ދަނޑުވެރިންނަށް ހާއްސަ ލޯނަށް އެދުމުގެ ފުރުސަތު އެސްއެމްއީ ބޭންކު، އެސްޑީއެފްސީން މިއަދު ހުޅުވާލައިފި އެވެ.
10 އެޕްރީލް 2022
ދަނޑުވެރިންނަށް ހާއްސަ ލޯނަށް އެދުމުގެ ފުރުސަތު އެސްއެމްއީ ބޭންކު، އެސްޑީއެފްސީން މިއަދު ހުޅުވާލައިފި އެވެ.
"ދަނޑުވެރި ނަފާ"ގެ ނަމުގައި ދޫކުރާ އެ ލޯނަކީ އެސްޑީއެފްސީ އާއި ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން ރާއްޖޭގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އެހީތެރިވާން ދޫކުރާ ލޯނެކެވެ.
އެ ލޯން ސްކީމުގެ ދަށުން ދެ ގޮތަކަށް ލޯނު ދޫކުރެ އެވެ. އެއީ ރަހުނަކާ ނުލައި ދޭ ލޯނާއި ރަހުނާ އެކު ދޭ ލޯނެވެ. ޕްރޮޖެކްޓުތައް ހިންގަން ރަހުނަކާ ނުލައި 75،000ރ.ގެ ލޯނު ދޫކުރާނެ އެވެ. އަދި ހަ ޕަސެންޓުގެ އިންޓްރެސްޓާ އެކު އަމިއްލަ ފަރާތްތަކަށް ގިނަވެގެން 500،000ރ. ގެ ލޯނާއި ވިޔަފާރިތަކަށް ދެ މިލިއަން ރުފިޔާއާ ހަމައަށް ވެސް ލޯނު ދޫކުރާނެ އެވެ.
ލޯނު އަނބުރާ ދައްކަން އެސްޑީއެފްސީން ހަތް އަހަރުގެ މުއްދަތެއް ދެ އެވެ. އަދި ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ގިނަވެގެން 12 މަސް ދުވަސް އެ ކޯޕަރޭޝަނުން ދޭނެ އެވެ.
ދަނޑުވެރި ނަފާގެ ދަށުން ލޯނު ދޫ ކުރަނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިކަން ކުރުމަށާއި ޕޯލްޓްރީ ފާމިންއަށާއި ގަހުގެ ނާސަރީތައް ގާއިމް ކުރުމަށާއި ވެލިއު އެޑިޝަންގެ މަސައްކަތްތަކަށެވެ.
ދަނޑުވެރިންގެ އިތުރުން ކުދި ވިޔަފާރިތަކަށް ލޯނުތައް ދޫކުރަން ވެސް އެސްޑީއެފްސީން ވަނީ ނިންމައިފަ އެވެ. އެ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާނީ އަންނަ މަހުން ފެށިގެންނެވެ.
އެސްއެމްއީ ބޭންކުން ދަނޑުވެރިންނަށް 4.7 މިލިއަން
އެސްއެމްއީ އިން މާލީ އަދި ފަންނީ އެހީ ލިބޭނެ: ޒީނާދު
އެގްރޯނެޓްގެ މަސައްކަތް އަލުން ފަށަނީ
ގަސް އިންދުމަށް ގަމުގައި އެޗްޑީސީގެ ނާސަރީއެއް
ނައިފަރުގެ ގެތަކަށް900 އެއްހާ ލުނބޯގަސް ހަދިޔާކޮށްފި
އެގްރިކަލްޗާގެ ދާއިރާތަކުން ކިޔަވަން ސްކޮލާޝިޕްތަކެއް
ރުކުމަޑި ކޮންޓްރޯލް ކުރުމަށް ލެބޯޓަރީއެއް ހަދަނީ
ދަނޑުވެރިކަމުގެ މަޝްރޫއު ފުށިދިއްގަރުފަޅަށް ބަދަލުކޮށްފި
އެގްރޯނެޓްގެ ހިންގުން ހުއްޓާލައިފި
ދަނޑުވެރިކަމަށް ކަންނިގިއްލާ ކުއްޔަށް ދޫކުރަނީ