ދުނިޔޭގެ އެންމެ ޝަރަފުވެރި ޓޫރިޒަމް އެވޯޑު، ވޯލްޑް ޓްރެވަލް އެވޯޑްސްގެ މި އަހަރުގެ ވޯލްޑް ލީޑިންގް ޑެސްޓިނޭޝަން އަދި ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަންގެ މަގާމަށް ރާއްޖެ ނޮމިނޭޓް ވެއްޖެ އެވެ.
ދުނިޔޭގެ އެންމެ ޝަރަފުވެރި ޓޫރިޒަމް އެވޯޑު، ވޯލްޑް ޓްރެވަލް އެވޯޑްސްގެ މި އަހަރުގެ ވޯލްޑް ލީޑިންގް ޑެސްޓިނޭޝަން އަދި ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަންގެ މަގާމަށް ރާއްޖެ ނޮމިނޭޓް ވެއްޖެ އެވެ.
މިދިޔަ ފަސް އަހަރު ވެސް ރާއްޖެއިން ވަނީ ޓޫރިސްޓުންގެ މެދުގައި ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ މަގާމު ދިފާއުކޮށްފަ އެވެ. މިއަހަރު ރާއްޖެއިން އަންނަނީ އެ މަގާމުގެ އިތުރުން ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ވެސް ވާދަކުރަމުންނެވެ. އެ ދެ އެވޯޑަށް ނޮމިނޭޓްވެފައިވާ އިރު ވޯޓުލުން ކުރިއަށް ދާނީ މިމަހުގެ 6 އިން 26 ގެ ނިޔަލަށެވެ.
އެ މަގާމު ހާސިލުކުރެވިއްޖެ ނަމަ، ރާއްޖޭއިން ތިމާވެށި ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި އާދަތައް ޓޫރިޒަމްގެ ސިނާއަތުގައި އެކަށައެޅުމަށް ކުރާ މަސައްކަތުގެ ކާމިޔާބީ ދުނިޔޭގެ ފެންވަރުގައި ގުނާލެވޭނެ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ.
"މިއީ ރިސޯޓް، ގެސްޓް ހައުސް، ލިވްއަބޯޑް އަދި މުޅި ސިނާއަތުގެ ބައިވެރިންގެ ބައިވެރިވުން ހިމެނޭ ބޮޑު ޝަރަފެއް. ވޯޓުލުން ފެށުމާ އެކު މި މަގާމުތައް ދިފާއުކުރުމަށް ހުރިހާ އެންމެން ގުޅިގެން ފޯރީގައި ވޯޓުދެއްވުމަކީ ދިވެހީންގެ ފަހުރުކަމަށްވާ ފަތުރުވެރިކަން ކުރިއެރުވުމަށް ލިބޭނެ ބޮޑު ހިތްވަރެއް." ވިޒިޓް މޯލްޑިވްސް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވި އެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް ދޭން ފެށީ 1993 ގަ އެވެ. އެ އެވޯޑްގެ މަގުސަދަކީ ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރާއި ޓޫރިޒަމްގެ ސިނާއަތުގެ ހުރިހާ ދާއިރާއަކުން ހޯދާ ކާމިޔާބީތައް ފާހަގަކުރުމެވެ.
ޓޫރިޒަމްގެ ނަންބަރު މަތި، އަދިވެސް މަތިކޮށްލަންޖެހޭ!
ޓޫރިޒަމް ދާއިރާ އަށް ހާއްސަ ޑޭޓާ ޕްލެޓްފޯމެއް
މާލީ ބުރަބޮޑުވެ އެމްއެމްޕީއާރްސީގެ ކުރިމަގާ މެދު ޝައްކު
ޑަބްލިއުޓީއޭގެ މުހިއްމު ދެ އެވޯޑެއް ރާއްޖެއަށް
މެދުއިރުމަތީގެ އިންފްލުއެންސަރު ހާލިދު ރާއްޖޭގައި
ބޮލީވުޑްގެ ފަންނާނުންނާ އެކު ރާއްޖެ ޕްރޮމޯޓްކޮށްފި
ގޮންޖެހުންތަކާއެކު ވެސް ޝިއުރީގެ ޔަގީންކަން ބޮޑު
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ބޮޑު ހަރަކާތެއް!
ޓޫރިޒަމުން 5 ބިލިއަން ޑޮލަރު ހޯދަން އަމާޒު ހިފައިފި
"މާސްޓަ ޝެފް" ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ