Roadha Mihaaru
މަންޓާއިން ދ. އަތޮޅުން ބެންގަލޫރަށް ދަތުރުތައް ފަށަނީ

މަންޓާ އިން ދ. އަތޮޅުން ބެންގަލޫރަށް ސީދާ ދަތުރު ފަށަނީ

30 ނޮވެމްބަރ 2023

ދ. ކުޑަހުވަދޫ އެއާޕޯޓުން އިންޑިއާގެ ބެންގަލޫރަށް ސީދާ ދަތުރުތައް ފަށަން މަންޓާ އެއާލައިން އިން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދ. ކުޑަހުވަދޫ އެއާޕޯޓުން އިންޑިއާގެ ބެންގަލޫރަށް ސީދާ ދަތުރުތައް ފަށަން މަންޓާ އެއާލައިން އިން ނިންމައިފި އެވެ.

އެ އެއާލައިނުން ނެރުނު ބަޔާނުގައި ބުނީ، އަންނަ ޖެނުއަރީ މަހުން ފެށިގެން އިންޑިއާގެ ބެންގަލޫރަށް ދަތުރުތައް ފަށާނެ ކަމަށެވެ. މި ދަތުރުތައް ކުރާނީ ބެންގަލޫރުގެ ކެމްޕެގޯޑާ އިންޓަނޭޝަނަލް އެއާޕޯޓުން ކުޑަހުވަދޫއަށެވެ.

މަންޓާ އިން މިގޮތަށް ސީދާ ދަތުރުތައް ފެށުމުން ދ. އަތޮޅުގެ ލަގްޒަރީ ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޑޮމެސްޓިކް ފްލައިޓުތަކަށް މަޑުކޮށްގެން ތިބޭ ވަގުތު ސަލާމަތް ކުރެވޭނެ ކަމަށެވެ.

ދ. އަތޮޅުގައި ރާއްޖޭގެ އެންމެ ލަގްޒަރީ ރިސޯޓުތައް ކަމުގައިވާ ކަނޑިންމަ މޯލްޑިވްސް އާއި ނިޔާމަ ޕްރައިވެޓް އައިލެންޑާއި ސެއިންޓް ރެޖިސް މޯލްޑިވްސް އާއި ރިއު އާއި ބަގްލިއޯނީ އާއި އަންގްސާނާ ވެލާވަރާއި ސަން ސިޔާމް އިރު ވެލި ފަދަ ރިސޯޓުތައް ހިމެނެ އެވެ.

މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލު ވިދާޅުވީ، ޑޮމެސްޓިކް އަދި ސީޕްލޭން ދަތުރުތަކަށް ފަހު ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް ދަތުރުތައް މަންޓާއިން ފަށަން ނިންމުމުން އެ ކުންފުނިން ހޯދާ ކުރިއެރުން ހާމަވާ ކަމަށެވެ. އޭނާ ވިދާޅުވީ، މި ނިންމުމުގެ ސަބަބުން، ރާއްޖެ އަންނަ ޓޫރިސްޓުންނަށް ވެސް މިހާރަށް ވުރެ ފަސޭހަކަމާ އެކު ރާއްޖެއަށް ދަތުރުކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މަންޓާއިން ރާއްޖޭގައި ދަތުރު ފެށީ 2019 ގަ އެވެ. އެ އެއާލައިނުން އަންނަނީ ފުޅާ ދާއިރާއެއްގައި ޑޮމެސްޓިކް އަދި ސީޕްލޭން ދަތުރުތައް ކުރަމުންނެވެ.