އައިޓީބީގެ ޑިޖިޓަލް ބިޒްނަސް ޑޭގައި އެމްއެމްޕީއާރުސީން ބައިވެރިވެއްޖެ އެވެ.
25 މާޗް 2022
އައިޓީބީގެ ޑިޖިޓަލް ބިޒްނަސް ޑޭގައި އެމްއެމްޕީއާރުސީން ބައިވެރިވެއްޖެ އެވެ.
އައިޓީބީ ބާލިން އަކީ ދުނިޔޭގެ ފެންވަރުގައި ބާއްވާ ޓޫރިޒަމްގެ އެންމެ ބޮޑު ޓްރޭޑް ޝޯ އެވެ. މި އަހަރުގެ އައިޓީބީ ވާޗުއަލް އިވެންޓުގެ ބައްދަލުވުންތައް ބާއްވާފައިވަނީ ފަސޭހަ ނެޓްވޯކިން ޓޫލްތަކާއި، އޯޑިއޯ މެސެޖިން ޓޫލްތައް މެދުވެރިކޮށެވެ.
މި ބައްދަލުވުމުގައި ދުނިޔޭގެ އެކި ގައުމުތަކުގެ ޓޫރިޒަމް ދާއިރާގެ ފަރާތްތަކާ އެމްއެމްޕީއާރުސީން ބައްދަލުކުރި އެވެ.
މި އިވެންޓުގައި ބައިވެރިންނަށް ވަނީ ސްޕީޑް ނެޓްވޯކިން ސެޝަންތަކުގައި ބައިވެރިވުމަށް ފުރުސަތު ފަހިކޮށްދީފަ އެވެ. މިއީ ބައިވެރިވާ ފަރާތްތަކުގެ ޕްރޮފައިލް އަދި ބިޒްނަސް އިންޓްރެސްޓްއަށް ބަލާ، އެންމެ ބޭނުންތެރިވާނެ ފަދަ ފަރާތްތަކާއި ބައްދުލުވުންތައް އޮޓަމެޓިކުން އިންތިޒާމްކޮށްދީފައިވާ ސެޝަންތަކެކެވެ.
އެެމްއެމްޕީއާރުސީން މި ހަރަކާތުގައި ބައިވެރިވެފައިވަނީ ޖަރުމަނު ވިލާތް، އަދި ދުނިޔޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރާއްޖެ އަކީ ޓޫރިސްޓުން ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމަށް ކަމަށް އެއިދާރާއިން ބުންޏެވެ.
މި ހަރަކާތުގައި، ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ ފަހުގެ ގައިޑްލައިންތަކާއި މައުލޫމާތު ވަނީ ބައްދަލުވުންތަކުގައި ބައިވެރިވި ފަރާތްތަކާ ހިއްސާކޮށްފަ އެވެ.
އައިޓީބީ ފެއާގައި އަންނަ އަހަރު ބޮޑުމަސް ފެންނާނެ
ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަނަށް ރާއްޖެ ނޮމިނޭޓްވެއްޖެ
ރާއްޖެ އިޝްތިހާރު ކުރަން ސުޕަ ޔޮޓް ކެމްޕެއިނެއް
އަމާޒަށް ދާން ބާކީ ހަތް ލައްކަ ޓޫރިސްޓުން ބޭނުންވޭ
ޓޫރިޒަމްގެ ނަންބަރު މަތި، އަދިވެސް މަތިކޮށްލަންޖެހޭ!
ޓޫރިޒަމް ދާއިރާ އަށް ހާއްސަ ޑޭޓާ ޕްލެޓްފޯމެއް
މާލީ ބުރަބޮޑުވެ އެމްއެމްޕީއާރްސީގެ ކުރިމަގާ މެދު ޝައްކު
ޑަބްލިއުޓީއޭގެ މުހިއްމު ދެ އެވޯޑެއް ރާއްޖެއަށް
މެދުއިރުމަތީގެ އިންފްލުއެންސަރު ހާލިދު ރާއްޖޭގައި
ބޮލީވުޑްގެ ފަންނާނުންނާ އެކު ރާއްޖެ ޕްރޮމޯޓްކޮށްފި