ފުލުހުންގެ ތަމްރީނުތަކަށް ޚާއްސަ ކޮށްގެން އައްޑޫގައި، އިންޑިއާގެ ސަރުކާރުގެ ހިލޭ އެހީގައި އިމާރާތް ކުރަމުން އަންނަ ޕޮލިސް އެކަޑެމީގެ މަޝްރޫއާ ގުޅުވައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް މިއަދު ހޫނު ރައްދެއް ދެއްވައިފި އެވެ.
01 ސެޕްޓެމްބަރ 2020
ފުލުހުންގެ ތަމްރީނުތަކަށް ޚާއްސަ ކޮށްގެން އައްޑޫގައި، އިންޑިއާގެ ސަރުކާރުގެ ހިލޭ އެހީގައި އިމާރާތް ކުރަމުން އަންނަ ޕޮލިސް އެކަޑެމީގެ މަޝްރޫއާ ގުޅުވައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް މިއަދު ހޫނު ރައްދެއް ދެއްވައިފި އެވެ.
އުމަރުގެ މި ރައްދު އައީ ސ. ހިތަދޫގައި އިމާރާތް ކުރަމުން އަންނަ ޕޮލިސް އެކަޑެމީގެ މަޝްރޫއުގައި އޭނާ އާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އިސް ދައުރެއް އަދާކުރެއްވި ކަމަށް ޝާހިދު މިއަދު ވިދާޅުވުމުންނެވެ. އިންޑިއާގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައި އިދިކޮޅުން ސިފަކުރާ އައްޑޫގެ ޕޮލިސް އެކަޑެމީއަކީ ޝާހިދު ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ އިސްނެގުމެއް ނޫނެވެ. އެއީ، 2012 ވަނަ އަހަރުން ފެށިގެން ހިނގަމުން އަންނަ މަސައްކަތެއް ކަން އޭނާ ހަނދާންކޮށްދެއްވި އެވެ. އޭރުގެ ރައީސަކީ ޑރ. މުހައްމަދު ވަހީދެވެ. ހޯމް މިނިސްޓަރަކީ ޑރ. ޖަމީލެވެ.
ޝާހިދު ވިދާޅުވި ގޮތުގައި މި މަޝްރޫއު 2014 ގައި ލ. އަތޮޅަށް ބަދަލުކުރި އެވެ. ތިން ވަނަ ތަނެއްގެ ގޮތުގައި އައްޑު އަށް މަޝްރޫއު ބަދަލުކުރަން މަޝްވަރާ ކުރެއްވިއިރު އިސްކޮށް ހުންނެވީ ޔާމީންގެ ސަރުކާރުގެ ހޯމް މިނިސްޓަރު އުމަރު ކަމަށް ޝާހިދު ވިދާޅުވި އެވެ.
ދ. ވާނީގައި އިންޑިއާ ސަރުކާރުުން ހެދި ފުލުހުންގެ މަރުކަޒުގެ ދެވަނަ ފިޔަފަހީގެ ނިމުން ފާހަގަކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ދެއްކެވި އެ ވާހަކަތަކަށް ރައްދު ދެއްވައި، އުމަރު ވިދާޅުވީ އެކަޑެމީ އިމާރާތް ކުރަނީ އޭނާ އަޅަން ނިންމެވި ފުލުހުންގެ މަރުކަޒު ކަމަށް ވެއްޖެ ނަމަ އުފަލުގެ ކޮޅެއް ނެތް ކަމަށެވެ. އެކަމަކު މިހާރު ކަންތައް ވަމުން އަންނަނީ އެހެން ނޫން ކަމަށް އުމަރު ތުހުމަތުކުރެއްވި އެވެ.
"ނަމަވެސް ޑިޒައިން ބަދަލުކޮށް، އިމާރާތްތަކުގައި ކުރެވޭ ބޭނުން ބަދަލުކުރެވޭ ގޮތަށް އެޅެމުންދާ މަރުކަޒެއް ނަމަ ހިތާމައިގެ ކޮޅެއް ނެތް. އަޅުގަޑު ސޮއިކުރީ ހިލޭ އެހީގައި ތަމްރީން މަރުކަޒެއް އެޅުމަށް. މި ސަރުކާރު އައި ފަހުން އެ އެގްރީމަންޓް އަށް އިތުރު ކުރެވުނު ނުކުތާތައް އެނގިލައްވާނީ މިނިސްޓަރ ޝާހިދު އަށް،" އައްޑޫގައި ހަދަމުން ދަނީ އިންޑިއާ ސިފައިން އެ ސިޓީގައި ބައިތިއްބަން ހަދާ މަރުކަޒެއް ކަމަށް ބުނެ ކުރާ ތުމަތުތަކަށް އިޝާރާތް ކުރައްވައި އުމަރު ވިދާޅުވި އެވެ.
"ފެންނަނީ އިންޑިޔާގެ ސިފައިންތައް އައިސް ގޮސްވާ ތަން. ހެލިކޮޕްޓަރެއް ހަދިޔާ ކުރަން އައި މީހުން އަށް އަހަރު ވީއިރު އަދިވެސް މި އުޅެނީ ހެލިކޮޕްޓަރު ހަވާލު ކޮށްފަ ނުފުރިގެން."
ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ އަސްކަރީ މަރުކަޒެއް ހަދަން ހުއްދަ ދިން ކަމަށް ބުނެ އެކި ފަރާތްތަކުން ދައްކާ ވާހަކަތައް މި ސަރުކާރުން ވަނީ އެކި ފަހަރުމަތިން ދޮގުކޮށްފަ އެވެ.
ޝާހިދަށް ގޮން ޖައްސަވައި އުމަރު، އޭނާގެ ފޭސްބުކްގައި ވިދާޅުވީ އެކަޑެމީ އަޅަން އިންޑިއާ ސަރުކާރާ އެކު ވެފައިވާ އެއްބަސްވުމަށް ފަހުން ބަދަލެއް ގެނެސްފައިވާ ނަމަ އެބައި ހާމަކޮށްދެއްވަން އިލްތިމާސް ކުރައްވާ ކަމަށެވެ. އެތަނުގައި އިންޑިއާގެ ސިފައިން ނުތިބޭނެ ކަމުގެ ޔަގީންކަން ދެއްވުމަށް ވެސް އެދިވަޑައިގަތެވެ. އަދި 2023 ގެ ފަހުން ރާއްޖޭގައި އިންޑިއާގެ ސިފައިން ނުތިބޭނެ ކަމަށާއި އެ މީހުން މި ގައުމުން ބާލާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިންޑިޔާގެ އަދި ޗައިނާގެ އުނގަކަށް މި ޤައުމު ނުވެއްޓޭނެ. މިއީ އަޅުގަޑުމެން ފަހުރުވެރިވާ މިނިވަން ގައުމެއް،" އުމަރު ވިދާޅުވި އެވެ.
"ނަމަވެސް ޑިޒައިން ބަދަލުކޮށް، އިމާރާތްތަކުގައި ކުރެވޭ ބޭނުން ބަދަލުކުރެވޭ ގޮތަށް އެޅެމުންދާ މަރުކަޒެއް ނަމަ ހިތާމައިގެ ކޮޅެއް ނެތް. އަޅުގަޑު ސޮއިކުރީ ހިލޭ އެހީގައި ތަމްރީން މަރުކަޒެއް އެޅުމަށް. މި ސަރުކާރު އައި ފަހުން އެ އެގްރީމަންޓް އަށް އިތުރު ކުރެވުނު ނުކުތާތައް އެނގިލައްވާނީ މިނިސްޓަރ ޝާހިދު އަށް،"---އުމަރު
ޖުމްލަ 18 މިލިއަން ޑޮލަރު ހަރަދުކޮށްގެން، އައްޑޫގައި ޕޮލިސް އެކަޑެމީއެއް އިމާރާތް ކުރުމުގެ މަޝްރޫއު އިއުލާންކުރީ އޭޕްރީލް 6، 2014 ގަ އެވެ.
އެ މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑެވެ.
ފުލުހުން ބުނި ގޮތުގައި އެތަން ހަދަނީ ވަރަށް ގިނަ ވަސީލަތްތައް އެކުލެވޭ ގޮތަށެވެ. އޭގެ ތެރޭގައި ފެންވަރު ރަނގަޅު އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި އެހެން ވެސް ޓްރެއިނިން ސެންޓަރެއްގައި ހުންނަން ޖެހޭ މުހިއްމު ވަސީލަތައް ހިމެނޭނެ އެވެ.
ޕޮލިސްއެކަޑެމީ އަޅާތީ ޝާހިދުގެ ޝުކުރު ޖަމީލާއި އުމަރަށް
ޖަމީލް/އުމަރު އެއްބަސްނުވާ އާ ކަމެއް ނުކުރޭ: ޝާހިދު
އިންޑިއާގެ ފޮރިން މިނިސްޓަރު އައްޑު އަށް
9 މަޝްރޫއަކަށް އިންޑިއާއިން 85 މިލިއަން ރުފިޔާ ދީފި
އަސްކަރީ މަރުކަޒެއް ހަދަން ހުއްދައެއް ނުދޭނެ: ޝާހިދު
އައްޑޫ މޭޔަރުގެ ކާރުގައި "އިންޑިއާ އައުޓް" ޖަހައިފި
އައްޑޫގައި ކޮންސިއުލޭޓް އެޅުމާ ދެކޮޅު ޕެޓިޝަނެއް
ކޮވިޝީލްޑްގެ 100،000 ޑޯޒް މި ހަފުތާގައި ލިބޭނެ
ޕޮލިސް އެކަޑަމީ އަންނަ މާޗު މަހު ނިމޭނެ: ސީޕީ
"އިންޑިއާގެ ގުޅުމަށް ފާޑުކިޔަނީ ތަރައްގީ ހަޖަމުނުވާތީ"