Roadha Mihaaru
ގޯއެއާގެ ފްލައިޓްތައް ކެންސަލްވީ އުސޫލުތަކަށް އައި ބަދަލަކުން

ގޯއެއާގެ ފްލައިޓްތައް ކެންސަލްވީ އުސޫލުތަކަށް އައި ބަދަލަކުން

30 މާޗް 2022

ގޯ އެއާގެ ފްލައިޓްތައް މިއަދު ކެންސަލްވީ އިންޑިއާގެ ބޯޑަރު ހުޅުވާލާފައިވާތީ އާންމު އުސޫލުން އަނެއްކާ ވެސް ފްލައިޓުތައް ފެށުމުން އާ ޝެޑިއުލްތަކާ އެއްގޮތަށް ދަތުރުތައް ފެށުމުން ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ގޯ އެއާގެ ފްލައިޓްތައް މިއަދު ކެންސަލްވީ އިންޑިއާގެ ބޯޑަރު ހުޅުވާލާފައިވާތީ އާންމު އުސޫލުން އަނެއްކާ ވެސް ފްލައިޓުތައް ފެށުމުން އާ ޝެޑިއުލްތަކާ އެއްގޮތަށް ދަތުރުތައް ފެށުމުން ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ގޯ އެއާގެ ދަތުރުތައް ރާއްޖެއަށް ހުއްޓާލީ ނޫން ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން އިންޑިއާ އާއި ރާއްޖެއާ ދެމެދު އެކުލަވާލި އެއާ ބަލްބް އުވާލައި އެގައުމުގެ ސިވިލް އޭވިއޭޝަންގެ އުސޫލުތަކަށް ފްލައިޓްތައް އޮންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެމްއޭސީއެލް އިން ވެސް ބުނީ އިންޑިއާގެ އެއްވެސް އެއާލައިނަކުން ރާއްޖެއަށް ދަތުރު ކުރުން ހުއްޓާލާފައި ނުވާ ކަމަށެވެ. އަދި އެއާލައިންތަކުން އަޅާ ފްލައިޓްތަކުގެ އަދަދަށް ވެސް އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ. ހަމައެކަނި އައިސްފައިވާ ބަދަލަކީ ގޯއެއާ އިން މުމްބާއީއަށް ކުރަމުން އައި ދަތުރުގެ ބަދަލުގައި ކެރެލާގެ ކަންނޫރަށް ދަތުރުތައް ފެށުން ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ވައިގެ ދަތުރުތައް މެދުނުކެނޑި ކުރިއަށްދާނެ އެވެ.

އިންޑިއާއަކީ ރާއްޖެއަށް ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެގައުމުން މިހާތަނަށް އިންޑިއާއިން 40،000 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. އިންޑިއާގެ ގިނަ އެއާލައިންތަކަކުން ރާއްޖެއަށް ދަތުރުކުރެ އެވެ. އެއާ އިންޑިއާ އާއި ގޯއެއާ އާއި ސްޕައިސް ޖެޓާއި އިންޑިގޯ އިން ވެސް ދަތުރުކުރެ އެވެ.