ނަމާދަކީ އިންސާނާ ހޭބުއްދި ސަލާމަތުން ހުރި ނަމަ ކޮންމެ ފަދަ ހާލަތެއްގައި ވިޔަސް އަދާކުރަންޖެހޭ އަޅުކަމެކެވެ. އެއީ އިސްލާމްދީނުގެ ތަނބެވެ. މާތް ﷲގެ ވަހީ ބަސްފުޅެއްގެ މާނައިގައި ވެ އެވެ. "ބާތިލު މަގުން އެއްކިބާވެ ތިބެ، ﷲ އަށް އަޅުކަން ހާލިސްކުރާ ހާލު ﷲ އަށް އަޅުކަން ކުރުމަށާއި ނަމާދު ގާއިމުކުރުމަށާއި ޒަކާތް ދިނުމަށް މެނުވީ، އެ އުރެންނަށް އަމުރު ކުރައްވާފައެއް ނުވެތެވެ. އަދި ސީދާވެގެންވާ ދީނަކީ އެއީ އެވެ." (އަލްބައްޔިނާ 5).
04 އެޕްރީލް 2022
ނަމާދަކީ އިންސާނާ ހޭބުއްދި ސަލާމަތުން ހުރި ނަމަ ކޮންމެ ފަދަ ހާލަތެއްގައި ވިޔަސް އަދާކުރަންޖެހޭ އަޅުކަމެކެވެ. އެއީ އިސްލާމްދީނުގެ ތަނބެވެ. މާތް ﷲގެ ވަހީ ބަސްފުޅެއްގެ މާނައިގައި ވެ އެވެ. "ބާތިލު މަގުން އެއްކިބާވެ ތިބެ، ﷲ އަށް އަޅުކަން ހާލިސްކުރާ ހާލު ﷲ އަށް އަޅުކަން ކުރުމަށާއި ނަމާދު ގާއިމުކުރުމަށާއި ޒަކާތް ދިނުމަށް މެނުވީ، އެ އުރެންނަށް އަމުރު ކުރައްވާފައެއް ނުވެތެވެ. އަދި ސީދާވެގެންވާ ދީނަކީ އެއީ އެވެ." (އަލްބައްޔިނާ 5).
• ނަމާދަކީ އަބަދުވެސް އެ އަށް ފަރުވާތެރިވާންޖެހޭ އަޅުކަމަކަށް ވިޔަސް ރޯދަމަހުގައި ނަމާދަކީ ވަރަށް ހާއްސަ އަހަންމިއްޔަތެއް ދެވޭ އަޅުކަމެއް ކަމުގައި ވުން.
• ޤުރްއާން ކިޔެވުމާއި ސަޖިދަ ޖެހުމާއި ދުއާކުރުމާއި ތަކްބީރު ކިޔުމާއި ނަބިއްޔާ ﷺ އަށް ސަލަވާތް ކިޔެވުން ފަދަ އެތައް އަޅުކަމެއް ނަމާދުގައި ހިމެނިގެންދާއިރު އެ ހުރިހާ ކަމަކީ ވެސް ރޯދަމަހުގައި ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަންކަން ކަމުގައި ވުން.
• ރޯދަމަހާ ނަމާދާ ގުޅުވާލެވިފައިވާ އެތައް ހަދީސް ބަސްފުޅުތަކެއް އޮތުން.
• ރޯދަމަހަށް ހާއްސަ ނަމާދެއްގެ ގޮތުގައި ތަރާވީހް ނަމާދު ޝަރުއު ކުރެވިފައިވުން. އަދި ގިޔާމުއްލައިލުގެ ގޮތުގައި ހިމެނޭ މި ނަމާދު ގާއިމު ކުރުމަށް ކީރިތި ރަސޫލާ ﷺ ހިތްވަރު ދެއްވާފައިވުން.
• ދަމުނަމާދާއި ވިތުރިތަކަކީ ވެސް ހަމަ ގިޔާމުއްލައިލުގެ ތެރެއިން ހިމެނޭނެ ނަމާދުތަކަކަށް ވުމާއި އެ ކަމަށް ވެސް މާތް ނަބިއްޔާ ﷺ ހިތްވަރު ދެއްވާފައިވުން.
• ﷲ ގެ ހަލުރަތުން ސަވާބު ލިބޭނެކަން ގަބޫލުކުރާ ހާލު އެ ކަމަށް އެދިގެން ގިޔާމުއްލައިލު އަދާކޮށްފި މީހަކަށް އިސްވެދިޔަ ހުރިހާ ފާފައެއް ފުހެވޭނެކަން މާތް ނަބިއްޔާ ﷺ ބަޔާން ކުރައްވާފައިވުން.
• އާންމުކޮށް ނަމާދަށް މިސްކިތަށް ނުގޮސް އުޅޭ މީހުންނާއި ނަމާދަށް ފަރުވާކުޑަ ކުރާ މީހުން ވެސް ރޯދަމަހުގައި ނަމާދަށް ހާއްސަ ސަމާލުކަމެއް ދިނުން.
• ނަމާދު ކުރުމުގައި އެހެން މަސްމަހަށް ވުރެ ރޯދަމަހުގައި މުރާލިވެވޭތީވެ އޭގެ މަންފާތައް ލިބުމަށް މަގުފަހިވުން.
މި ގޮތުން ފާހިޝް ކަންކަމާއި މުންކަރާތްތަކުން ދުރުހެލިވުމާއި އެންމެ މާތް އަޅުކަން ކަމުގައިވާ އެ އަޅުކަމަށް ދެވޭ އަހަންމިއްޔަތުކަން ބޮޑުވުމާއި ފާފަތައް ފޮހެވި ކުށްތަކުން މިންޖުވާން ކައްފާރާއެއް ކަމުގައި ވުމާއި ދުނިޔެ އާއި އާހިރަތުގައި ނޫރެއް އަދި ބުރުހާނެއް ކަމުގައި އެ ކަން ވުމާއި އެންމެ ހެޔޮލަފާ އަޅުތަކުންނާ އެކުގައި ސުވަރުގެ އަށް ވަނުމުގެ ނަސީބު ލިބުމާއި ﷲ ގެ ހަލުރަތުގައި ތިމާގެ ގަދަރު އުފުލިގެން ދިއުން ފަދަ އެތައް ފައިދާއެއް ލިބިގެންދެ އެވެ.
• ވަގުތު ޖެހޭކަން ފާހަގަ ކުރެވޭނެ އާލަތެއް ގެންގުޅުން. މި ޒަމާނުގައި ނަމަ ފޯނުން މިކަން ފުދޭނެ.
• ކޮންމެ މަސައްކަތެއްގައި ހުއްޓަސް ވަގުތު ފާއިތުވެ ހިނގައްޖެ ނަމަ ފާފަވެރިވާނެކަން ހަނދާން ބެހެއްޓުމާ އެކު ވަގުތުގައި ނަމާދު ކުރަން އާދަކުރުން.
• ތިމާއަށް ނުވަތަ އެހެންބަޔަކަށް ނަމަވެސް ގެއްލުމެއް ނުލިބޭނެ ހާލަތެއްގައި ނަމަ މަސައްކަތް ހުއްޓާލާފައި ވެސް ފުރަތަމަ ޖަމާއަތަށް ނަމާދަށް ދާން އާދަކުރުން.
• ވަގުތުން ވަގުތަށް ނަމާދަށް ފަރުވާތެރިވާ މީހުންނާ އެކުގައި އުޅެން އާދަކުރުން.
• ސާލިހު އަޅުންގެ ސިޔަރަތު ދިރާސާކުރަން އާދަކުރުން.
• ދީނީ ޕްރޮގްރާމްތަކާއި ދަރުސްތައް އަޑުއެހުން ގިނަކުރުން.
• ކީރިތި ޤުރްއާން ކިޔެވުމާއި ޒިކުރު ކުރުމާއި ކީރިތި ނަބިއްޔާ ﷺ އަށް ސަލަވާތް ކިޔެވުން ގިނަކުރުން.
• ޝައިތާނާގެ ވަސްވާހުން ސަލާމަތްވެ ނަމާދުތައް ވަގުތުން ވަގުތަށް އަދާކުރުމުގެ ހެޔޮ ތައުފީގު ދެއްވުމަށް އެދި ދުއާކުރުން.
• ކެތްތެރިކަމާއި އަޒުމް ވަރުގަދަކޮށް ކޮންމެ ފަދަ ހުރަހެއް ކުރިމަތިވިޔަސް ނަމާދު ވަގުތުން ފަސް ނުކުރަން ހިތްމަތް ކުރުން.
މި ބަރަކާތްތެރި ރަމަޟާން މަހުގައި އެއްވެސް ކަހަލަ ފަރުވާކުޑަ ކުރުމެއް ނެތި ނަމާދު ވަގުތުން ވަގުތަށް އަދާކުރުން މަތީ ދެމިތިބުމަށް މަސައްކަތް ކުރަން ޖެހެ އެވެ. އަދި އެހެން މަސްމަހުގައި ނަމާދަށް ފަރުވާކުޑަ ކުރެވިފައިވާ ނަމަ މިއީ ނަމާދަށް ފަރުވާތެރިވާން އާދަކުރަން އެންމެ ރަނގަޅު ފުރުސަތު ކަމަށް ހަދަން ޖެހެއެވެ.
ނައިފަރުގައި ފަސް ކުދިން އިމާމުވެ ދަމުނަމާދު ކުރަނީ
އަޅުކަންތަކުގައި މީހުން ފޫހިނުކުރުމުގެ މުހިންމުކަން
ލަންދޫ ދަރިވަރުން މިހާރު ނަމާދުކުރާނީ ޖަމާއަތުގައި
ޖަމާއަތުގައި ނަމާދު ކުރަން ވަގުތު ހުސްކުރާނެ ގޮތްތައް
ވުލޫގެ ހިކުމަތާއި މުހިންމުކަން
ނަމާދުގެ ހަރަކާތްތަކުން ރަމްޒު ކޮށްދެނީ ކޮން ކަމެއް؟
ހަ ރޯދަ: މުޅި އަހަރު ރޯދަހިފުން ފަދަ، ދޫނުކުރާތި!
އީދު ފާހަގަކުރާއިރު ހަރާމް ކަންތައްތަކުން ދުރުހެލިވޭ
ރޯދައިގެ ސަވާބު އިތުރުވާނީ ފިތުރު ޒަކާތާއެކު!
ތަރާވީހު ނަމާދު ކުރުކޮށް ކުރުމާއި ދިގުކޮށް ކުރުން