Roadha Mihaaru

ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާ ވެޓެރަންސް ކަޕް ހޯމަ ދުވަހު ފަށަނީ

ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކޮންމެ ރަމްޟާން މަހެއްގައި ބާއްވަމުން ގެންދިޔަ ވެޓެރަންސް ކަޕް ދެއަހަރުގެ މެދުކެނޑުމަކަށްފަހު މިއަހަރު ބާއްވަން ތައްޔާރު ވެއްޖެ އެވެ.

ދެއަހަރުގެ މެދުކެނޑުމަކަށްފަހު ވެޓެރަންސް ކަޕް ބާއްވަނީ

ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކޮންމެ ރަމްޟާން މަހެއްގައި ބާއްވަމުން ގެންދިޔަ ވެޓެރަންސް ކަޕް ދެއަހަރުގެ މެދުކެނޑުމަކަށްފަހު މިއަހަރު ބާއްވަން ތައްޔާރު ވެއްޖެ އެވެ.

މިދިޔަ ދެއަހަރު މުބާރާތް ކުރިއަށް ގެންގޮސްފައި ނުވަނީ ކޮވިޑް-19ގެ ސަބަބުންނެވެ. އެންމެ ފަހުން މުބާރާތް ބޭއްވީ 2019 ގަ އެވެ. އަފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާއިން ހޯދީ، ދިވެހި ސިފައިންގެ ކްލަބް ބަލިކުރުމަށް ފަހު އެވެ. މިފަހަރުގެ މުބާރާތުގައި މާޒިޔާ ވާދައެއް ނުކުރެ އެވެ.

މުބާރާތުގައި ހަތް ޓީމު ވާދަކޮށްފައިވުމުން، މުބާރާތް ކުރިއަށްގެންދާނީ ލީގު އުސޫލުންނެވެ. ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ.

މުބާރާތުގައި ވާދަކުރާ ޓީމުތައް

- ދިވެހި ސިފައިންގެ ކްލަބް

- ދަ ގްރާންޑޭ

- ޕޮލިސް ކްލަބް

- އެމްއެސް މޭޓްސް

- ގްރީން ސްޓްރީޓްސް

- ހުޅުމާލޭ ވެޓެރަންސް ކްލަބް (އެޗްވީސީ)

- އީގަލްސް

ހޯމަ ދުވަހު ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ ގްރީން ސްޓްރީޓްސް އާއި އެޗްވީސީ އެވެ. އެންމެފަހުގެ ރަނަރަފް ސިފައިގެން ކްލަބްގެ ފުރަތަމަ މެޗުގައި ނުކުންނާނީ އަންގާރަ ދުވަހު ނުކުންނާނީ ގްރާންޑޭއާ ދެކޮޅަށެވެ.

ވެޓެރަންސް ކަޕްގެ އެންމެ ކާމިޔާބު ޓީމަކީ ވެލެންސިއާ އެވެ. އެކްލަބުން ވަނީ ހަތަރު ފަހަރަށް މުބާރާތް ކާމިޔާބުކޮށްފަ އެވެ. ނިއު ރޭޑިއަންޓުން ތިން ފަހަރު ކާމިޔާބު ކުރި އެވެ. އެމްއެސް މޭޓްސްއިން އެއްފަހަރު އަދި މާޒިޔާއިން އެއްފަހަރު ކާމިޔާބު ކުރި އެވެ.

ކުރިގެ ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން މުބާރާތުގައި ކުޅެވޭނީ 35 އަހަރުން މަތީގެ ކުޅުންތެރިންނަށެވެ. މުބާރާތުގެ 35 އަހަރުން މަތީގެ ކުޅުންތެރިންތެރިޔާ އާއި 40 އަހަރުން މަތީގެ ކުޅުންތެރިޔާ ހޮވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.