ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީ ހޯދުމަށް އާ ކަންކަން ނުހިމަނާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
30 އޮކްޓޯބަރ 2025
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީ ހޯދުމަށް އާ ކަންކަން ނުހިމަނާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވައި ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އާމްދަނީގެ ބޮޑު ބައެއް ހޯދަނީ ކުރިން ކަނޑައަޅާފައިވާ ޓެކްސް ސިޔާސަތުތަކުން ކަމަށެވެ. އަދި އިތުރު އެއްވެސް ބަދަލެއް އެ ކަމަށް ގެންނަން ކަނޑައަޅާފައި ނެތް ކަމަށް ޒަމީރު ވިދާޅުވި އެވެ. ނަމަވެސް، ޓެކްސް ތަންފީޒު ކުރުމުގެ ކަންކަން މިހާރަށް ވުރެ ހަރުދަނާ ކުރުމަށް ރާވާފައިވާ ކަން ފާހަގަކުރެއްވި އެވެ.
އާންމުގޮތެއްގައި ކޮންމެ އަހަރަކު ވެސް އާމްދަނީ އިތުރު ކުރުމައްޓަކައި ގިނަ ކަންކަން ބަޖެޓުގައި ހިމަނަ އެވެ. މިދިޔަ އަހަރު ވެސް ވަނީ އާމްދަނީ އިތުރު ކުރުމުގެ ގޮތުން ބައެއް ޓެކްސްތައް ބޮޑުކުރަން ކަނޑައަޅާފަ އެވެ. އެކަމަކު މިއަހަރުގެ ބަޖެޓުގައި އާމްދަނީ އިތުރު ކުރަން ނިންމާފައިވަނީ ކުރީގެ އާމްދަނީ ސިޔާސަތުތަކުގެ ތެރެއިންނެވެ.
"ޓެކްސް ތަންފީޒު ކުރުމާއި ދައުލަތަށް ލިބެންޖެހޭ އާމްދަނީ ހޯދުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ޓެކުހާ ބެހޭ ގާނޫނުތަކަށް ހުށަހަޅާފައިވާ އިސްލާހުތައް މި ބަޖެޓާ އެކު ފާސްވުމަކީ އާމްދަނީން އޭގެ ހެޔޮ ބަދަލެއް ފެނިގެން ދާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު ޒަމީރު ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އަންނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަނީ.---ފޮޓޯ: މަޖިލިސް
އަންނަ އަހަރުގެ ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރަނީ 40.3 ބިލިއަން ރުފިޔާ އެވެ. މިއީ މިއަހަރަށް ވުރެ 6.6 ޕަސެންޓް އިތުރު އަދަދެކެވެ.
ޒަމީރު ވިދާޅުވި ގޮތުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އާ ޓާމިނަލާ އެކު، ރާއްޖެ އަށް އަންނަ ޓޫރިސްޓުން އިތުރުވެ، ޓީޖީއެސްޓީ އާއި ގްރީން ޓެކްސް އާއި އެއާޕޯޓު ޓެކުހައި ފީ އިތުރުވާނެ އެވެ. އަންނަ އަހަރު އެއާޕޯޓު ފީތަކުން 2.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި ޖުމްލަ ޓެކްސް އާމްދަނީ 31 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބެލެވެ އެވެ.
އާމްދަނީގެ އިތުރުން އަންނަ އަހަރުގެ ހަރަދު 11 ޕަސެންޓަށް އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަންނަ އަހަރުގެ ހަރަދަށް 49.2 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ޒަމީރު ވިދާޅުވީ، ހަރަދު ބޮޑުވަނީ، ސަރުކާރުގެ ޕޭ ހާމަނައިޒޭޝަންގެ ސިޔާސަތުގެ ދަށުން، މުވައްޒަފުންގެ މުސާރަ ބޮޑުކުރާތީ ކަމަށެވެ. އަދި އަންނަ އަހަރު ވެސް މިއަހަރެކޭ އެއްވަރެއްގައި އާސަންދަ އަށް ހަރަދު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބަޖެޓު ފައިނޭންސިންއަށް 26.3 ބިލިއަން ހޯދަންޖެހޭ"
ބަޖެޓް ހުށަހަޅާ ޖަލްސާ މާދަމާއަށް ތާވަލުކޮށްފި
އަންނަ އަހަރުގެ 64 ބިލިއަންގެ ބަޖެޓް ފާސްކޮށްފި
ބަޖެޓްގެ ފުރަތަމަ ބަހުސް މަރުހަލާ ނިންމާލައިފި
މުސާރައިގެ ހޭދަ ބޮޑުވުމަކީ ގޮންޖެހުން"
ކުއްޔަށް 178 މިލިއަން، އެމްބަސީތައް އެންމެ ކުރީގައި
ބަޖެޓުން މަޖިލީސް މެންބަރުންނަށް 111 މިލިއަން
2026ގައި އިގުތިސާދީ ދުވެލި 5.3ޕަސެންޓް ކުރިއަރާނެ
އަންނަ އަހަރަށް 64.2 ބިިލިއަންގެ ބަޖެޓެއް
ތަފްސީލުނެތަސް، ހުރިހާ ރަށެއްގައި ޕްރޮޖެކްޓް ހިންގާނެ