Roadha Mihaaru
ޓީޓީއޭއެމް ޗެމްޕިއަންޝިޕް ރަފާ އާއި މުންސިފް އަށް

ޓީޓީއޭއެމް ޗެމްޕިއަންޝިޕް ރަފާ އާއި މުންސިފް އަށް

26 މާޗް 2022

ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ސިންގަލްސް ޗެމްޕިއަންކަން އައިޝަތު ރަފާ ނާޒިމް އާއި މޫސާ މުންސިފް އަހްމަދު ހޯދައިފި އެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ސިންގަލްސް ޗެމްޕިއަންކަން އައިޝަތު ރަފާ ނާޒިމް އާއި މޫސާ މުންސިފް އަހްމަދު ހޯދައިފި އެވެ.

އަންހެން ސިންގަލްސް ފައިނަލުގައި ރަފާއާ ވާދަ ކުރީ މިޝްކާ މުހައްމަދު އިބްރާހިމް އެވެ. ފިރިހެން ސިންގަލްސް ފައިނަލުގައި މުންސިފްއާ ވާދަކުރީ މުހައްމަދު ޒީސްތު ނަސީމް އެވެ.

ރަފާ އާއި މުންސިފް ވަނީ މިކްސް ޑަބަލްސް ޗެމްޕިއަންކަން އެކުގައި ހޯދައިފަ އެވެ. މިކްސް ޑަބަލްސްގައި އެ ދެ ކުޅުންތެރިންނާ ދެކޮޅަށް ފައިނަލުގައި ނުކުތީ މުހައްމަދު ތާބިން ޝުޖާއު އާއި މުޝްކާ އެވެ. މީގެ އިތުރުން މުންސިފް ވަނީ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ވެސް ޒީސްތުއާ ޕެއާ ވެގެން ހޯދައިފަ އެވެ. ޑަބަލްސްގައި ޒިސްތު އާއި މުންސިފްއާ ދެކޮޅަށް ނުކުތީ ތާބިން އާއި މުހައްމަދު މުންތިފް އަހްމަދު އާއި ތާބިން އެވެ. އަންހެން ޑަބަލްސް ކެޓަގަރީ މުބާރާތުގައި ކުޅެފަ އެއް ނުވެ އެވެ.

މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ވެސް ރަފާ ވަނީ ހޯދައިފަ އެވެ. އެކަޓަގަރީގެ ފައިނަލުގައި އޭނާ އާދެކޮޅަށް ނުކުތީ މަލާކް ބިންތި މުއިއްޒު އެވެ. އެއުމުރުފުރާގެ އަންހެން ފިރިހެން ޗެމްޕިއަންކަން ތާބިން ހޯދީ ފައިނަލުގައި ޒީކް ހަސަން ލަތީފް ބަލި ކުރުމަށް ފަހު އެވެ. އެއުމުރުފުރާގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ތާބިން އާއި ޒީކް އެވެ. ފައިނަލްގައި އެޕެއާ އާދެކޮޅަށް ނުކުތީ އަހްމަދު އަވްސުމް ނާފިޒު އާއި އައުން އިބްރާހިމް ލަތީފްގެ ޕެއާ އެވެ.

މުބާރާތުގެ 15 އަހަރުން ދަށުގެ ސިންގަލްސް އަންހެން ޗެމްޕިއަންކަން ހޯދީ މިންހާ މަހްޖޫބް ސުޖާއު އެވެ. ފައިނަލްގައި އޭނާ އާދެކޮޅަށް ނުކުތީ މަލާކް އެވެ. އެދެކުޅުންތެރިން ވަނީ އެއުމުރުފުރާގެ ޑަބަލްސް ޗެމްޕިއަންކަން ހޯދައިފަ އެވެ. އެކެޓަގަރީގެ ފައިނަލުގައި އެދެކުޅުންތެރިންނާ ދެކޮޅަށް ނުކުތީ ލީއާ ތަމޫހް ސައީދު އާއި އާރާ އަލީ އެވެ. އެއުމުރުފުރާގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ޒީކް ހޯދީ އުމޭރު މުހައްމަދު މުއިއްޒުއާ ވާދަކޮށެވެ. އެ ދެކުޅުންތެރިން ވަނީ 15 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަންކަން އެކުގައި ހޯދައިފަ އެވެ. ފައިނަލުގައި އެ ދެ ކުޅުންތެރިންނާ ދެކޮޅަށް ނުކުތީ އަހްމަދު އާދު އާސިމް އާއި އަހްމަދު ރަޔާން މުހައްމަދެވެ.

މުބާރާތުގެ ވެޓަރަންސް ކެޓަގަރީގެ ޑަބަލްސް ޗެމްޕިއަންކަން ހޯދީ ކުރީގެ އެއްވަނަ ކުޅުންތެރިޔާ އަލީ އާދަމް މަނިކު (ތާޅަފިލި އަލަިބެ) އާއި އަހްމަދު ވަހީދުގެ ޕެއާ އެވެ. ފައިނަލުގައި ކުރީގެ ދެ ކުޅުންތެރިންނާ ވާދަ ކުރީ މައުމޫން ޒުނައިރު އާއި އަބްދުލް ގައްޔޫމް އަބްދުލް ސޮމަދުގެ ޕެއާ އެވެ.