Roadha Mihaaru
ރިޓާޔާކުރާ ކުޅުންތެރިން އިޓަލީގެ ޓީމުން ފޮނުވާލައިފި

ރިޓާޔާކުރަން އުޅޭ ކުޅުންތެރިން އިޓަލީގެ ޓީމުން ފޮނުވާލައިފި

28 މާޗް 2022

ރޯމް (މާޗް 28) - އިޓަލީގެ ގައުމީ ޓީމުން ރިޓަޔާ ކުރަން އުޅޭ ތިން ކުޅުންތެރިޔަކު ގައުމީ ޓީމުގެ ކޭމްޕް ދޫކޮށްލުމުގެ ހުއްދަ އިޓަލީގެ ކޯޗު ރޮބާޓޯ މަންޗީނީ ދީފި އެވެ.

ރޯމް (މާޗް 28) - އިޓަލީގެ ގައުމީ ޓީމުން ރިޓަޔާ ކުރަން އުޅޭ ތިން ކުޅުންތެރިޔަކު ގައުމީ ޓީމުގެ ކޭމްޕް ދޫކޮށްލުމުގެ ހުއްދަ އިޓަލީގެ ކޯޗު ރޮބާޓޯ މަންޗީނީ ދީފި އެވެ.

ވޯލްޑް ކަޕް ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދައިފައިވާ އިޓަލީ އަށް ވަނީ ޖެހިޖެހިގެން ދެވަނަ ވޯލްޑް ކަޕުން ފުރުސަތު ގެއްލިފަ އެވެ.

މި އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕުން ވެސް ފުރުސަތު ގެއްލުމުން ގައުމީ ޓީމުގެ ތިން ކުޅުންތެރިޔަކު ރިޓަޔާ ކުރާނެ ކަމަށް ބެލެވެ އެވެ. އިޓަލީ އަށް ވޯލްޑް ކަޕުން ފުރުސަތު ގެއްލުނީ ކޮލިފައިންގެ ޕްލޭއޮފްގައި އުތުރު މެސެޑޯނިއާ އަތުން ބަލިވުމުންނެވެ.

ޗެލްސީގެ މިޑްފީލްޑަރު ޖޯޖީނިއޯ އާއި ލާޒިއޯގެ ފޯވާޑް ޗީރޯ އިމްމޯބިލޭ އަދި ނަޕޯލީގެ ލޮރެންޒޯ އިންސިނިއާ، ގައުމީ ޓީމުން ރިޓަޔާ ކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އިޓަލީ އަށް ނާކާމިޔާބާ ކުރިމަތިވުމުން އެ ތިން ކުޅުންތެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.

ގައުމީ ޓީމު ކޭމްޕް ދޫކޮށްލި ކުޅުންތެރިންގެ ތެރޭގައ އެ ތިން ކުޅުންތެރިން ވެސް ހިމެނެ އެވެ. ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި މާދަމާ ރޭ އިޓަލީ ނުކުންނާނީ ތުރުކީއާ ދެކޮޅަށެވެ.

ގައުމީ ޓީމުގެ ކޭމްޕް ދޫކޮށްލި ކުޅުންތެރިންގެ ތެރޭގައި މާކޯ ވެރާޓީ، ޑޮމެނިކޯ ބެރާޑީ ޖިއާންލުކާ މަންޗިނީ ވެސް ހިމެނެ އެވެ. އެ ތިން ކުޅުންތެރިން ކުޅޭ ކްލަބަތަކަށް ދިއުމުގެ ހުއްދަ ކޯޗު މަންޗިނީ ވަނީ ދީފަ އެވެ.