06 އެޕްރީލް 2022
ރ. އިންނަމާދޫގައި ނަރުދަމާގެ މަސައްކަތް ކުރާތާ ހަތަރު އަހަރުވީ އިރު ވެސް އެ މަސައްކަތް ނުނިމި ދިގުލާފައިވާތީ އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެސްޖޭ ކޮންސްޓްރަކްޝަން ބްލެކް ލިސްޓްކޮށްފާނެ ކަމުގެ އިޝާރާތެއް ޕްލޭނިން މިނިސްޓަރު ދެއްވައިފި އެވެ.
ރ. އިންނަމާދޫގައި ނަރުދަމާގެ މަސައްކަތް ކުރާތާ ހަތަރު އަހަރުވީ އިރު ވެސް އެ މަސައްކަތް ނުނިމި ދިގުލާފައިވާތީ އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެސްޖޭ ކޮންސްޓްރަކްޝަން ބްލެކް ލިސްޓްކޮށްފާނެ ކަމުގެ އިޝާރާތެއް ޕްލޭނިން މިނިސްޓަރު ދެއްވައިފި އެވެ.
އިންނަމާދޫގައި ނަރުދަމާގެ މަޝްރޫއު ނުނިމި ލަސްވާ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު މުހަންމަދު އަސްލަމް ވިދާޅުވީ ކޮންޓްރެކްޓަރުންގެ އިހުމާލުން މަޝްރޫއުތައް ލަސްވާ ނަމަ އެ ފަރާތެއް ބްލެކް ލިސްޓުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އަސްލަމް ވިދާޅުވީ އެފަދަ ކޮންޓްރެކްޓަރުން ބްލެކް ލިސްޓު ކުރުމުގެ ނިޒާމެއް ފިނޭންސް މިނިސްޓްރީން މިހާރު ހަދާފައިވާ ކަމަށާއި އެ ނިޒާމުގެ ތެރެއިން ބްލެކް ލިސްޓު ކުރުމުގެ މަސައްކަތް ކުރިޔަށް ދާނެ ކަމަށެވެ.
"ޕަފޯމް ނުކޮށް އޮތް ބަޔަކަށް މަސައްކަތް ހަވާލުކުރުމާއި ނުކުރުމުގެ އިހްތިޔާރު މި އޮންނަނީ ޓެންޑާ ޕްރޮސެސްގެ ތެރޭގައި، މިނިސްޓްރީ އޮފް ފިނޭންސުން [ބްލެކް ލިސްޓު ކުރުމުގެ ކަންކަން] ކުރައްވާފައި އޮތް ކަމަށް އެބަ ވިދާޅުވޭ،" އަސްލަމް ވިދާޅުވި އެވެ.
މި މައްސަލައިގައި މިނިސްޓަރާ ސުވާލު ކުރެއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދެވެ. އޭނާ ސުވާލު ކުރެއްވީ ވެސް، މަސައްކަތް ނުނިންމާ ކުންފުނިތައް ބްލެކް ލިސްޓް ނުކުރާ މައްސަލައިގަ އެވެ.
މަޖިލީހުގައި މީގެ ކުރިން ވެސް ބައެއް މެމްބަރުން ވަނީ އެސްޖޭ ކޮންސްޓްރަކްޝަނަކީ ދައުލަތަށް ބަލަދު އަރާ ކުންފުންޏެއްތޯ ސުވާލުކޮށް، އެ ކުންފުނިން މަޝްރޫއުތައް ކުރިޔަށް ނުގެންދާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެސްޖޭ އަކީ ސަރުކާރުގެ ވަރަށް ގިނަ މަޝްރޫއުތަކެއް މިހާރު ވެސް ހިންގަމުން އަންނަ ކުންފުންޏެކެވެ. އޭގެ ތެރޭގައި ދަރުމަވަންތަ ސްކޫލް އާ އިމާރާތް އެޅުމާއި ތ. ތިމަރަފުށީގައި 100 ހައުސިން ޔުނިޓް އިމާރާތް ކުރުމާއި ސ. މަރަދޫ ސްކޫލްގައި 12 ކްލާސް ރޫމް އެޅުމާއި، މަނިޔަފުށި މެރިކަލްޗާ ރިސާޗް ފެސިލިޓީ އިމާރާތް ކުރުން ހިމެނެ އެވެ. މީގެ އިތުރުން މަޑަވެލީގެ ނަރުދަމާ އާއި ހުޅުމާލޭގައި މިސްކިތެއް އެޅުން ވެސް ހިމެނެ އެވެ.
އަންނަ އަހަރުގެ އަމާޒަކީ 2.2 މިލިއަން ޓޫރިސްޓުން
ކުންފުނިތަކުގެ ކެޕިޓަލް އިންޖެކްޝަނަށް 2.1 ބިލިއަން
ސަޕްލިމެންޓަރީ ބަޖެޓުގެ ބަހުސް ނިންމައި ކޮމިޓީއަށް
ސަޕްލިމެންޓްރީއާ އެކު ބަޖެޓުގެ ޖުމްލަ 55 ބިލިއަނަށް
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް
ގްރީން ޓެކްސް 12 ޑޮލަރާ ހަމައަށް ބޮޑު ކުރަނީ
ޑިރެކްޓަރުން އައްޔަންކުރާ މުއްދަތު ކުރުކުރަން އިސްލާހެއް
އެންއައިސީގެ އާ މަގާމުތަކަށް ހުއްދައެއް ނުދިން
އިންޑިއާގެ އެހީގައި އިތުރު 4،000 ފްލެޓް އަޅަނީ
އެމްއެމްއޭއިން އިސްނަގައިގެން ލަފައެއް ނުދޭ: މިނިސްޓަރު