Roadha Mihaaru
ވިލް އާއި ރޮކްއަށް 15 މިލިއަން ޑޮލަރުގެ ހުށަހެޅުމެއް

ބޮކްސިން މެޗަކަށް އެރުމަށް ވިލް އާއި ރޮކް އަށް 15 މިލިއަން ޑޮލަރުގެ ހުށަހެޅުމެއް

29 މާޗް 2022

އިއްޔެ ބޭއްވި އޮސްކާ އެވޯޑަށް ފަހު އެކްޓަރު ވިލް ސްމިތު އާއި ސްޓޭންޑްއަޕް ކޮމީޑިއަން ކްރިސް ރޮކްގެ މެދުގައި އުފެދިފައިވާ މައްސަލަގަނޑު ހައްލުކުރަން ބޮކްސިން މެޗަކަށް އަރަން އެ ދެމީހުންނަށް 15 މިލިއަން ޑޮލަރު ހުށަހަޅައިފި އެވެ.

އިއްޔެ ބޭއްވި އޮސްކާ އެވޯޑަށް ފަހު އެކްޓަރު ވިލް ސްމިތު އާއި ސްޓޭންޑްއަޕް ކޮމީޑިއަން ކްރިސް ރޮކްގެ މެދުގައި އުފެދިފައިވާ މައްސަލަގަނޑު ހައްލުކުރަން ބޮކްސިން މެޗަކަށް އަރަން އެ ދެމީހުންނަށް 15 މިލިއަން ޑޮލަރު ހުށަހަޅައިފި އެވެ.

އެ ދެމީހުން ބޮކްސިން މެޗަކަށް އަރަން ފައިސާ ހުށަހެޅީ އެމެރިކާގެ މަޝްހޫރު ބޮކްސާއެއް ކަމަށްވާ ޖޭކް ޕޯލް އެވެ.

އޮސްކާ އެވޯޑްގައި ސްމިތުގެ އަންހެނުން ޖޭޑާ އަށް ނިސްބަތްކޮށް، ކްރިސް ޖެހި ޖޯކެއް މާ ސީރިއަސްވެ، ސްމިތު ސްޓޭޖަށް އަރައި ކްރިސްގެ ކޯމަތީގައި ޖެހި އެވެ.

ޖޭޑާ އަށް އަމާޒުކޮށް ކްރިސް ބުނީ އޭނާ، "ޖީއައި ޖޭން"ގެ ރޯލުން ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އެއީ ޖޭޑާގެ އިސްތަށިގަނޑަށް އަމާޒުކޮށްގެން ޖެހި ޖޯކެކެވެ. ޖޭޑާ އިވެންޓަށް ދިޔަ އިރު އިނީ ބޯ ބާލައިފަ އެވެ. އެ ޖޯކާ އެންމެން ހޭން ފެށި އެވެ. އެކަމަކު ޖޭޑާ އަށް އެ ޖޯކު ކަމަކު ނުދިޔަ އެވެ. އޭނާ އަށް ކެމެރާ އަމާޒުކޮށްލި ވަގުތު، މޫނުމަތިން ފެނުނީ ހިތްހަމަނުޖެހުމެވެ.

ޖޭޑާ އަކީ އެލޮޕޭޝިއާ ހުންނަ މީހެކެވެ. އެކަމާ ގުޅިގެން އޭނާގެ އިސްތަށިގަނޑުން ތަންތަންކޮޅު ތަލަވެ އެވެ. މި ބައްޔާ ގުޅޭ ގޮތުން ޖޭޑާ އާންމުކޮށް ވާހަކަ ވެސް ދައްކަ އެވެ. އަދި އެކަމާ އާންމު ހޭލުންތެރި ކުރުމަށް މަސައްކަތްކުރެ އެވެ.

"އަހަރެން ދޭނަށް ވިލް ސްމިތު އާއި ކްރިސް ރޮކް އަށް 15 މިލިއަން ޑޮލަރު އެމީހުން ރެޑީ ވެއްޖެއްޔާ،" ޕޯސް ކުރި ޓުވީޓެއްގައި ބުންޏެވެ.

"އަހަރެންގެ ބެލުމުގެ ދަށުން އަންނަ އޮގަސްޓްގައި މިކަން ކުރަން ހިނގާ."

އޮސްކާ ސްޓޭޖުގައި އިއްޔެ ހިނގާދިޔަ ކަންތަކާ ގުޅިގެން ރޮކް ވަނީ ސްމިތުއާ ދެކޮޅަށް މައްސަލަ ފުލުހުންނަށް ރިޕޯޓްކުރަން ދެކޮޅު ހަދައިފަ އެވެ. އެހެން ނަމަވެސް، އޮސްކާ އިން އަންނަނީ އެ މައްސަލަ ރިވިއުކުރަމުންނެވެ. އެއީ އެ އެވޯޑުގެ ދިގު ތާރީހުގައި ދުވަހަކު ވެސް ހިނގާފައިނުވާ ކަހަލަ ކަމެއް ކަމަށް ބުނެ އެވެ.

ސްމިތު ވަނީ މީގެ ކުރިން މަޝްހޫރު ބޮކްސާ މުހައްމަދު އަލީގެ ބަޔޮޕިކްގައި އޭނާގެ ރޯލު 2001 ވަނަ އަހަރު ކުޅެފަ އެވެ.