ކުރީގެ ކުޅުންތެރިންނަށް ހާއްސަ ކޮށްގެން ބާއްވާ އެފްއޭއެމް ވެޓެރަންސް ލީގުގެ ފުރަތަމަ މެޗުގައި، ފާއިތުވި ތިން އަހަރު މުބާރާތް ކާމިޔާބު ކުރި ހުޅުމާލޭ ވެޓެރަންސް ކްލަބް އަތުން 1-0 އިން ވިލިމާލޭ ޔުނައިޓެޑް މޮޅުވެއްޖެ އެވެ.
ކުރީގެ ކުޅުންތެރިންނަށް ހާއްސަ ކޮށްގެން ބާއްވާ އެފްއޭއެމް ވެޓެރަންސް ލީގުގެ ފުރަތަމަ މެޗުގައި، ފާއިތުވި ތިން އަހަރު މުބާރާތް ކާމިޔާބު ކުރި ހުޅުމާލޭ ވެޓެރަންސް ކްލަބް އަތުން 1-0 އިން ވިލިމާލޭ ޔުނައިޓެޑް މޮޅުވެއްޖެ އެވެ.
މާފަންނު ޓާފް ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މި މެޗުގައި ވިލިމާލޭގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަހުމަދު ރިޒްނީ އެވެ.
އެފްއޭއެމް އާއި އިވެންޓްސް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ވާދަ ކުރާ ޖުމްލަ 10 ޓީމު ވަނީ ދެ ގުރޫޕަކަށް ބަހާލައިފަ އެވެ. ގްރޫޕް އޭގައި ހިމެނެނީ ހުޅުމާލެ، ވިލިމާލެ، ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ)، ޒެލޮޓް އަދި ހުއްރިއްޔާ އެވެ. ގްރޫޕް ބީގައި ހިމެނެނީ މުއިވެޔޮ ފްރެންޑްސް، ދަ ގްރާންޑޭ، ސްޓެލްކޯ، ކްލަބް އީގަލްސް އަދި ޕޮލިސް ކްލަބެވެ.
ގުރޫޕް ސްޓޭޖުގެ މެޗުތައް ނިމި، މި މަހުގެ 24 އަދި 25 ވަނަ ދުވަހު ސެމީ ފައިނަލް މެޗުތައް ކުޅުމަށް ފަހު ފައިނަލް މެޗު ތާވަލް ކޮށްފައި ވަނީ 27 ވަނަ ދުވަހަށެވެ.
ހުޅުމާލޭ ކްލަބުން ވަނީ 2022، 2023 އަދި 2024 ވަނަ އަހަރު މުބާރާތުގެ ތަށި ހޯދައިފަ އެވެ.
މިދިޔަ އަހަރު ހުޅުމާލޭން ޗެމްޕިއަންކަން ހޯދީ މުއިވެޔޮ ފްރެންޑްސްއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން 4-1 އިންނެވެ. އޭގެ ކުރީ ފައިނަލްގައި 5-2 އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލި ކުރި އިރު، 2022 ވަނަ އަހަަރު ތަށި ހޯދީ 1-0 އިން އެމްއެސްއެމް ބަލިކޮށްފަ އެވެ.
ވެޓެރަންސް ލީގުގެ ފުރަތަމަ މޮޅު އީގަލްސް އަށް
ދެއަހަރުގެ މެދުކެނޑުމަކަށްފަހު ވެޓެރަންސް ކަޕް ބާއްވަނީ
ބައްސާމް ނަގާ ދިފާއުއަކީ ހުރާފާތެއް: ޝަމީމް
ޝަހްފާ، ނިހާމާގެ ލަނޑުތަކުން މާޒިޔާގެ ފެށުން މޮޅަކުން
ނިއު މޮޅުވާން އޮޑިން ފުރުސަތެއް ނުދިން
އަންހެން ފުޓްބޯޅައިގެ ފުރަތަމަ މެޗު ވިކްޓަރީ އަށް!
އަންހެން ލީގުގެ ކޮންމެ ޓީމަކަށް 100،000ރ.
ބައްސާމް ނެންގެވި ފީފާގެ ދިފާއުގެ މައްސަލަ ހައި ކޯޓަށް
ގައުމީ ކޯޗުކަމުގައި މޯހަންގެ ފަހު މެޗުތަ؟
ސާފްގައި ރާއްޖެއަށް އިތުބާރު ހޯދަން ފިޔަވަޅުތަކެއް!