Roadha Mihaaru
ތުރުކީ ސިފައިންގެ ދެ މީހަކު އައިއެސް އިން އަންދާލައިފި

ތުރުކީ ސިފައިންގެ ދެ މީހަކު ދިރިހުއްޓާ އައިއެސް އިން އަންދާލައިފި

23 ޑިސެމްބަރ 2016

ބަޣުދާދު (ޑިސެމްބަރު 23) - އިސްލާމިކް ސްޓޭޓް (އައިއެސް) އިން އަތުލައިގަތް ތުރުކީ ސިފައިންގެ ދެ މީހަކު ދިރިހުއްޓާ އަންދާލާ ވީޑިއޯއެއް އެ ޖަމާއަތުން އާއްމުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބަޣުދާދު (ޑިސެމްބަރު 23) - އިސްލާމިކް ސްޓޭޓް (އައިއެސް) އިން އަތުލައިގަތް ތުރުކީ ސިފައިންގެ ދެ މީހަކު ދިރިހުއްޓާ އަންދާލާ ވީޑިއޯއެއް އެ ޖަމާއަތުން އާއްމުކޮށްފި އެވެ.

އައިއެސް އިން ބުނީ ސިފައިންގެ ދެ މީހުން މަރާލީ ތުރުކީން މުސްލިމުން މަރަމުންދާތީ ބަދަލު ހިފަން ކަމަށެވެ. އައިއެސްގެ ވީޑިއޯއާ ބެހޭ ގޮތުން ތުރުކީ ސިފައިން ވަކި އެއްޗެއް ނުބުނެ އެވެ. ނަމަވެސް ސިފައިންގެ އެ ދެ މީހުންނާ ގުޅުން ކެނޑިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އައިއެސްއާ ދެކޮޅަށް ތުރުކީން ސީރިއާގެ އުތުރުގައި ކެމްޕޭނެއް ފެށީ އޮގަސްޓް މަހު އެވެ.

މި ހަފުތާގައި ސީރިއާގެ އަލް ބާބުގައި ވަނީ އައިއެސް އިން ހަމަލާދީ ތުރުކީގެ 16 ސިފައިން މަރާލައިފަ އެވެ. މިއީ އައިއެސްއާ ދެކޮޅަށް އޮގަސްޓް މަހު ތުރުކީން އޮޕަރޭޝަން ފެށި ފަހުން އެންމެ ގިނަ އަދަދެއްގެ ސިފައިން މަރާލި ފަހަރެވެ.

އައިއެސްގެ 19 މިނިޓުގެ ވީޑިއޯގައި ސިފައިންގެ ދެ މީހުން މަރާލި މީހާ ވަނީ ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.

އައިއެސް އަށް ހަމަލާ ދޭ ލަޝްކަރުގައި ހިމެނޭ ޖޯޑަންގެ މަތިންދާ ބޯޓެއް ވައްޓާލުމަށް ފަހު އެ ބޯޓުގެ ޕައިލެޓް ވެސް އައިއެސް ވަނީ ދަގަނޑު ކޮއްޓަކަށް ލުމަށް ފަހު ދިރިހުއްޓާ 2014 ވަނަ އަހަރު އަންދާލައިފަ އެވެ.