މިއުޒިކްގެ ދާއިރާ އަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓަށް ފައިން އާޓްސްގެ ދާއިރާއިން އޮނޮރަރީ ޑޮކްޓްރޭޓެއްގެ ލަގަބު ދޭން ނިންމައިފި އެވެ.
31 މާޗް 2022
މިއުޒިކްގެ ދާއިރާ އަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓަށް ފައިން އާޓްސްގެ ދާއިރާއިން އޮނޮރަރީ ޑޮކްޓްރޭޓެއްގެ ލަގަބު ދޭން ނިންމައިފި އެވެ.
އޮނޮރަރީ ޑޮކްޓްރޭޓް އަކީ އާންމުކޮށް ޑޮކްޓްރޭޓެއް ލިބޭ ގޮތާ ހިލާފަށް ބައެއް ފަރާތްތަކަށް ލިބޭ ލަގަބެކެވެ. މިފަދަ ލަގަބެއް އާންމުކޮށް ލިބޭނީ ކިޔެވުމުން ބޭރުން ދާއިރާއަކަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދީފައިވާ ކަން ފާހަގަކުރުމަށެވެ.
ތަފާތު ބޮޑެތި ހިޓް ލަވަތައް އުފައްދާފައިވާ ޓޭލާ އަށް އޮނޮރަރީ ޑޮކްޓްރޭޓް ކަން ދިނުމަށް ހަމަޖެހިފައި ވަނީ ނިއުޔޯކް ޔުނިވާސިޓީ (އެންވައިޔޫ) އިންނެވެ. އެ ސެޓްފިކެޓް ޓޭލާއާ ހަވާލުކުރާނީ މި އަހަރު އެންވައިޔޫ އިން ބާއްވާ ދަސްވެނިވުމުގެ ރަސްމިއްޔާތުގަ އެވެ.
އެއީ ކޮވިޑް ފެށުނު ފަހުން އެންވައިޔޫއިން ބާއްވާ ފުރަތަމަ ދަސްވެނިވުމެވެ. އެހެންވީމާ، ގިނަ އަދަދެއްގެ ދަރިވަރުން އެ ރަސްމިއްޔާތުގައި ދަސްވެނިވާނެ އެވެ.
ޓޭލާގެ މިއުޒިކް ކެރިއަރުގައި މި ފަހުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކަށްވީ، އެއް އަހަރެއްގެ ތެރޭގައި ތިން ސްޓޫޑިއޯ އަލްބަމް ނެރުމެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އަމިއްލަ ގޭގައި ހުރެގެން ޓޭލާ ލަވަތައް ލިޔެ، ރިކޯޑް ކުރި އެވެ. އެ ލަވަތައް ވަނީ ދުނިޔޭގެ މިއުޒިކް ޗާޓުތަކަށް ވެސް އަރައިފަ އެވެ.
ތަފާތު އެކި ދާއިރާތަކުގެ ސެލެބްރިޓީންނަށް މީގެ ކުރިން ވެސް ވަނީ އޮނޮރަރީ ޑޮކްޓްރޭޓް ލިބިފަ އެވެ. އޭގެ ތެރޭގައި ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓާއި ޓީވީ ހޯސްޓް އޯޕްރާ ވިންފްރީ އަދި އެކްޓްރެސް ކެރީ ވޮޝިންޓަން ވެސް ހިމެނެ އެވެ.
ޖޭކަށް ޓޭލާގެ ފޭނުންގެ އުނދަަގޫ ވަރަށް ބޮޑުވެއްޖެ
ޓޭލާ އާ ފިލްމަކަށް ސޮއިކޮށްފި
ނޯއާ އާއި ޒޯއީގެ ސިއްރު ގުޅުމެއް؟
މި ސެލެބްރިޓީންގެ އަގުބޮޑު ގެތައް އަނދައި އަޅިއަށް!
ޓޮމް އާއި ޒެންޑަޔާ އެންގޭޖުވެއްޖެ
ކާންޔޭ އާ އަހަރު ފެށީ ރާއްޖޭގައި
އާރޮންގެ އަންހެނުން ރާއްޖެ އައިސް ފީނަން ދަސްކޮށްފި
ދުއާ ލިޕާ އެންގޭޖުވީތަ؟
ބްލޭކް، ޖަސްޓިންއަށް ޖިންސީ ފުރައްސާރައިގެ ދައުވާކޮށްފި
އެންޑްރޫ އާއި ޝްރައްދާގެ ބައްދަލުވުމަށް ލޯބި