Roadha Mihaaru
ޔޫރޯ ސްޓޯރުން ރޯދައަށް ހާއްސަ ރެސިޕީތަކެއް ގެނެސްދެނީ

ޔޫރޯ ސްޓޯރުން ރޯދަ މަހަށް ހާއްސަ ރެސިޕީތަކެއް ގެނެސްދެނީ

27 މާޗް 2022

ރާއްޖެއަށް ގިނަ އަދަދެއްގެ ކާބޯތަކެތި އެތެރެކުރާ ޔޫރޯ ސްޓޯރުން، ރޯދަ މަހަށް ހާއްސަ ރެސިޕީތަކެއް ތައާރަފުކުރަން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖެއަށް ގިނަ އަދަދެއްގެ ކާބޯތަކެތި އެތެރެކުރާ ޔޫރޯ ސްޓޯރުން، ރޯދަ މަހަށް ހާއްސަ ރެސިޕީތަކެއް ތައާރަފުކުރަން ނިންމައިފި އެވެ.

ޔޫރޯ ސްޓޯރުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވީޑިއޯގެ ގޮތުގައި ހިއްސާކުރާ އެ ރެސިޕީތައް ތަފާތުވާނެ ކަމަށް އެތަނުން ބުންޏެވެ. އެ ރެސިޕީތަކުގައި ޔޫރޯ ސްޓޯރުން ރާއްޖެއަށް އެތެރެކުރާ އުފެއްދުންތައް ބޭނުންކޮށްގެން ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ތައްޔާރުކުރާނެ ގޮތް ކިޔައިދޭނެ އެވެ.

ޔޫރޯ ސްޓޯރުން ވިއްކާ ޕްރޮޑަކްޓުތައް ބޭނުން ކޮށްގެން ހަދާފައިވާ ޑިޝްއެއް-- ފޮޓޯ: ޔޫރޯ މާކެޓިން

ޔޫރޯ ސްޓޯރުން ވިއްކާ ޕްރޮޑަކްޓުތައް ބޭނުން ކޮށްގެން ހަދާފައިވާ ޑިޝްއެއް-- ފޮޓޯ: ޔޫރޯ މާކެޓިން

ރޯދަ މަހަށް ހާއްސަ 22 ރެސިޕީއެއް ޔޫރޯ ސްޓޯރުން ހިއްސާކުރާނެ އެވެ. ޔޫރޯ ސްޓޯރުން ބުނި ގޮތުގައި އެ ރެސިޕީތައް ވާނީ މުޅި އާއިލާއަށް ވެސް ކަމުދާނެ ކަހަލަ މީރު އަދި ރޯދަ ވީއްލާ ވަގުތު ސުފުރާމައްޗަށް އުފާވެރިކަން ގެނެސްދޭނެ އެއްޗިއްސަށެވެ.

އެ ފިހާރައިން ކަސްޓަމަރުންނަށް ގެނެސްދޭ ރެސިޕީތަކުގެ ތެރޭގައި ގިނަ ބަޔަކަށް ކަމުދާ ޕާސްތާ އާއި ޕިއްޒާ ފަދަ ޑިޝްތަކާއި ޓިރަމިސޫ އާއި ޗީޒްކޭކް ފަދަ ފޮނި އެއްޗެހި ހިމެނޭނެ އެވެ. މިތަކެތި ތައްޔާރު ކުރާއިރު ޔޫރޯ ސްޓޯރުން ވިއްކާ ބްރޭންޑުތަކުގެ އުފެއްދުންތައް ބޭނުން ކޮށްގެން އެ ރަހަތަކަށް ތަފާތު ޓްވިސްޓެއް ގެންނާނެ ގޮތްތައް ކިޔައިދޭނެ އެވެ.

ޔޫރޯ ސްޓޯރުން ވިއްކާ ޕްރޮޑަކްޓަކުން ހަދާފައިވާ ބުއިމެއް-- ފޮޓޯ: ޔޫރޯ މާކެޓިން

ޔޫރޯ ސްޓޯރުން ވިއްކާ ޕްރޮޑަކްޓަކުން ހަދާފައިވާ ބުއިމެއް-- ފޮޓޯ: ޔޫރޯ މާކެޓިން

ހަދިޔާގެ ގޮތުގައި ދޭން ރަނގަޅު އެކި ބާވަތްތައް ހިމެނޭ "ރޯދަ ބަންޑަލް" ތަކެއް ވެސް ލިބެން ހުންނާ އެވެ. މިހާރު މި ބަންޑަލްތައް ކަސްޓަމަރުންނަށް ޔޫރޯ ސްޓޯރުގެ ފިހާރަތަކުން ލިބޭނެ އެވެ.

އެއީ ލިމިޓެޑް ބަންޑަލްތަކެކެވެ. އެ ބަންޑަލްތައް ރޯދަ ހަދިޔާގެ ގޮތުގައި މީހަކަށް ދޭން ވެސް ވަރަށް ފުރިހަމަވާނެ ކަމަށް ޔޫރޯ ސްޓޯރުން ބުންޏެވެ. ކޮންމެ ބަންޑަލްއެއް ލިބޭނީ އެންމެ 199ރ. އަށެވެ.

ޔޫރޯ ސްޓޯރުން ވިޔަފާރިކުރަން ބޭނުންވާ މީހުންނަށް ފިހާރައަށް ޒިޔާރަތް ކުރުމުގެ އިތުރުން އޮންލައިންކޮށް ވެސް މިހާރު ވިޔަފާރިކުރެވޭނެ އެވެ.