Roadha Mihaaru
ރަފާ އާއި މުންސިފްގެ ޕެއާ ދުނިޔޭގެ ޓީޓީ މުބާރާތަށް

ރަފާ އާއި މުންސިފްގެ ޕެއާ ދުނިޔޭގެ ޓީޓީ މުބާރާތަށް

15 މެއި 2023

ރާއްޖޭގެ ޓޭބަލް ޓެނިސް ކުޅުންތެރިން ކަމަށްވާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަހުމަދުގެ ޕެއާ، އައިޓީޓީއެފް ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްސް ފައިނަލްގެ މިކްސްޑް ޑަބަލްސް އިވެންޓަށް ކޮލިފައި ވެއްޖެ އެވެ.

އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން އަންނަ މަހުގެ 20-28 އަށް ދެކުނު އެފްރިކާގެ ޑާބަން ގައި ބާއްވާ ވޯލްޑް ޗެމްޕިއަންޝިޕްސް ފައިނަލްގެ އަންހެން ޑަބަލްސްގައި ވެސް ރާއްޖޭގެ ޕެއާއެއް ވާދަ ކުރާނެ އެވެ. އެއީ ރަފާ އާއި ފާތިމަތު ދީމާ އަލީގެ ޕެއާ އެވެ.

ރަފާ އާއި މުންސިފަކީ އެންމެ ފަހުން ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ މިކްސްޑް ޑަބަލްސް ވެސް ކާމިޔާބު ކުރި ޕެއާ އެވެ.

މިއީ ރާއްޖެ އަށް ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކަކަކު ފަހި ފުރުސަތެއް ލިބުނު އަހަރެކެވެ. ގޭމްސްތަކަށް ތައްޔާރުވާން ރާއްޖޭގެ ޓީޓީ ކުޅުންތެރިން އަންނަނީ ކްރޮއޭޝިއާ އާއި އިންޑިއާގައި ތަމްރީނު ކުރަމުންނެވެ. ރަފާ އާއި މުންސިފް ތަމްރީނު ހަދަމުން އަންނަނީ އިންޑިއަން އައިލެންޑް އޯޝަން ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރު ވަމުން އަންނަ ޓީމާ އެކު ކްރޮއޭޝިއާގަ އެވެ.

ރަފާއާ އެކު ވޯލްޑް ޗެމްޕިއަންޝިޕްގެ ޑަބަލްސް ޕާޓްނަރު ދީމާ މިވަގުތު ހުރީ އިއްޔެ ފެށި ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރަން އިންޑިއާގަ އެވެ.