Roadha Mihaaru
އިންޑިއާގެ ފޮރިން މިނިސްޓަރު އައްޑު އަށް

ދެ އެއްބަސްވުމެއްގައި ސޮއިކުރައްވަން އިންޑިއާގެ ފޮރިން މިނިސްޓަރު ސީދާ އައްޑު އަށް

26 މާޗް 2022

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރު ރަސްމީ ދަތުރެއްގައި އައްޑު އަށް ވަޑައިގަންނަވަން ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރު ރަސްމީ ދަތުރެއްގައި އައްޑު އަށް ވަޑައިގަންނަވަން ނިންމައިފި އެވެ.

މިއީ ފަހުގެ ތާރީހެއްގައި ބޭރުގެ ވަޒީރަކު ރަސްމީ ދަތުރެއްގައި މާލެ ނޫން އެހެން ރަށަކަށް ސީދާ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ

ފޮރިން މިނިސްޓްރީން މިއަދު ބުނީ ދެ ދުވަހުގެ ދަތުރުގައި ޖައިޝަންކަރު މިރޭ އައްޑު އަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި ދެ ގައުމުގެ ފޮރިން މިނިސްޓްރީން ރަސްމީ މަޝްވަރާތައް ކުރުމަށް ފަހު، ދެ އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިއަދުގެ ހަވީރު އައްޑު އަށް ވަޑައިގަންނަވާނެ އެވެ. އިންޑިއާ ފޮރިން މިނިސްޓަރާ ރައީސް ވެސް ބައްދަލު ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އިންޑިއާގެ އެހީގައި ކުރިޔަށް ގެންދާ ބައެއް މަޝްރޫއުތައް އިފްތިތާހު ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި މާދަމާގެ ވަގުތެއްގައި އިންޑިއާގެ ފޮރިން މިނިސްޓަރު އެނބުރި ވަޑައިގަންނަވާނެ އެވެ.