Roadha Mihaaru
އެސްއެމްއީ ބޭންކުން ދަނޑުވެރިންނަށް 4.7 މިލިއަން

އެސްއެމްއީ ބޭންކުން ދަނޑުވެރިންނަށް 4.7 މިލިއަން ރުފިޔާ ދީފި

13 އޯގަސްޓް 2020

"ދަނޑުވެރި ނަފާ" ޕްރޮގްރާމްގެ ދަށުން އެސްއެމްއީ ބޭންކް މެދުވެރިކޮށް ދަނޑުވެރިންނަށް 4.7 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

"ދަނޑުވެރި ނަފާ" ޕްރޮގްރާމްގެ ދަށުން އެސްއެމްއީ ބޭންކް މެދުވެރިކޮށް ދަނޑުވެރިންނަށް 4.7 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް 17 ދަނޑުވެރިއަކަށް ލޯނު ދޫކޮށްފައިވެ އެވެ. ދަނޑުވެރި ނަފާ ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އެގްރިކަލްޗަރާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

ދަނޑުވެރިން ކުރާ މަސައްކަތްތަކަށް ހިތްވަރުދީ މަސައްކަތް ފުޅާކުރުމަށް އެހީތެރިވުމުގެ ގޮތުން ދޭ މި ލޯނުގެ އިންޓްރެސްޓަކީ ހަ ޕަސެންޓެވެ. މިލޯނު ދެއްކުމަށް 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭ އިރު ލޯނު ދައްކާ، ހަލާސް ކުރަން ޖެހެނީ ހަތް އަހަރުންނެވެ.

އެސްއެމްއީ ބޭންކްގެ ޓްވީޓް

އަމިއްލަ ފަރުދުންގެ ތެރެއިން ދަނޑުވެރިކަން ކުރާ މީހުންނަށް ފަސް ލައްކަ ރުފިޔާއާ ހަމަޔަށް ލޯނު ލިބޭ އިރު ކުންފުނި ނުވަތަ ކޯޕަރޭޝަންތަކަށް ދެ މިލިއަން ރުފިޔާއައި ހަމަޔަށް ލޯނު ލިބެ އެވެ. އަދި 75،000ރ. އަށް ވުރެ ދަށުގެ ލޯނުތަކަށް އެއްވެސް ސެކިއުރިޓީއެއް ބޭނުމެއް ނުވެ އެވެ.

މިދިޔަ އަހަރުގެ މާޗް މަހު ތައާރަފް ކުރި މި ލޯނުގެ ދަށުން މިދިޔަ އަހަރު ނިމުނު އިރު ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.