14 އެޕްރީލް 2022
ޓިކްޓޮކް ވީޑިއޯތަކަށް ކުރާ ކޮމެންޓްތަކަށް "ޑިސްލައިކް" ދެވޭނެ ބަޓަނެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ޓިކްޓޮކް ވީޑިއޯތަކަށް ކުރާ ކޮމެންޓްތަކަށް "ޑިސްލައިކް" ދެވޭނެ ބަޓަނެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެ ކުންފުނިން ކުރި ބްލޮގް ޕޯސްޓެއްގައި ބުނީ މިހާރު އެ ފީޗާ ޓެސްޓްކުރަން ފަށާފައިވާ ކަމަށެވެ.
ޓިކްޓޮކުން ބުނީ ކޮމެންޓް "ޑިސްލައިކް" ކުރަން ބޭނުންވާ ކަން އެހެން މީހުންނަށް އަންގަން ބޭނުންނުވާ ނަމަ، "އިރެލެވެންޓް ނުވަތަ އިންއެޕްރޮޕިރިއޭޓް" ކޮމެންޓެއްގެ ގޮތުގައި އެ ރިޕޯޓްކުރެވޭނެ ގޮތް ވެސް ހަދާނެ ކަމަށެވެ. މި އަހަރު ކުރީކޮޅުގައި ބައެއް ޔޫޒާސް އަށް އެ ފީޗާ ޓެސްޓްކުރަން ވެސް ދޫކޮށްލި އެވެ.
ކޮމެންޓް ސެކްޝަނަށް ބަދަލުތައް ގެންގާނީ ޔޫޒާސްގެ ހިޔާލު ހުރިގޮތަށް ބަލައިގެން ކަމަށް ވެސް ޓިކްޓޮކުން ބުންޏެވެ.
ޓިކްޓޮކްގައި މިހާރު ވެސް ވީޑިއޯ "ޑިސްލައިކް" ކުރެވެ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި، ކޮމެންޓް "ޑިސްލައިކް" ކުރެވޭ ފީޗާގެ އިތުރުން ކޮމެންޓް ފިލްޓާކުރެވޭނެ ގޮތް ހެދުމާއި އަދި މާ ގިނައިން ނެގެޓިވް ކޮމެންޓްތައް ލިބޭ ކްރިއޭޓާސް އަށް ހާއްސަކޮށްގެން، ބަލްކުކޮށް ކޮމެންޓްތައް ބްލޮކް އަދި ޑިލިޓްކުރެވޭނެ ގޮތް ހެދޭނެ ފީޗާއެއް ތައާރަފުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
އެ ފީޗާތައް އާންމުކޮށް ދޫކޮށްލާނެ ދުވަހެއް އަދި ނޭނގެ އެވެ.
ޓިކްޓޮކުން ކުރިން ބުނި ގޮތުގައި އެ އެޕްގެ ގައިޑްލައިނާ ހިލާފުވެގެން މިދިޔަ އަހަރުގެ އޮކްޓޯބަރާއި ޑިސެމްބަރާ ދެމެދުގައި 85 މިލިއަން ވީޑިއޯ ރިމޫވް ކޮށްފައިވެ އެވެ. އެއީ އެ މުއްދަތުގައި އެ އެޕަށް އަޕްލޯޑްކުރި ވީޑިއޯތަކުގެ އެންމެ ޕަސެންޓެކެވެ.
ޓިކްޓޮކްގެ ރެކޯޑް ޗާލީ އަށް ގެއްލިއްޖެ
ޓިކްޓޮކަށް 10 މިނެޓްގެ ވީޑިއޯ ލެވޭނެ ގޮތް ހަދައިފި
ޓިކްޓޮކް ލައިވްގައި ޔާމްބެއަށް ދެލައްކަ ރުފިޔާގެ އެހީ
ނޫސްވެރިއަކަށް ފުރައްސާރަކުރި މައްސަލައެއް ބަލަނީ
ތުރުކީ އާއި ބަންގްލަދޭޝްގައި އިންސްޓަގްރާމް މަނާކޮށްފި
ޓިކްޓޮކް ދެބަސްވުމަކާ ހެދި، ހަމަނުޖެހުން ހިންގައިފި
އެމެރިކާގެ ބިލިއަނަރަކު ޓިކްޓޮކް ގަންނަން ވިސްނަނީ
އެކްސް ބޭނުންކުރާ ނަމަ އެއް ޑޮލަރު ނަގަން ފަށަނީ
ލުބްނާންގެ ޝެފަކު ތައްޔާރުކޮށްލީ ދިވެހި ކެއުން
ޓުވިޓާގެ ނަން "އެކްސް" އަށް ބަދަލުކޮށްފި