Roadha Mihaaru
ޑޮނާލްޑް ޓްރަމްޕް އަނެއްކާ ވެސް މުއްސަނދި ވަނީ

ޑޮނާލްޑް ޓްރަމްޕް އަނެއްކާ ވެސް މުއްސަނދި ވަނީ

06 އެޕްރީލް 2022

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަނެއްކާ ވެސް މުއްސަނދިވަމުން އަންނަ ކަމަށް ފޯބްސް މެގަޒިންގެ ރިޕޯޓެއްގައި ބުނެފި އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަނެއްކާ ވެސް މުއްސަނދިވަމުން އަންނަ ކަމަށް ފޯބްސް މެގަޒިންގެ ރިޕޯޓެއްގައި ބުނެފި އެވެ.

އެ މެގަޒިން އިން ބުނި ގޮތުގައި ރައީސް ކަމުން ޓްރަމްޕް ފައިބާވަޑައިގެންނެވިތާ 14 މަސްވެފައިވާއިރު، މިހާރު އޭނާގެ މިލްކިއްޔާތުގައި ތިން ބިލިއަން ޑޮލަރު އެބަހުއްޓެވެ.

ޓްރަމްޕް އެމެރިކާގެ ރައީސް ކަމަށް ފުރަތަމަ ވާދަކުރެއްވިއިރު، 2016 ގައި އޭނާގެ މިލްކިއްޔާތުގައި 4.5 ބިލިއަން ޑޮލަރު ހުއްޓެވެ. އެކަމަކު ވެރިކަމުގައި ހަތަރު އަހަރުވީ ތަނާހެން، 2020 ގައި އޭނާގެ މިލްކިއްޔާތުގައި ހުރި ފައިސާގެ އަދަދު 2.1 ބިލިއަނަށް ޑޮލަރަށް ވެއްޓުނެވެ.

މިދިޔަ އަހަރު ނިމުނުއިރު، އޭނާގެ މިލްކިއްޔާތުގައި 2.4 ބިލިއަން ޑޮލަރު ހުއްޓެވެ.

ފޯބްސް އިން ރިޕޯޓްކުރި ގޮތުގައި، ކުއްލިއަކަށް، ޓްރަމްޕް އަނެއްކާ ވެސް މުއްސަނދިވާން ފަށާފައި ވަނީ، ޓުވިޓާއާ ވާދަކުރައްވަން ވެގެން އޭނާ މިހާރު ނެރުއްވައިގެން އުޅުއްވާ އެޕެއް ކަމަށްވާ "ޓްރުތު ސޯޝިއަލް" ގެ ސަބަބުންނެވެ.

އެކަމަކު، އެ އެޕަށް މާ ބޮޑު ތަރުހީބެއް ވެސް ނުލިބެ އެވެ. އެ އެޕްގެ ދެ އިސްވެރިޔަކު މިހާރު އެތަނުން ވަކިވެފައިވާއިރު، އެޕަލް އެޕް ސްޓޯރް އިން ޑައުންލޯޑްކުރާ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެ އެޕަށް އިންވެސްޓަރުން ވެސް ނުލިބޭ ކަމަށް ޕޯބްސް އިން ބުންޏެވެ.

އެ އެޕް ހިންގަން ހަވާލުކުރާ ކުންފުނި ވެސް ގިނަ މައްސަލަތެއްގެ ތެރޭގައި ވަނީ ފިތިފަ އެވެ.

ނިއު ޔޯކް ޓައިމްސް އިން 2020 ގައި ބުނީ ޓްރަމްޕްގެ ދަރަނީގެ އަގު 421 މިލިއަން ޑޮލަރަށް އަރަ އެވެ. އަދި މިދިޔަ މަހު ޓްރަމްޕް ވަނީ އޭނާގެ އަމިއްލަ އިމާރާތް ކަމަށްވާ، ޓްރަމްޕް ޓަވާ މޯގޭޖުކޮށް، 100 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފަ އެވެ.

ފޯބްސް އިން ބުނި ގޮތުގައި، ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގައި ޓްރަމްޕް ހިމެނެނީ 1،012 ވަނަގައިގަ އެވެ.