމަ ލަނޑު ޖެހީ ހަސަން ރާއިފް އަހްމަދު (ހަންނަ) އެވެ. އޭރިއާގެ ބޭރުގައި ހުރެފައި މުހައްމަދު އުމޭރު ދިން ބޯޅަ ރާއިފް ފޮނުވައިލީ ކީޕަރު އަނީސުއް ރަހްމާންގެ ފައި ދަށުންނެވެ. މިއީ ގައުމީ ޓީމުގެ ޖޯޒީގައި ފުރަތަމަ 11ގައި ހިމެނިގެން ހަންނަ ކުޅެން ނުކުތް ދެވަނަ މެޗެވެ. މިއީ ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ލަނޑެވެ.
ރާއްޖޭގެ ދެވަނަ ލަނޑު، އިބްރާހިމް މަހްދީ ހުސައިން ޖެހީ ރާއްޖޭގެ މިޑްފީލްޑްލައިނުން އޭނާ އަށް ތަނަވަސްކޮށްި ދިން ބޯޅައިންނެވެ. އޭނާ އަށް ބޯޅަ ލިބުމުން ބޯޅަ އޭނާގެ ކޮންޓްރޯލް ދަށަށް ގެނައުމަށް ފަހު އޭނާ ވަނީ އޭރިއާ ތެރެއަށް ވަން ގޮތަށް ގޯލްގެ މަތީ ކަނަށް އަމާޒުކޮށް ބޯޅަ ވައްދައިލައިފަ އެވެ. ބަންގްލަދޭޝްގެ ކީޕަރު އަނީސުއް ރަހްމާން ހުރި ދިމާލަށް ބޯޅަ ދިޔަނަމަވެސް ދަނޑިއާ ކައިރިން ދިއުމުން އޭނާ އަށް އެބޯޅަ ދިފާއު ކުރަން އުނދަގޫވި އެވެ.
ބަންގްލަދޭޝް ކުޅުންތެރިން ކައިރިން ބޯޅަ ހިފައިގެންދާން ހަންނަ މަސައްކަތް ކުރަނީ: މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑު --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރާއްކެއިން ދެވަނަ ލަނޑު ޖެހުމުގެ ކުރިން ވެސް ދެވަނަ ހާފު ބަންގްލަދޭޝްއިން ކުޅެމުން ދިޔައީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ތިބެ އެވެ. ރާއްޖެ ލަނޑު ޖެހިފަހުން ބަންގްލަދޭޝްގެ މުހައްމަދު އިބްރާހިމް ވަނީ ރާއްޖޭގެ ގޯލަށް އަމާޒުކޮށް ބާރު ބޯޅައެއް ފޮނުވައިލައިފަ އެވެ. އެބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.
މެޗުގެ 69 ވަނަ މިނެޓްގައި ރާއްޖެ އަށް ތިންވަނަ ލަނޑެއް ޖެހުނު ކަމަށް ހީކޮށް ސަޕޯޓަރުންގެ އަޑު ގަދަވި އެވެ. އިބްރާހިމް އައިސަމް (ޓޯނީ) ދިން ތުރޫ ބޯޅަ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް އަބްދުﷲ ޔާމީން (ޔާން) ވަނީ ބަންގްލަދޭޝްގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއަށް ވަދެ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވައިލި އެވެ. ޔާން އުފާފާޅު ކުރި ނަމަވެސް ލައިސްމަން ހުރީ އޮފްސައިޑް ކަމަށް ދިދަ ނަގައިގެންނެވެ.
އޭގެ ފަހުން ޔާން އޭރިއާގެ ބޭރުން ފޮނުވައިލި ބޯޅައެއްގައި ނުރައްކާ ކުރި އެވެ. އެކަމަކު އޭނާ ކުރިއަށް ފޮނުވައިލި ބޯޅަ ދިޔައީ ހުރަސް ދަނޑިއާ އިންޗިއެއްހައި މަތިން ބޭރަށެވެ.
މިއީ ރާއްޖޭގެ ފެއިލިއާއެއް: ސުޒޭން
ރާއްޖޭގެ މެޗަކީ ބަންގްލަދޭޝްއަށް އެންމެ މުހިންމު މެޗު
ކޮލިފައިން ޕްރިލިމިނަރީގައި ރާއްޖެ ބަންގްލަދޭޝާ ދެކޮޅަށް
ނެގެޓިވް ވާހަކައެއް ދައްކަން ސުޒޭން ބޭނުމެއް ނޫން
ރާއްޖޭގެ އުންމީދު ފެނަށް، ކޮލިފައިންއިން ޖާގަ ނުލިބުނު
މެޗުގެ ޕްރޮމޯޝަނެއް ނެތް، އެފްއޭއެމް އަތްއުރާލައިގެން
ހިތްދަތި ނަތީޖާއަކުން ރާއްޖެއަށް މުބާރާތް ނިމިއްޖެ
ބޫޓާން އަތުން ބަލިވެ ރާއްޖެ މުބާރާތުން ކެޓުމުގެ ބިރު
ވަރުގަދަ މެޗެއް؛ ކޮރެއާއަށް ރާއްޖޭގައި ބޮޑު ލަދެއް
ބަންގްލަދޭޝްގެ ދަނޑު ރަނގަޅު، އެޑްވާންޓޭޖް ރާއްޖެއަށް